ކ. މާލެ
|
12 މާރޗް 2024 | އަންގާރަ 11:22
އަލް ނަސްރުން ކުޅުނު މެޗުގައި ރޮނާލްޑޯ
އަލް ނަސްރުން ކުޅުނު މެޗުގައި ރޮނާލްޑޯ
ރޮއިޓާސް
އޭއެފްސީ ޗެމްޕިއަންސް ލީގު
ޕެނަލްޓީގައި ބަލިވެ، އަލް ނަޞްރު ކަޓައިފި
މެޗުގެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި އަލް ނަސްރަށް ކާމިޔާބު ކުރެވުނީ ރޮނާލްޑޯގެ ޕެނަލްޓީ އެކަނި

އޭއެފްސީ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ދެ ވަނަ ލެގުގައި ޕެނަލްޓީ ޖަހައިގެން އަލް އައިން އަތުން ބަލިވެ، އަލް ނަޞްރު މުބާރާތުން ކަޓައިފި އެވެ.

މި ދެ ޓީމު ކުޅުނު ފުރަތަމަ ލެގުގެ މެޗު 1-0 އިން ކާމިޔާބު ކުރީ އަލް އައިންނެވެ. ހޯމަ ދުވަހުގެ ރޭ ކުޅުނު ދެ ވަނަ ލެގުގެ މެޗުގައި ފުރަތަމަ ދެ ލަނޑު ވެސް ޖެހީ އަލް އައިންނެވެ. އެ ޓީމުގެ ދެ ލަނޑު ވެސް ޖެހީ ސޫފިއަން ރަހީމީ އެވެ. ނަމަވެސް ފުރަތަމަ ހާފުގެ އިތުުރު ވަގުތުގައި އަބްދުﷲ ގަރީބް ވަނީ ލަނޑު ޖަހައި އަލް ނަސްރަށް ފަރަގު ކުޑަ ކޮށްދީފަ އެވެ.

އަލް ނަސްރަށް މެޗުގެ ނަތީޖާ ހަމަހަމަވީ ދެ ވަނަ ހާފުގައި އަލް އައިންގެ ގޯލު ކީޕަރު ހާލިދު އީސާ އަތުން ބައި ކޮޅަށް ވަތް ލަނޑުންނެވެ. މެޗުގައި ލީޑު ނަގައި، އިތުރު ވަގުތަށް ގެންގޮސްދިނީ އަލެކްސް ޓެލޭސް އެވެ. މެޗުގއ އިތުރު ވަގުތުގެ ގޮތުގައި ކުޅުނު ދެ ހާފުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ އަލް އައިންނެވެ. އެއީ ސުލްތާން އަލް ޝަމްސީ ޖެހި ލަނޑުންނެވެ. އޭގެ ފަހުން އަލް ނަސްރަަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

މެޗުގެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި އަލް ނަސްރަށް ކާމިޔާބު ކުރެވުނީ ރޮނާލްޑޯގެ ޕެނަލްޓީ އެކަންޏެވެ. އަލް އައިން އިން ވަނީ ޖެހި ތިން ޕެނަލްޓީ ވެސް ކާމިޔާބު ކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް