ކ. މާލެ
|
18 މާރޗް 2024 | ހޯމަ 08:55
ވޯޓުލާން ގޮސްހުރި މީހެއްގެ މައުލޫމާތު ޗެކްކުރަނީ
ވޯޓުލާން ގޮސްހުރި މީހެއްގެ މައުލޫމާތު ޗެކްކުރަނީ
އިލެކްޝަންސް ކޮމިޝަން
މަޖިލިސް އިންތިހާބު
ތައިލެންޑް، އިނގިރޭސިވިލާތް އަދި ޔޫއޭއީގައި ވޯޓުފޮށި ނުބަހައްޓާނެ
ވޯޓު ފޮށި ނުބަހައްޓާ ރިސޯޓްތަކުގެ ތެރޭގައި 23 ރިސޯޓެއް ހިމެނޭ
ރީ ރަޖިސްޓަރީ ކުރުމުގެ ފުރުސަތު ހަމަވި އިރު ކޮމިޝަނުން ކަނޑައަޅާފައިވާ ސީލިންގ އަށް ރީރަޖިސްޓްރީވެފައިނުވޭ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ތައިލެންޑް، އިނގިރޭސިވިލާތް އަދި ޔޫއޭއީގައި ވޯޓުފޮށި ނުބަހައްޓާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ 2024 އެޕްރީލް 21 ވާ އާދިއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުފޮށި ބަހައްޓަން ހަމަޖެހިފައިވާ ތަންތަނުގެ ތެރެއިން ރިސޯޓު، ރާއްޖެއިން ބޭރު އަދި ސިނާއީ މަސައްކަތްކުރާ ތަންތަނުގައި ރީ ރަޖިސްޓަރީ ކުރުމުގެ ފުރުސަތު ހަމަވި އިރު ކޮމިޝަނުން ކަނޑައަޅާފައިވާ ސީލިންގ ހަމަނުވުމުގެ ސަބަބުން، ވޯޓުފޮށި ބެހެއްޓޭ އަދަދަށްވުރެ މަދުން ވޯޓުލުމަށް މީހުން ރަޖިސްޓަރީވެފައިވާތީ، އެ ތަންތަނުގައި ވޯޓުފޮށި ނުބަހައްޓާ ގޮތަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

އަދި ވޯޓު ފޮށު ނުބަހައްޓަން ނިންމާފައިވާ ތަންތަނުގައި ދިރިއުޅޭ އަދި މަސައްކަތްކުރާ ދިވެހި ރައްޔިތުން، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމަށްޓަކައި އަލުން ރަޖިސްޓަރީ ކުރަން ޖެހޭނެ ކަމަށެވެ.

Advertisement

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓު ފޮށި ނުބަހައްޓާ ރިސޯޓްތަކުގެ ތެރޭގައި 23 ރިސޯޓެއް ހިމެނެއެވެ. އަދި ސިނާއީ މަސައްކަތްކުރާ ތަންތަނުގެ ތެރެއިން ހުޅުލޭގައި ބަހައްޓަން ނިންމާފައިވާ ފޮށި ނުބަހައްޓާގޮތަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން ތައިލެންޑުގެ ބެންކޮކާއި، އިނގިރޭސީވިލާތުގެ ލަންޑަނާއި، އެކުވެރި އަރަބި އިމާރާތުގެ އަބޫދަބީ ގައި ބެހެއްޓުމަށް ހަމަޖެހިފައިވާ ވޯޓު ފޮށިތައް ނުބަހައްޓާނެކަމަށް ވަނީ ބުނެފައެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ މި ތަންތަނުގައި ދިރިއުޅޭ އަދި މަސައްކަތްކުރާ ދިވެހިރައްޔިތުން، ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި، ރަޖިސްޓަރީ ކުރުމަށް ހުޅުވާލާފައިވާ މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ކުރުން އެދިފައެވެ. އަދި މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ބަދަލު ނުކޮށްފިނަމަ މި ފަރާތްތަކަށް ވޯޓު ލެވޭނީ ރަށްވެހިވެފައިވާ ރަށުގައި ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް