ކ. މާލެ
|
20 މާރޗް 2024 | ބުދަ 11:11
ބުދަ ދުވަހުގެ މަޖިލިސް ޖަލްސާގެ ތެރެއިން
ބުދަ ދުވަހުގެ މަޖިލިސް ޖަލްސާގެ ތެރެއިން
މަޖިލިސް
މަޖިލިސް
ސަރުކާރު މެންބަރުން ތަޅުމަށް ނުވަދެ ކޯރަމް ހަމަނުވެގެން މިއަދުގެ ޖަލްސާ ފެށުންވެސް ލަސްވެއްޖެ
 
ޖަލްސާ ތާވަލުކުރީ 10:30 ގައި
 
ޖަލްސާ ފެށީ 24 މެންބަރުންނާއެކު 11 ޖެހި އިރު

ސަރުކާރުގެ މެންބަރުން ތަޅުމަށް ނުވަދެ ބޭރުގައި ތިބުމުގެ ސަބަބުން ކޯރަމް ހަމަނުވެގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނުފެށި ލަސްވެއްޖެއެވެ.

ބުދަ ދުވަހުގެ ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 10:30 ގައެވެ. ނަމަވެސް 10:50 ވި އިރުވެސް ސަރުކާރަށް ނިސްބަތްވާ މެންބަރުން ތަޅުމަށް ނުވަދެ ބޭރުގައި ތިބުމުން ކޯރަމް ހަމަނުވެގެން ޖަލްސާ ވަނީ މެދުކަނޑާލާފައެވެ. ނަމަވެސް އަލުން ޖަލްސާ 11 ޖަހާއިރު ފެށުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި، ކޯރަމް ހަމަނުވެއްޖެނަމަ މަޖިލިސް ނިންމާލާނެކަމަށް ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވިއެވެ.

އަލުން 11 ޖެހި އިރު މަޖިލިސް ޖަލްސާ ފަށާފައިވާއިރު، ކޯރަމް ހަމަވެގެން ޖަލްސާގެ މަސައްކަތްތައް ކުރިއަށްގެންދިއެވެ. ޖަލްސާ ފައްޓަވަމުން ރިޔާސަތުން ވަނީ މަޖިލީހުގެ ހާޒިރީ އިއްވަވާފައެވެ. އެގޮތުން ޖަލްސާއަށް ހާޒިރުވެ ތިބީ 24 މެންބަރުންނެވެ. ސަލާމުގައި 8 މެންބަރުން ތިބި އިރު ރަސްމީ ދަތުރެއްގައި މެންބަރެއް ނެތްކަމަށް ރިޔާސަތުން ވިދާޅުވިއެވެ.

ބުދަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވަނީ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާއު، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާނާއި ކުރައްވާ ސުވާލާއި، ސޮވެރިން ޑިވަލަޕްމަންޓް ފަންޑުގެ ބިލުގެ އިބްތިދާއީ ބަހުސް އަދި ނުނިމި ހުރި 5 މަސައްކަތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް