Advertisement
ކ. މާލެ
|
4 އޯގަސްޓް 2017 | ހުކުރު 05:23
ރައީސް ނަޝީދު ކެނެޑާ ސަފީރާ ބައްދަލުކުރެއްވުން
ރައީސް ނަޝީދު ކެނެޑާ ސަފީރާ ބައްދަލުކުރެއްވުން
ރާއްޖެއެމްވީ
ރައީސް ނަޝީދު
ކުރީގެ ރައީސް ނަޝީދު ކެނެޑާގެ ސަފީރު ޝެލީ ވައިޓިންއާ ބައްދަލުކުރައްވައިފި
މިބައްދަލުވުން ކުރިއަށްދިޔައީ ކޮލަމްބޯގައި
މިއީ ޝެލީގެ ވަދާއީ ބައްދަލުވުމެއް
ބާއްވާ ގާތް ގުޅުމަށް ވަނީ ޝުކުރުއަދާކުރައްވާފައި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ކެނެޑާގެ ސަފީރު ޝެލީ ވައިޓިންއާ ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުވުމަކީ އެކަމަނާ އެމްބެސިޑަރކަމުގެ ދައުރު ފުރިހަމަވާތީވެ ބޭއްވި ވަދާއީ ބައްދަލުވުމެވެ. މި ބައްދަލުވުމުގައި ރައީސް މުހައްމަދު ނަޝީދު ވަނީ އެކަމަނާ ބާއްވާ ގާތް ގުޅުމަށް ޝުކުރުއަދާކުރައްވާފަ އެވެ. ޑިމޮކްރަސީއަށާއި އިންސާނީ ހައްގުތަކާއި ހެޔޮވެރިކަމުގެ ނިޒާމު ގާއިމް ކުރުމަށް އެކަމަނާ ދެއްވާ އެއްބާރުލުން ރައީސް މުހައްމަދު ނަޝީދު ވަނީ ފާޙަގަ ކުރައްވާފަ އެވެ.

ރާއްޖޭގެ ސިޔާސީ ކަންކަމާ ގުޅޭ ގޮތުން ވެސް ދެ ބޭފުޅުންގެ މި ބައްދަލުވުމުގައި މަޝްވަރާ ކުރެއްވެވި އެވެ.

ރައީސް ނަޝީދު ކެނެޑާގެ ސަފީރާ ބައްދަލުކުރައްވާފައިވާ އިރު އިންޑިޔާ ސަފީރު އަކިލޭޝް މިޝްރާވެސް ވަނީ އެކަމަނާއާ ބުދަ ދުވަހު ބައްދަލުކުރައްވާފަ އެވެ. މީގެ އިތުުރުން ފޮރިން މިނިސްޓަރ ޑރ މުހައްމަދު އާސިމް އާއިވެސް ވަނީ ވަދާއީ ބައްދަލުކުރެއްވުމެއް ބާއްވާފައެވެ.

އެބައްދަލުވުމުގައި މޫސުމަށް އަންނަ ބައްދަލުތަކާ ގުޅޭ ގޮތުންނާއި ދިވެހި ރާއްޖެއަށް އެކި ދާއިރާތަކުން ވެދެއްވަމުން ގެންދަވާ އެެހީތެރިކަމާ ގުޅޭ ގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.

މީގެ އިތުރުން ޝެލީ ވަނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކާ މަޝްވަރާ ކުރައްވާ، ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގަމުންދާ ކަންކަމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރައްވާފަަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް