ޑްރަގް އެތެރެ ކުރުމުގެ ކުށުގައި ހައްޔަރުކުރި ޕާކިސްތާނު މީހަކު 30 ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ 56 އަހަރުގެ ޕާކިސްތާނު ފިރިހެނެކެވެ.
އޭނާ 30 ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައިވާއިރު، އޭނާގެ ބަންދުގެ މުއްދަތު ހަމަވަނީ 12 އޭޕްރީލް 2024 ގައެވެ.
ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި އޭނާ ރާއްޖެ އައިއިރު ގެނައި ދަބަހުގެ ތެރެއިން 5 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ފެނިފައިވާކަަމަށް ފުލުހުން ވަނީ ބުނެފައެވެ.
އޭނާ ބަންދު ކުރުމަށް އަމުރު ކޮށްފައިވަނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައެވެ.