Advertisement
ކ. މާލެ
|
4 އޯގަސްޓް 2017 | ހުކުރު 09:34
ޓޯޗު ޓަވަރ
ޓޯޗު ޓަވަރ
ރާއްޖެއެމްވީ
ދުބާއީ ޓޯޗު ޓަވަރ
ދުބާއީގެ ޓޯޗު ޓަވަރުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
އަލިފާން ރޯވަން ފަށާފައިވަނީ، 03:30 ހާއިރު
މިހާދިސާގައި އަދި މިހާތަނަށް އެއްވެސް މީހަކަށް ގެއްލުމެއް ނުވޭ
2015 ވަނަ އަހަރުވެސް އަލިފާނުގެ ހާދިސާއެއް އެ އިމާރާތުގައި ހިނގާފައިވޭ

ދުބާއީގެ ޓޯޗު ޓަވަރުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

މިހާދިސާއާއި ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާކަމެއް ރިޕޯޓުކޮށްފައެއް ނުވެ އެވެ.

މަންޒަރު ދުށް މީހަކު ސީއެންއެންއަށް ކިޔައިދިން ގޮތުގައި، ޓޯޗު ޓަވަރުގައި ރޯވި އަލިފާންގަނޑުގެ އަސަރު 30 ނުވަތަ 40 ގެއަށް ކުރާ ކަމަށެެވެ.

މީގެ އިތުރުން އެ ދެ އިމާރާތުން ފޭބި ބައެއް ތަކެތީގެ ސަަބަބުން އެ ސަރަހައްދުގައި އޮތް ދެ ކާރެއްގައި ރޯވެފައިވާ ކަމަށް މަންޒަރު ދުށް މީހަކު ވަނީ ކިޔާދީފަ އެވެ

84 ބުރީގެ ޓޯޗު ޓަވަރުގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ކިހިނެއްވެގެން ކަމެއް ސާފެއް ނުވެ އެވެ.

ޓޯޗު ޓަވަރުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ އިރު މިފަދަ ހާދިސާއެއް 2015 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައިވެސް އެ އިމާރާތުގައި ހިނގާފަ އެވެ.

އެފަހަރުގެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފަ އެއް ނުވެ އެވެ.

ޓޯޗު އިމާރާތުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ އިރު އެއިމާރާތަކީ ދުނިޔޭގެ އެންމެ ދިގު މީހުން ދިރިއުޅޭ ގޮތަށް އިމާރާތްކުރެވިފައި ހުރި ޓަވާ އެވެ. އެއިމާރާތް އެއްކޮށް ނިމިފައިވަނީ 2011 ވަނަ އަހަރު އެވެ. އެ އިމާރާތުގައި 682 އެޕާޓްމެންޓް ހިމެނޭ އިރު ކޮންމެ އެޕާޓްމެންޓެއް ސިކިއުރިޓީ ބެލެހެއްޓިގެންދާ އިރު އެ އިމާރާތުގައި ހަ ރީޓެއިލް ފިހާރަތައް ހިމެނޭ ސަރަހައްދު ވަނީ ހެދިފަ އެވެ. މި އިމާރާތުގައި ދިގު މިނުގައި 1105 ފޫޓް ހުރެ އެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް