ކ. މާލެ
|
4 އޯގަސްޓް 2017 | ހުކުރު 09:37
ވެލާނާ އެއާޕޯޓް ތަރައްގީ ކުރުމަށް ހިއްކި ބިންތަކުގެ ޝީޓް ޕައިލް ކުުރުމުގެ މަސައްކަތުގެ ތެރެއިން
ވެލާނާ އެއާޕޯޓް ތަރައްގީ ކުރުމަށް ހިއްކި ބިންތަކުގެ ޝީޓް ޕައިލް ކުުރުމުގެ މަސައްކަތުގެ ތެރެއިން
އެމްއޭސީއެލް
ވެލާނާ އެއާޕޯޓް
ވެލާނާ އެއާޕޯޓް ތަރައްގީ ކުރުމަށް އަލަށް ހިއްކި ބިންތަކުގެ ޝީޓް ޕައިލް ކުރަން ފަށައިފި
ހުޅުލޭގެ އިރު އުތުރު ފަޅުން ހިއްކާފައިވާ 65 ހެކްޓަރުގެ ބިން ހިމާޔަތްކުރުމަށް 3300 މީޓަރުގެ ޝީޓު ޕައިލް ޖަހާ
ސީޕްލޭން ޓާރމިނަލް އެޅުމަށް ހިއްކި 18 ހެކްޓަރަށްވުރެ ބިމުގައި 350 މީޓަރުގެ ޕައިލްކުރާނެ
ޝީޓް ޕައިލިންގެ މަސައްކަތް ކުރުމަށްޓަކައި ހުޅުލޭ ހުޅަނގު ނެރު ވަނީ ބަންދު ކުރުމަށް ނިންމާފައި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމަށް އަލަށް ހިއްކި ބިންތަކުގެ ޝީޓް ޕައިލް ކުރަން ފަށައިފިއެވެ.

އެމްއޭސީއެލްއިން ބުނި ގޮތުގައި، އާ ރަންވޭ އެޅުމަށް ހުޅުލޭގެ އިރު އުތުރު ފަޅުން ހިއްކާފައިވާ 65 ހެކްޓަރުގެ ބިން ހިމާޔަތްކުރުމަށް ގާތްގަނޑަކަށް 3300 މީޓަރުގެ ޝީޓު ޕައިލް ޖަހާނެއެވެ.

ހަމައެހެންމެ އާ ސީޕްލޭން ޓާރމިނަލް އެޅުމަށް ހިއްކި 18 ހެކްޓަރަށްވުރެ ބޮޑު ބިމުގައި 350 މީޓަރުގެ ޕައިލްކުރާނެއެވެ. އަދި ސީޕްލޭން މެއިންޓެނަންސް ފެސިލިޓީސްއަށް ހިއްކި ތޭރަ ހެކްޓަރަށްވުރެ ބޮޑު ބިމުގައި ވެސް 140 މީޓަރުގެ ޝީޓް ޕައިލް ޖަހާނެ ކަމަށް އެމްއޭސީއެލް އިން ބުނެފައިވެއެވެ.

އެމްއޭސީއެލް އިން ހާމަކުރި ގޮތުގައި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ޖެޓީ ސަރަހައްދުން ހިއްކި ބިމުގައި 580 މީޓަރުގެ ޝީޓް ޕައިލް ޖަހާނެ ކަމަށް އެމްއޭސީއެލްއިން ބުނެއެވެ. ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓްގެ އާ ރަންވޭ އެޅުމަށް ބިން ހިއްކިއިރު ރަންވޭ އެޅުމުގެ މަސައްކަތް ކުރުމަށް ސީޕްލޭން އޮޕަރޭޝަންސް ހިނގާ ސަރަހައްދު އެހެން ދިމާލަކަށް ބަދަލުކުރަން ޖެހޭތީ، ސީޕްލޭން ޓާމިނަލް އެޅުމަށް ވެސް ވަނީ ބިން ހިއްކާފައެވެ. މީގެ އިތުރުން އާ ޓާމިނަލް އެޅުމަށާއި ޖެޓީތައް ތަރައްޤީ ކުރުމަށްވެސް ވަނީ ބިން ހިއްކާފައެވެ.

މީގެއިތުރުން އެމްއޭސީއެލް އިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ ގޮތުން އިތުރު ބިން ހިއްކުމާއި ޝީޓް ޕައިލިންގެ މަސައްކަތް ފަށާފައި ވާތީއާއި އަދި ހުޅުލޭ ހުޅަނގުން ހިއްކާފައިވާ ބިމުގެ ޝީޓް ޕައިލިންގެ މަސައްކަތް ފަށާފައި ވާތީ ހުޅަނގު ނެރު މި މަހުގެ ހަ ވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހާ ހަމަ އަށް ބަންދު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި މި މުއްދަތުގައި އުޅަނދުތައް ހުޅުލޭ ފަޅަށް ވަނުމަށްޓަކައި ބޭނުން ކުރާނީ ހުޅަނގު އުތުރު ނެރު ކމަށް އެމްއޭސީއެލްގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

 

- ކޮމެންޓް