Advertisement
ކ. މާލެ
|
4 އޯގަސްޓް 2017 | ހުކުރު 09:39
ހީނާމާގޭގައި ބަހައްޓާ މެކާނިކަލް ޕާކިން ސިސްޓަމް ރޭވުމުގެ މަސައްކަތުގެ ތެރެއިން
ހީނާމާގޭގައި ބަހައްޓާ މެކާނިކަލް ޕާކިން ސިސްޓަމް ރޭވުމުގެ މަސައްކަތުގެ ތެރެއިން
މެކޭނިކަލް ޕާކިން ސިސްޓަމް
ހިނާމާގޭގައި 100 ސައިކަލް ޕާކް ކުރެވޭ ގޮތަށް ބަހައްޓާ ޕާކިން ސިސްޓަމް ރާވަން ފަށައިފި
މަސައްކަތް 25 ދުވަހުގެ ތެރޭގައި ނިމޭނެ
ސައިކަލް ޕާކިން ސިސްޓަމަކާއެކު 10 ކާރު ޕާކުކުރެވޭނެ މެކޭނިކަލް ޕާކިން ސިސްޓަމެއް ވެސް ބަހައްޓާނެ
ގާކޮށީގައި އިމާރާތް ކޮށްފައިވާ ފްލެޓު އިމާރާތާ ޖެހިގެން އޮންނަ ބިމުގައި ދެ ސައިކަލު ސިސްޓަމާއި އެއް ކާރު ސިސްޓަމް ތަރައްގީ ކުރެވޭނެ

ހައުސިން މިނިސްޓްރީން ހީނާމާގޭގައި ބަހައްޓާ މެކޭނިކަލް ޕާކިން ސިޓަމް ރާވަން ފަށާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސައިކަލަށް ހާއްސަކޮށްގެން ހީނާމާގޭގައި ބަހައްޓާ މެކޭނިކަލް ޕާކިން ސިސްޓަމްގައި 100 ސައިކަލް ޕާކް ކުރެވޭނެއެވެ.

މިނިސްޓަރު މުއިއްޒު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ 100 ސައިކަލް ޕާކް ކުރެވޭ ގޮތަށް ހީނާމާގޭގައި ބަހައްޓާ މެކޭނިކަލް ޕާކިން ސިސްޓަމް ރާވަން ފަށާފައިވާ ކަމަށާއި އަދި އެ މަސައްކަތް ކުރިއަށް އޮތް 25 ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޕާކު ކުރެވޭ ގޮތަށް މީގެ ކުރިން ވެސް ހަދާފައި އޮތް ހީނާމާގޭގައި ބަހައްޓާ ސައިކަލް ޕާކިން ސިސްޓަމަކާއެކު އެތަނުގައި 10 ކާރު ޕާކުކުރެވޭނެ މެކޭނިކަލް ޕާކިން ސިސްޓަމެއް ވެސް ބަހައްޓާނެއެވެ.

އޭގެ އިތުރުން ގާކޮށީގައި އިމާރާތް ކޮށްފައިވާ ފްލެޓު އިމާރާތާ ޖެހިގެން އޮންނަ ބިމުގައި ދެ ސައިކަލު ސިސްޓަމާއި އެއް ކާރު ސިސްޓަމް ތަރައްގީ ކުރަން ނިންމާފައިވާއިރު، ވެލާނާގޭ ކައިރީގައި ވެސް ސައިކަލު ޕާކިން ސިސްޓަމެއް ތަރައްގީ ކުރައްވާނެ ކަމަށް މިނިސްޓަރު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް