Advertisement
ކ. މާލެ
|
4 އޯގަސްޓް 2017 | ހުކުރު 11:26
ރާއްޖޭގައި ހިންގަމުން އަންނަ ރިސޯޓެއް
ރާއްޖޭގައި ހިންގަމުން އަންނަ ރިސޯޓެއް
ހުސެން ފިޔާޒް
ރިސޯޓް
ޓުއަރިޒަމް މިނިސްޓްރީގެ ހުއްދަ ހޯދުމަކާ ނުލައި ރިސޯޓް ހިންގޭ ގޮތް ހަދައިފި
ޓުއަރިޒަމް މިނިސްޓްރީގެ ހުއްދަ ހޯދުމަކާ ނުލާ ރިސޯޓް ހިންގޭނީ މެނޭޖްމެންޓް އެގްރިމެންޓުގެ ދަށުން
މެނޭޖްމަންޓް އެގްރީމެންޓްތައް ވެސް މިނިސްޓްރީގައި ރަޖިސްޓްރީ ކުރެވިދާނެ
މީގެ ކުރިން މެނޭޖްމެންް އެގްރިމެންޓުގެ ދަށުން އެއްވެސް ފަރާތަކަށް ރިސޯޓެއް ނުހިންގޭނެ

ރިސޯޓު ހިންގުމަށް ހަވާލުކުރާއިރު ޓޫރިޒަމް މިނިސްޓްރީގެ ހުއްދަ ކުރިން ހޯދުމެއް ނެތި، ރިސޯޓްތައް ހިންގަން ހަވާލުކުރެވޭ ގޮތަށް ޓުއަރިޒަމް މިނިސްޓްރީން ކަނޑައަޅައިފިއެވެ.

ރިސޯޓްތަކާ ގުޅޭ ހައްގުތައް ބަދަލު ކުރުމާ ބެހޭ ގަވާއިދަށް ޓުއުރިޒަމް މިނިސްޓްރީން ގެނެސްފައިވާ އިސްލާހުގައި ބުނެފައިވާ ގޮތުގައި ރިސޯޓު ހިންގުމަށް ހަވާލުކުރާއިރު ޓޫރިޒަމް މިނިސްޓްރީގެ ހުއްދަ ކުރިން ހޯދުމެއް ނެތި، މެނޭޖްމަންޓް އެގްރީމަންޓްތަކުގެ ދަށުން ރިސޯޓްތައް ހިންގޭނެއެވެ.

ރިސޯޓްތަކާ ގުޅޭ ހައްގުތައް ބަދަލު ކުރުމާއި ބެހޭ ގަވާއިދަށް ޓުއަރިޒަމް މިނިސްޓްރީން އިތުރު ކުރި މާއްދާގައި ބުނެފައި ވަނީ މިނިސްޓްރީގެ ހުއްދަ ކުރިން ހޯދުމެއް ނެތި ހަދާފައިވާ ރިސޯޓް މެނޭޖްމަންޓް އެގްރީމެންޓްތައް ވެސް މިނިސްޓްރީގައި ރަޖިސްޓްރީ ކުރެވިދާނެ ކަމަށެވެ. އެކަމަކު އެފަދަ އެގްރިމެންޓްތައް ރަޖިސްޓްރީ ކުރެވޭނީ ވަކި ޝަރުތުތަކެއް ފުރިހަމަވާ ނަމަ ކަމަށް އެ އިސްލާހުގައި ބުނެފައިވެއެވެ،

މި މަހުގެ ތިން ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާފައިވާ އެ އިސްލާހުގައި ބުނެފައިވާ ގޮތުގައި އެ ރިސޯޓެއްގެ މެނޭޖްމަންޓް އެގްރިމެންޓް މިނިސްޓްރީގައި ރަޖިސްޓްރީ ކުރި ދުވަހާ ހަމައަށް އެ އެގްރިމެންޓާ ގުޅޭ ހުރިހާ ޒިންމާއެއް އުފުލުމަށް މިނިސްޓްރީއާ އެކު ސޮއި ކުރަން ޖެހޭނެ ކަމަށާއި އަދި ޖޫރިމަނާގެ ގޮތުގައި 4،000 ޑޮލަރު ދައުލަތަށް ދައްކަން ޖެހޭނެ ކަމަށެވެ.

ރިސޯޓްތަކާ ގުޅޭ ހައްގުތައް ބަދަލު ކުރުމާ ބެހޭ ގަވާއިދުގައި ކުރިން އޮންނަ ގޮތުން މެނޭޖްމަންޓް އެގްރީމެންޓެއްގެ ދަށުން އެއްވެސް ރިސޯޓެއް ހިންގަން އެއްވެސް ފަރާތަކާ ހަވާލުކުރެވޭނީ ޓޫރިޒަމް މިނިސްޓްރީގެ ހުއްދަ ލިޔުމަކުން ހޯދުމަށް ފަހުއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް