Advertisement
ކ. މާލެ
|
3 އޯގަސްޓް 2017 | ބުރާސްފަތި 19:49
ފާރިސްގެ ވަކީލު މައުމޫނު ހަމީދު
ފާރިސްގެ ވަކީލު މައުމޫނު ހަމީދު
ރާއްޖެއެމްވީ
ފާރިސްގެ މައްސަލަ
ފާރިސް ބަންދުކުރި މައްސަލައިގެ އިސްތިއުނާފް އަޑުއެހުންތަށް ނިންމާ ދެން އޮންނަ އަޑުއެހުމެއްގައި ގޮތެއް ނިންމާނެ: ވަކީލުން
މުއްދަތު އަމުރުގެ އިސްތުޢުނާފުގެ މައްސަލަ އިގެ އަޑުއެހުން ކުރިއަށް ގެންގޮސްފައިވަނީ ސިއްރުން
ފުލުހުންގެ އަތުގައި ހުރި ހެއްކަކަށް ފާރިސްއަށް ނުފޫޒެއް ނުފޯރުވޭނެ

ފާރިސް ބަންދުކުރި މައްސަލައިގެ އިސްތިއުނާފް އަޑުއެހުންތައް ނިންމާ ދެން އޮންނަ އަޑުއެހުމެއްގައި ގޮތެއް ނިންމާނެކަމަށް ފާރިސްގެ ގާނޫނީ ވަކީލުން ވިދާޅުވެއްޖެއެވެ.

 

ފާރިސް ހައްޔަރު ކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރާއި އަދި އެ އަމުރުގެ ދަށުން ހައްޔަރުކޮށް، ބަންދާއިމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ނެރުނު މުއްދަތު އަމުރުގެ އިސްތުޢުނާފުގެ މައްސަލަ އިގެ އަޑުއެހުން ކުރިއަށް ގެންގޮސްފައިވަނީ ސިއްރުންނެވެ.

 

ހ. ތެމާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފާރިސްގެ ވަކީލުން ވިދާޅުވީ، ފާރިސް ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަކީ އެކޯޓުން އަމަލު ކުރަމުންދާ އިޖުރާއަތު ތަކާއި އަދި ޖިނާއއީ އިޖުރާއަތުގެ ގާނޫނާއި ޚިލާފަށް އަދި އެ އަމުރު ނެރެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގާނޫނާއި ޚިލާފަށް ކަމަށް ފާހަގަކޮށްފައިވާނޭ ކަމަށެެވެ.

 

"މިއަދު އެންމެ ފުރަތަމަ އަޅުގަނޑުމެން ފާހަގަކުރިން ފާރިސްގެ ޝަރީއަތް ހައިކޯޓްގައި ކުރިއަށް ގެންދިޔައީ ސިއްރުން ކަމަށްވާތީ، އެއީ ގާނޫނު އަސާސީ ލިބިދީފައިވާ ހައްގެއް ހިފެހެއްޓީކަމަށް" ވަކީލުން ފާހަގަކުރެއްވިއެވެ.

ބުރާސްފަތި ދުވަހުގެ އަޑުއެއެހުމުގައި ފާރިސް ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން  އެކި ފަހަރު އަމުރުތައް ނެރެފައިވަނީ އެކި ގާޒީން ސޮއިކޮށް، ކުރިން އެ ކޯޓުން އަމަލުކުރަމުންދާ އުސޫލާއި ޚިލާފަށް ކަމަށް ވާތީ އެކަންކަން ފާހަގަ ކޮށްފައިވާނެ ކަމަށް ވަކީލުން ވަނީ ވިދާޅުވެފައެވެ.

 

މައްސަލައިގައި ވަކިގޮތެއް ކަނޑައަޅަންދެން ފާރިސް ވަގުތީގޮތުން ބަންދުން ވީއްލުމަށް އެދުމުން އެކަމާއި މެދު ފަހުން ގޮތެއް ނިންމަވާނެކަމަށް ފަނޑިޔާރުން ވިދާޅުވިކަމަށް ވަކީލުން ވަނީ ފާހަގަ ކުރައްވާފައެވެ.

ފާރިސް ހައްޔަރުކުރުމުގެ ކުރިން 4 ޖުލައިގައި ފުލުހުން ބޭއްވި ޕްރެސްއެއްގައި މެންބަރުންނަށް ފާރިސް މައުމޫނު  ރިޝްވަތު ދެއްވަން އުޅުއްވިކަމަށް މުޅިގައުމަށް އިވޭވަރަށް ވިދާޅުވެ، 18 ޖުލައި އާއި ހަމައަށް އެވީ ދުވަސްތަކުގައި، ފާރިސް ހައްޔަރު ނުކޮށް މަޑުކޮށްގެން ތިއްބެވީ ކީއްވެތޯ ވަކީލުން ވަނީ ސުވާލު އުފައްދަވާފައެވެ. އަދި ފާރިސް އަކީ މުޖުތަމައުއަށް އެފަދަ ނުރަށްކާތެރި ފަރާތެއްނަމަ އެވިދާޅުވާ ހެއްކާއި ގަރީނާ ހުރި އިރު ހައްޔަރުނުކޮށް ކުރީ ކީއްވެތޯ ވަކީލުން ސުވާލުކުރެއްވިއެވެ.

 

ހެކި ހުރީ، ފުލުހުން އަތުގައިކަމަށް ވާއިރު ދެން އެ ހެއްކަން ފާރިސްއަށް ނުފޫޒު ފޯރުވޭނޭ ގޮތެއްވެސް ވިސްނިވަޑައި ނުގަންނަވާކަމަށް ވަކީލުން ވިދާޅުވިއެވެ. އެހެންކަމުން ހެއްކަށް ނުފޫޒު ފޯރުވާނެކަމަށް ބަލައި އަދި މުޖުތަމައުއަށް ނުރައްކާތެރި މީހެއްކަމަށް ނިންމާ ފާރިސް ބަންދުކޮށްގެން ބަހައްޓަން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެކަމަށް ވަކީލުން ވަނީ ފާހަގަ ކުރައްވާފައެވެ.

 

ފާރިސް ހައްޔަރު ކޮށްފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ފާސްކުރުމަށް މަޖިލިހަށް ހުށަހެޅީ 42 މެންބަރުންގެ ސޮޔާއެކު ކަމަށް، އޭޕްރީލް 17 ވަނަ ދުވަހު މަޖިލީހުން ފާސްކުރުމާ ގުޅިގެން، މަޖިލީހުގެ ރައީސްގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމަށް، 42 މެންބަރުންގެ ސޮއި ހޯދުމަށް މަޖިލިސް މެންބަރުންނަށް ނުފޫޒު ފޯރުވައި ގާނޫނާ ޚިލާފަށް މަސައްކަތްތަކެއް ކޮށްފައިވާ ކަމުގެ ތުހުމަތުގަ އެވެ.

 

އެ މައްސަލައިގައި އޭނާ ހައްޔަރުކޮށް ބަންދު ކޮށްފައިވާއިރު، ޝަޙްސް އޮޅުވާލުމުގެ ދައުވާކޮށް އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުގައި ޝަރީއަތެއް ދަނީ ހިންގަމުންނެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް