Advertisement
ކ. މާލެ
|
3 އޯގަސްޓް 2017 | ބުރާސްފަތި 23:39
ހުޅުމާލޭގައި ޕާކަކާއި ކޮމިއުނިޓީ ސެންޓަރެއް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތެއްގައި
ހުޅުމާލޭގައި ޕާކަކާއި ކޮމިއުނިޓީ ސެންޓަރެއް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތެއްގައި
ރައީސް އޮފީސް
ރައީސް ޔާމީންގެ ވާހަކަފުޅު
"އަޅުގަނޑުގެ ބޯ ގޮވައިފި": ރައީސް ޔާމީން
ސިކުނޑިފުޅު ގޮއްވާލާވަރުގެ ކަންކަން ގައުމުގައި އެބަ ހިނގާ
ސަރުކާރު ޒިންމާކުރުވާނީ މުލައްދަނޑީގެ ބާރުންނެއް ނޫން
ޖަވާބުދާރީވާން މި ނޫން ދުވަހެއް ވެސް އޮންނާނެކަން ދަންނަންޖެހޭ

އެކުގައި މަސައްކަތް ކުރެއްވި ސިޔާސީ ލީޑަރުން އެމަނިކުފާނު ދޫކުރައްވައި ވަޑައިގަންނަވާތީ  އެމަނިކުފާނުގެ ސިކުނޑިފުޅު ގޮވައިފި ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.

 

ބުރާސްފަތި ދުވަހުގެރޭ "ފަހިވެނި" ކޮމިއުނިޓީ ސެންޓަރާއި، "އެން 3" ޕާކް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނާއި އެކުގައި މަސައްކަތް ކުރައްވާފައި  ވަޑައިގަންނަވާ  ކޮންމެ ބޭފުޅަކު ވަޑައިގަންނަވަނީ، އިދިކޮޅަށް ކަމަށެވެ. އަދި ދުވަހަކުވެސް ދެކިވަޑައިގެންފައި ނުވާފަދަ  ޝަރަފުވެރި އިއްޒަތްތެރި ބޭފުޅުންވެސް ހިދާޔަތާއި ކުރިއެރުން ހޯއްދަވަން މަސައްކަތް ކުރައްވަނީ، ފަނާކުރަނިވި  ތާރީޚެއް އޮތް ބަޔަކާއި އެކުގައިކަމަށް ވިދާޅުވިއެވެ.

 

"މީ ހަމަ ގައިމުވެސް އެކަންކަމާއި  ވިސްނާ ވިސްނާ ވެސް އަޅުގަނޑުގެ ސިކުނޑިއަށް އޭގެ ޖަވާބެއް ނައި އަޅުގަނޑުގެ ސިކުނޑި  ގޮވާވަރުގެ ކަމަކަށް ވެއްޖެ" ރައީސް ޔާމީން ވިދާޅުވިއެވެ.

 

ރައީސް ވިދާޅުވީ، މިހުރިހާ ތަނެއް ފެނިވަޑައިގެން ތަޖުރިބާ  ލިބިވަޑައިގެން ހުންނެވި ނަމަވެސް އެމަނިކުފާނުގެ ސިކުނޑިފުޅު ގޮއްވާލާވަރުގެ ކަންކަން ގައުމުގައި އެބަ ހިނގާ ކަމަށެވެ. ރާއްޖޭގައި ނިޒާމްތައް ރޭވިފައި ހުރީ ފުރިހަމައަށް ނޫން ކަމަށާއި، އެ ނިޒާމްތައް ފުރިހަމަ ނުވަނީ، އެ ތަންފީޒު ކުރަން ތިބޭ މީހުންނަކީ އިންސާނުން ކަމަށް ވާތީ ކަމަށެވެ. ކޮންމެ އިންސާނެއްގެ ވެސް އުނި ސިފަތައް ހުންނާނެ ކަމަށް ރައީސް ޔޔާމީން ވިދާޅުވިއެވެ.

 

ޑިމޮކްރެސީއަކީ ގިނަ ބަޔަކު ގަބޫލް ކުރާ ޚިޔާލްތަކުގެ މައްޗަށް އެކުލަވާލެވޭ ހިންގުމުގެ ނިޒާމެއް ކަމަށާއި، އެ ހިންގަން ތިބެނީ އިންސާނުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ކަންކަން ގޯސްވެގެން ދަނީ ވަކި ބަޔަކު ވަކި ދުވަސްވަރަކު ޒިންމާ އާއި ހަވާލުވެގެން ތިބީމައި ނޫންކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެމަނިކުފާނު ވެރިކަމަށް ވަޑައިގަތީ ދިވެހި ރައްޔިތުންގެ ތެރޭގައި މައްސަލަތަކެއް ހުރިކަން އެނގިގެން އެމައްސަލަތަކަށް ހައްލު ހޯއްދަވައި ދެއްވުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކެނޑިނޭޅި ކުރައްވަނީ އެ މަސައްކަތްޕުޅު ކަމަށް ވިދާޅުވިއެވެ.

 

އަޅުގަނޑަކީ މި ފަހުގެ ތާރީހުގައި ހިންގާފައި ހުރި ވަރަށް ގިނަ ސިޔާސީ ކަންކަން ފެނިފައި ހުރިމީހެެއް. އަދި ހިނގާފައި ހުރި ވަރަށް ގިނަ ކަންކަން ދިވެހި ރައްޔިތުންނަށް އެކަންކަން ނޭނގޭކަންކަން އަޅުގަނޑަށް އެކަންކަމުގެ އެތެރެއާއި ބޭރު ކޮންމެސް ވަރަކަށް އެނގޭ މީހެއް" ރައީސް ވިދާޅުވިއެވެ. އެގޮތުން ކޮރަޕްޝަނާއި ނަޖާއިޒު ފައިދާ އާއި ނުފޫޒު ހިމެނޭ  ކަންކަމަށް ބަލާއިރު މި ފަހުން ވެސް އެފަދަ ކަންކަން ޔަގީނުން ވެސް ހިނގައި ގޮސްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެކަންކަމަކީ ހިނގާފައި ހުރި ކަންކަންކަމުން އެކަންކަން ހިނގާދިޔަ ގޮތް އެނގޭނީ ތަހުގީގު ނިމުނީމައި ކަމަށް ވިދާޅުވިއެވެ.

 

ރައީސް ވިދާޅުވީ ސަރުކާރު ޖަވާބުދާރީ ކުރަންޖެހޭނެ ކަމަށާއި، އެކަމަކު އެކަން ކުރަން ޖެހޭނީ މުލައްދަނޑީގެ ބާރުން ނޫންކަމަށެވެ. އަދި ދިވެހިރާއްޖޭގައި ބާރު ގަދަވާނީ ރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނުތައް ކަމަށް ވިދާޅުވިއެވެ.

 

"އެމީހަކަށް ހީވާގޮތަކަށް ވަރުގަދަކަން ދެއްކުމަކީ އެއީ އެހެން މީހުނަށް ކުރެވެ ބޭ އިންސާފެއް. އެކަން ކުރާކަށް ނުވާނެ.ކޮންމެ މީހެއްގެ ވެސް ނިމުން އަންނާނެ. ވާހަކަ ދެއްކިދާނެ. ފާޑު ކިއިދާނެ، ފުރައްސާރަކުރެވިދާނެ.އަދި މީހުންގެ ހައްގުތަކަސް އަރައިގަނެވިދާނެ. އޭގެ ހަގީގަތް ނުބަލާ މި ކުރެވެނީ މޮޅުކަމެއްކަމަށް ހީކޮށް ހުރިހާ ވައްތަރެއްގެ އިލްމު އުނގެނިގެން ތިބި މީހުންނަށް ވެސް މިކަހަލަ ހުރިހާކަމެއް ވެސް ކުރެވިދާނެ.އެކަމު އަޅުގަނޑަށް ޔަގީން ކަށަވަރު އެއިން ކޮންމެ މީހަކު ވެސް ނިދާލަން އޮށޯންނައިރު ޝަހާދައިގެ ކަލިމަތަށް ކިޔާފައި ނިދާނީ.އެއީ ކަލަކު ވޮޑިވާކަން އެމީހުންވެސް ގަބޫލުކުރާތީ. އަދި ޖަވާބުދާރީވާން މި ނޫން ދުވަހެއް އޮންނާނެކަން އެއިން ކޮންމެ މީހަކުވެސް ގަބޫލުކުރާނެ" ރައީސް ވިދާޅުވިއެވެ.

 

ދިވެހިރާއްޖޭގައި ބާރު ގަދަވާނީ ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތައް ކަމަށް ރައީސް ޔާމީން ވިދާޅުވިއިރު، އެމަނިކުފާނަށް ވެރިކަން ހިންގެވުމުގައި ދަތިފުޅު ވަނީ، ދުސްތޫރުއޮތް ގޮތުންކަމަށް މިނިވަންދުވަހު ގައުމާއި މުޚާތަބު ކުރައްވައި ދެއްވި ޚިތާބުގައި ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
5 އޯގަސްޓް 2017 | ހޮނިހިރު 16:49
ދޫދޫ
ބޯ ގޮވާނީ ބޯ ހުރީމަތާ... އަހަރެން އެކައްޗެކޭ ވެސް ނުބުނަމެއްނު.. ދޯ
4 އޯގަސްޓް 2017 | ހުކުރު 17:24
ޖާނޭ
ސިކުނޑީ ސަލާމަތުން ނެތް މީހަކު ވެރިކަަމަށާ ކުފޫ ހަމައެއް ނުވާނެ. ކޮބާ ނައިބު؟
4 އޯގަސްޓް 2017 | ހުކުރު 06:24
ސަނާ
ކިތައްމެވަރަކަށް ވިސްނިއަސް މީހާ ވެރިކަމާހެދި ހޭބަލިވީމަ ދެން ތަންދޮރު ނޭނގޭނެ!!
4 އޯގަސްޓް 2017 | ހުކުރު 05:55
ަހުމަދު
މިއީ ހަމަ ރަނގަޅަށް ވެސް ބޯގޮވާފަ ހުރި މީހެއް. ޖވާބުދާރީވާންޖެހޭ ދުވަހެއްވާ ކަން އެނގޭތީ، އެދުވަހު މީނާ ޖަވާބުދާރީކުރުވަން ޤާނޫނާ ޚިލާފަށް މީނާ ކުރާހާ ކަމެއް ކުރަން ރައްޔިތުންވީ ބަލަން ތިބެން. ޖަވާބުދާރީކުރުވަން ޤާނޫނީގޮތުން ކުރެވޭ މަސައްކަތް ހުއްޓުވާތަން މިފެންނަނީ މުލައްދަނޑީގެ ބާރުން، އެކަމަކު ޖަވާބުދާރީކުރުވާނީ މުލައްދަނޑީގެ ބާރުން ނޫނެެކޯ.
4 އޯގަސްޓް 2017 | ހުކުރު 02:36
ޕޕ
ގާނޫނޭ މިމީހުން މިކިޔަނީކޯޗަކައް ބާއޭހިތައް އަރާ