Advertisement
ކ. މާލެ
|
4 އޯގަސްޓް 2017 | ހުކުރު 11:24
"އެންމެން މަގުތަކަށް" ނިކުންނަނީ
"އެންމެން މަގުތަކަށް" ނިކުންނަނީ
ރާއްޖެއެމްވީ
"އެންމެން މަގުތަކަށް"
މިނިވަންކަން ހޯދުމަށް "އެންމެން މަގުތަކަށް" މިއަދު ނިކުންނަނީ
މިއަދު ހުވަދޫގެ އެކި ރަށްރަށުގައި މުޒާހަރާ ކުރޭ
އައްޑު އާއި ފުވައްމުލަކުގައިވެސް މުޒާހަރާ
ސަރުކާރާ ދެކޮޅަށް އަޑުއުފުލުންތައް ވަނީ ގިނަވެފަ

ރާއްޖޭގެ ރައްޔިތުންނަށް ޤާނޫނު އަސާސީން ލިބިދީފައިވާ މިނިވަންކަން ގެއްލެމެންދާތީ އެ މިނިވަންކަން ހޯދުމަށް "އެންމެން މަގުތަކަށް" މިއަދު ނިކުންނަން ނިންމައިފި އެވެ.

 

ރައްޔިތުންގެ ބަދަލުގެ ނަމުގައި އިދިކޮޅު ސިޔާސީ ފަރާތްތައް ގުޅިގެން ހިނގަމުންދާ ހަރަކާތްތަކާއެކު މަޖިލިސް މެމްބަރުންނަށް މިސަރުކާރުގެ ފިއްތުންތައް ކުރިމަތިވެގެންދިޔަ އެވެ. އެގޮތުން މަޖިލީހުގެ ގިނަ މެމްބަރުންނަށް ތަޙްޤީޤް ހިންގަމުންދާއިރު އަނެއް މެމްބަރުންތައް މިހާރު ތިއްބެވީ ޖަލުގައި އެވެ.

 

އެހެންކަމުން މިއީ ރައްޔިތުންނަށް ލިބިފައިވާ މިނިވަން ކަމުގެ ހައްގު މިސަރުކާރުން ނިގުޅައިގަންނަމުންދާ ދަނޑިވަޅެއް ކަމަށާއި މިނިވަންކަން ހޯދުމަށް އަޑުއުފުލާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.

 

ސިލްސިލާކޮށް އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ ހަރަކާތުގެ ދަށުން މިއަދު ހަވީރު 4:30 ގައި އެމްޑީޕީގެ ހަރުގެ ކައިރީގައި އެއްވުމެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.

 

މި އެއްވުމުގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވުމަށް އިދިކޮޅު ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.

 

މީގެ އިތުރުން ރައްޔިތުންގެ ބަދަލުގެ ނަމުގައި ހުވަދޫ އަތޮޅުގެ ބައެއް ރަށްރަށުގައި އަދި އައްޑޫ ސިޓީ އާއި ފުވައްމުލަކު ގައި ވެސް މުޒާހަރާކުރަން ވަނީ ހަމަޖައްސައިފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް