Advertisement
ކ. މާލެ
|
3 އޯގަސްޓް 2017 | ބުރާސްފަތި 23:46
މުހައްމަދު އަސްލަމް
މުހައްމަދު އަސްލަމް
ރާއްޖެއެމްވީ
މެންބަރުންނަށް ބިރުދެއްކުން
ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ރައީސް ޔާމީންގެ އެއްވެސް ހައިސިއްޔަތެއް ނެތް: އަސްލަމް
މިހާރު ވޯޓެއް ނެގިޔަސް ރައީސް ޔާމީނަށް ފަސް ޕަސެންޓް ވޯޓުވެސް ނުލިބޭނެ: އަސްލަމް

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ކުރިން ރައްޔިތުންގެ މަޖިލީހުގައި އުޅުއްވީތީ އެމަނިކުފާނުގެ ބާރުފުޅު އަދިވެސް އެތަނުގައި އޮތްކަމަށް ވެދާނެ ކަމަށާ، ނަމަވެސް އެ މަޖިލީހުގެ މައްޗަށް އެމަނިކުފާނުގެ އެއްވެސް ހައިސިއްޔަތެއް މިހާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ޖުލައި 24 ވަނަ ދުވަހު ފުލުހުންގެ ސަފުތައް ފަޅާލައި، ފުލުހުން ބަންދުކޮށްފައިވާ ސަރަޙައްދަކަށް ވަންކަމުގެ ތުޙުމަތުކޮށް، ފުލުހުން ކުރަމުން ގެންދާ ތަހުޤީޤަށް ހާޒިރުވެވަޑައިގަތުމަށް ފަހު، ބުރާސްފަތި ދުވަހުގެރޭ މީޑިއާ އާއި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ، މިއަދު ފެންނަމުން ދަނީ ސިޔާސީ ބޭނުމަށްޓަކާ ކޮންމެ މުއައްސަސާއެއް  ވެސް ބޭނުންކުރެވެމުންދާ މަންޒަރު ކަމަށެވެ. އެގޮތުން، ރައީސް ޔާމީން، ސިފައިންނާއި، ފުލުހުންނާއި، ޖާސޫސީ އިދާރާތައް ނަހަމަގޮތުގައި ބޭނުން ކުރައްވާ ކަމަށް އަސްލަމް ތުހުމަތު ކުރެއްވިއެވެ.

އަސްލަމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ރައީސް ޔާމީންގެ އެއްވެސް ހައިސިއްޔަތެއް މިހާރު ނެތް ކަމަށެވެ.

"ރައީސް ޔާމީން އެތާ އުޅުއްވީތީ، ފަހަރުގަ އެމަނިކުފާނުގެ ބާރު އެތަނަށް ހިންގަވަނީ ކަމަށް ބެލެވިދާނެ. އެއައްވުރެ މާ ރަނގަޅުހެން އަޅުގަނޑަށް ހީވަނީ ހަކުރާގޭގެ އަސްލުގަ ކްލެއިމް ރައީސް ނާސިރު ކުރެއްވިއްޔާ. ނޫނީ ރައީސް މައުމޫން، އެތަން ބިނާކުރައްވަން ޕާކިސްތާނުގެ ފަރާތުން އެހީ ހޯއްދެވި، ރައީސް މައުމޫން ކުރެއްވިއްޔާ. ޔާމީނުގެ މިހާރު އަސްލުގަ އެތަނާ ގުޅޭ އެއްވެސް ހައިސިއްޔަތެއް އޮތްކަމުގަ އަޅުގަނޑު ނުދެކެން" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވީ ރައްޔިތުންގެ ވޯޓުން ކަމަށާ، އެ މެންބަރުންނަށް މެންޑޭޓް ދިނީ ރައްޔިތުންގެ މަޖިލީހަށް ދިއުމަށް ކަމަށެވެ. އެހެންކަމުން، އެ މެންބަރުންނަށް މަޖިލީހަށް ނުދެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ.

ރައީސް ޔާމީނަށް މިހާރު ރައްޔިތުންގެ ތާޢީދު ނެތް ކަމަށާ، މިހާރު ވޯޓެއް ނެގި ނަމަވެސް، 5 އިންސައްތަ ވޯޓު ވެސް އެމަނިކުފާނަށް ލިބިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެ، އަސްލަމް ވަނީ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑު ވިދާލުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް