ކ. މާލެ
|
12 މާރޗް 2024 | އަންގާރަ 11:41
މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް - މެންބަރުގެ އަދަދު ކަނޑައެޅުމާ ބެހޭ މާއްދާ އުވާލަން ވަނީ ހުށަހަޅާފައި
މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް - މެންބަރުގެ އަދަދު ކަނޑައެޅުމާ ބެހޭ މާއްދާ އުވާލަން ވަނީ ހުށަހަޅާފައި
މަޖިލިސް
މަޖިލީހުގެ މެންބަރުންގެ އަދަދު
މަޖިލީހުގެ ޖުމްލަ މެންބަރުންގެ ޢަދަދު ކަނޑައެޅުމާ ގުޅޭގޮތުން ގަވާއިދަށް ގެނައި އިސްލާހު އުވާލުމަށް ހުށަހަޅައިފި
ސުޕްރީމް ކޯޓުން ހުކުމްކޮށްފައިވަނީ މަޖިލީހުގެ މެންބަރުންގެ އަދަދު ގުނާނީ ހުސްގޮނޑިވެސް ހިމަނައިގެން ކަމަށް
މަޖިލީހުގެ ގަވާއިދުގެ 242ގެ 1 ވަނަ މާއްދާއަށް އަމަލުކުރެވެން ނެތް އަދި ސުޕްރީމް ކޯޓުން އެ މާއްދާ އުވާލާފައި ނުވޭ

މަޖިލީހުގެ ޖުމްލަ މެންބަރުންގެ ޢަދަދު ކަނޑައެޅުމާ ގުޅޭގޮތުން ގަވާއިދަށް ގެނައި އިސްލާހު އުވާލުމަށް ހުށަހަޅައިފިއެވެ.

މި މައްސަލަ ހުށަހެޅުއްވީ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމެވެ. މަޖިލީހުގެ ރައީސް އަސްލަމް ވިދާޅުވީ 29 ފެބްރުއަރީގައި ސުޕްރީމް ކޯޓުގެ ގަޒިއްޔާއިންކޮށްފައިވާ ހުކުމުގައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ކުރީގައި ހިމެނިފައިވާ 29 ވަނަ މާއްދާގެ (ކ) (އ) އަދި (ވ) އަކީ ގާނޫނު އަސާސީގެ 248 ވަނަ މާއްދާއަށް ރިއާޔަތްކޮށް ގާނޫނު އަސާސީގެ 88 ވަނަ މާއްދާގެ (ހ) ގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ހެދުމުގައި ލިބިގެންވާ އިހްތިޔާރުން ބޭރުން ނިންމާފައިވާ ނިންނުމެއްކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

އަދި 19 ފެބްރުއަރީ ގައި ބޭއްވުނު 8 ވަނަ ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާގެ (ކ) (އ) އަދި (ވ) އުނިކުރުމަށްފަހު މަޖިލީހުގެ ގަވާއިދުގެ 242ގެ 1 ވަނަ މާއްދާގެ އިތުރުކޮށްފައިވާ މާއްދާގެ މައިގަނޑު މަހުފޫމަކީވެސް 49 ވަނަ މާއްދާގެ (ކ) (އ) އަދި (ވ) އިން ހަމަކޮށްދޭ ނަތީޖާއެއް ކަމަށެވެ.

މަޖިލީހުގެ ގަވާއިދުގެ 242ގެ 1 ވަނަ މާއްދާއަށް އަމަލުކުރެވެން ނެތް. އެހެންނަމަވެސް ސުޕްރީމް ކޯޓުން އެ މާއްދާ އުވާލާފައި ނުވޭ. އަދި މަޖިލީހުގެ ގަވާއިދުން އެ މާއްދާ އުވާލެވޭނީ މަޖިލީހުން. މަޖިލީހުގެ ގަވާއިދުގެ 242 ގެ 1 ވަނަ މާއްދާގެ ގޮތުގައި އިތުރުކޮށްފައިވާ މާއްދާ އުވާލުމަށް މައްސަލަ މަޖިލީހަށް ހުށަހަޅަން.
މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް

މަޖިލީހުގެ ގަވާއިދުގެ 242 ގެ 1 ވަނަ މާއްދާގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބެއް ބާއްވަން ހަ މަހަށް ވެފައި އޮއްވައި (ބައި-އިލެކްޝަނެއް ނުބޭއްވޭނެ ހާލަތުގައި) އެ މަޖިލީހުގެ ގޮނޑިއެއް ހުސްވެއްޖެނަމަ މެންބަރުންގެ ޖުމްލަ އަދަދު ގުނާނީ ހުސްވި ގޮނޑިތައް ނުހިމަނައެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ޢަދަދު ކަނޑައެޅުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހު ބާތިލުކުރުމަށް އެދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ބަންޑާރަ ނައިބުގެ އޮފީހުން ހުށަހެޅި މައްސަލައިގައި ސުޕްރީމް ކޯޓުން ހުކުމްކޮށްފައިވަނީ މަޖިލީހުގެ މެންބަރުންގެ އަދަދު ގުނާނީ ހުސްގޮނޑިވެސް ހިމަނައިގެން ކަމަށް ކަނޑައަޅާފައެވެ.

- ކޮމެންޓް