ކ. މާލެ
|
15 މާރޗް 2024 | ހުކުރު 11:53
ކްރިމިނަލް ކޯޓު ސަރަހައްދު
ކްރިމިނަލް ކޯޓު ސަރަހައްދު
ރާއްޖެއެމްވީ
މަސްތުވާތަކެތީގެ މައްސަލައެއް
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހެއްގެ ބަންދަށް 15 ދުވަސް ޖަހައިފި
އޭނާ ބަންދުގައި ބަހައްޓަން ނިންމާފައި ވަނީ 14 މާރޗް އިން 29 މާރޗްގެ ނިޔަލަށް

މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި މީހެއްގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

މަސްތުވާތަކެތީގެ މައްސަލަ އަކާއި ގުޅިގެން ބަންދުގައި ބަހައްޓަން އަމުރުކޮށްފައި ވަނީ މ.ޝަބީނާ/ކ.މާލެ، އުމުރުން 20 އަހަރުގެ، ހަމްދޫން އަހުމަދުއެވެ.

އޭނާ ބަންދުގައި ބަހައްޓާދިނުމަށް ފުލުހުން އެދިފައި ވަނީ މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރި ކަމުގެ ތުހުމަތު ކުރެވޭ މައްސަލަ އަކާއި ގުޅިގެންނެވެ.

އޭނާ ބަންދުގައި ބަހައްޓަން ނިންމާފައި ވަނީ 14 މާރޗް އިން 29 މާރޗްގެ ނިޔަލަށެވެ.

އޭނާ ބަންދުގައި ބަހައްޓަން އަމުރު ކުރި ސަބަބުގެ ގޮތުގައި ބުނެފައި ވަނީ ތުހުމަތުކުރާ ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރށް ހެއްކާއި ގަރީނާ ހުށަހަޅާފައިވުމާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 59 ވަނަ މާއްދާ އާއި 60 ވަނަ މާއްދާ އަށް ރިއާތްކޮށް، އޭނާ ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެކަމަށް ފެންނާތީއެވެ. އަދި ޝަރީއަތްކުރުމާއި ބެހޭ ޖިނާއީ އިޖުރާއަތުގެ ޤަވާއިދުގެ 13 ވަނަ މާއްދާގެ (ނ)ގެ 1،3،4 ނަމްބަރުގައި ހުރިކަންކަން ފުރިހަމަވާކަމަށް ބެލެވޭތީ، ބަންދުގައި ބެޖެއްޓުމަށް ނިންމާފައިވާ ކަމަށް އެ އަމުރުަގައި ބުނެފައިވެއެވެ.

މި އަމުރުގައި ފާހަގަކޮށްފައިވާ އިތުރު ކަންކަމުގެ ތެރޭގައި ފުލުހުން ހުށަހެޅި ލިޔުމާއި ފޮޓޯ އަށް ބަލާއިން ސީނުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުނުކަން އެނގޭ ކަމަށާއި ސީނުން އޭނާގެ އިނގިލީގެ ނިޝާނާއި އޭނާ އައި ހުޅުން ހުރި ލިޔުންތަކެއް ފެނުނު ކަމަށް ވަނީ ބުނެފައެވެ. އަދި ސީނުން ފެނުނު މަސްތުވާތަކެތި ހުރިތަން އޭނާ ބުނިކަމަށް ފުލުހުން ފާހަގަކުރި ނަމަވެސް ފަހުން އޭނާ ވަނީ އެކަމަށް އިންކާރުކޮށްފައެވެ، ހަމައެހެންމެ ފެނުނު މަސްތުވާތަކެއްޗާއި އޭނާގެ ކުޑަކަމުދާތަކެތި ޕޮޒިޓިވްވި މަސްތުވާތަކެއްޗާއި އެއްގޮތް ކަމަށް ވެސް ވަނީ ބުނެފައެވެ.

- ކޮމެންޓް