Advertisement
ކ. މާލެ
|
4 އޯގަސްޓް 2017 | ހުކުރު 09:52
ވިލިނގިލީގައި ބޭއްވި މުޒާހަރާއެއްގެ ތެރެއިން
ވިލިނގިލީގައި ބޭއްވި މުޒާހަރާއެއްގެ ތެރެއިން
ރާއްޖެ އެމްވީ
"ބޮޑު މުޒާހަރާ"
ހުވަދު އަތޮޅު ބައެއް ރަށްރަށުގައި މިއަދު މުޒާހަރާކުރަނީ!
މިދިޔަ ހުކުރު ދުވަހުގެ ވެސް ތިނަދޫގައި ސައިކަލް ބުރެއް ބޭއްވި
ވިލިނގިލީގައި އާދީއްތަ ދުވަހު މުޒާހަރާކުރި
މާލޭގައި ވެސް މިއަދު މުޒާހަރާ ބާއްވައި

ރައްޔިތުންގެ ބަދަލުގެ ނަމުގައި ހުވަދޫ އަތޮޅުގެ ބައެއް ރަށްރަށުގައި މިއަދު ހަވީރު މުޒާހަރާ ކުރަން ރާވާފައިވާ ކަމަށް އެކަން އިންތިޒާމުތާ ފަރާތްތަކުން ބުނެފި އެވެ. 

 

ގއ.އަތޮޅު ކައުންސިލްގެ ރައީސް އަޙްމަދު ފުއާދު ވިދާޅުވި ގޮތުގައި "ހުވަދޫ ބޮޑު މުޒާހަރާ"ގެ ނަމުގައި ބާއްވާ މި މުޒާހަރާ އެކި ރަށްރަށުގައި ފަށާނީ އެއް ވަގުތެއްގައި ކަމަށެވެ. އެގޮތުން ގއ. ވިލިނގިލި، ގއ. ކޮލަމާފުށި، ގދ، ތިނަދޫ އަދި ގައްދޫގައި މުޒާހަރާ ކުރާނެ އެވެ. 

 

މިދިޔަ އާދީއްތަ ދުވަހު ވިލިނގިލީގައި މުޒާހަރާއެއް ބާއްވާފައިވެ އެވެ. މި މުޒާހަރާގައި ވިލިނގިލީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ސައުދު ހުސެއިން ދޫކޮށްލުމަށް ގޮވާލައި އުފުލި އެވެ.  މިދިޔަ ހުކުރު ދުވަހު ތިނަދޫގައި ސައިކަލް ބުރެއް ބޭއްވި އެވެ. 

 

މިއަދުގެ މުޒާހަރާގައި ގާނޫނާ ހިލާފަށް ސަރުކާރުން ކުރާކަންކަން ހުއްޓާލުމާއި ، މަޖިލިސް ހިސޯރުކުރުން ނިމުމަކަށ ގެނައުމާއި، ގާނޫނާ ހިލާފަށް މެމްބަރުން ހައްޔަރުކޮށް ޖަލަށްލައި، އަދި ބިރުދެއްކުން ހުއްޓާލުމަށާއި އަނިޔާވެރިކަން ނިމުމަކަށް ގެނެސް، ގާނޫނާ ހިލާފަށް ހުކުމްކޮށްފައިވާ ލީޑަރުން ދޫކޮށްލުމަށް ގޮވާލުން އޮންނާނެ ކަމަށް މުޒާހަރާ ފަރާތުން ބުންޏެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
4 އޯގަސްޓް 2017 | ހުކުރު 10:52
Jinni
Hivvaru kolla.. gas vetteyne iraadha kureviyya