ކ. މާލެ
|
7 މާރޗް 2024 | ބުރާސްފަތި 09:45
ރޭގެ މެޗުގައި މެސީ
ރޭގެ މެޗުގައި މެސީ
ޓްވީޓަރ
އޮލިމްޕިކްސް
އޮލިމްޕިކްސްގައި މެސީ ފެނުން ގާތެއްނޫން: މަޝެރާނޯ
 
އުމުރު މަތިވުމުން ކޮޕާ އެމެރިކާ ކުޅެފައި އޮލިމްޕިކްސް ކުޅެން މެސީ އަށް ފަސޭހައެއްނޫން

މި އަހަރު ޖުލައި މަހު އޮންނަ އޮލިމްޕިކްސް ފުޓްބޯޅަ މުބާރާތުގައި އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ ފެނުން ގާތް ނޫން ކަމަށް ކޯޗު ހާވިއާ މަޝެރާނޯ ބުނެފި އެވެ.

އާޖެންޓީނާގެ އޮލިމްޕިކް ޓީމަކީ 23 އަހަރުން ދަށުގެ ޓީމެވެ. ނަމަވެސް މި ޓީމުގައި އުމުރުން ދޮށީ ތިން ކުޅުންތެރިއަކަށް ކުޅުމުގެ ފުރުސަތު ލިބެ އެވެ. އާޖެންޓީނާއިން މިހާތަނަށް އުއްމީދުކޮށްގެން ތިބީ މެސީ މި ޓީމުގައި ކުޅުވުމަށެވެ. އޭނާއާއެކު އެންހެން ޑިމާރިއާ އާއި ކީޕަރު މާޓިނޭޒަށް ފުރުސަތުދޭން ވަނީ ވިސްނާފަ އެވެ.

ނަމަވެސް މަޝެރާނޯ ބުނީ ޖުލައި 26ގައި ފަށާ މުބާރާތުގައި މެސީ ފެނުން ދުރު ކަމަށެވެ.

މެސީ އާއި އަހަރެން ވާހަކަ ދެއްކިން. އަހަރުމެން ވާނީ މިކަމާ މެދު އިތުރަށް މަޝްވަރާ ކުރަން ނިންމާފައި. ސަބަބަކީ މެސީގެ އުމުރު މަތިވަމުންދާއިރު މިހާރު އޭނާއެހުރީ އެއް ފަހަރާ ގިނަ އަދަދެއްގެ މެޗު ކުޅުނީމަ އޭގެ ނޭދެވޭ އަސަރު ކުރާ އުމުރުގައި ކަމަށްވުން
މަޝެރާނޯ

އޭނާ ބުނީ ޖޫން 11ހައި ފަށައި ޖުލައި 20ގައި ނިންމާ ކޮޕާ އެމެރިކޭ ފުޓްބޯޅަ މުބާރާތުގައި އާޖެންޓީނާގެ ސީނިއާ ޓީމަށް މެސީ ކުޅޭނެ ކަމަށެވެ. އަދި އެ މުބާރާތް ނިންމާފައި ހަ ދުވަސް ތެރޭގައި އޮލިމްޕިކްސްގައި ކުޅެން މެސީގެ ކިބާގައި ޖޯރު ހުންނާނެ ކަމާމެދު އިތުރަށް ވިސްނަން ޖެހޭ ކަމަށެވެ.

އޭނާ އަށް ކޮޕާ އެމެރިކާ ވަރަށް މުހިންމުވާނެ. ދެން އެ މުބާރާތަށް ފަހު އޮލިމްޕިކްސްގައި ކުޅުމަކީ އެންމެ ރަނގަޅު ގޮތްތޯ ނިންމާނީ އަދި ފަހުން. އޭނާ އަށް ވެސް ދަތިނުވާނެ ގޮތަކަށް ކަންކަން ބައްޓަން ކުރަންވާނެ. އަހަރުމެން މަސައްކަތް ކުރާނީ ރަނގަޅު ހައްލެއް ހޯދުމަށް. އޮލިމްޕިކްސްގައި ވެސް ގައުމު ތަމްސީލުކުރުމަކީ މެސީ ބޭނުންވާ ކަމެއް. އެކަމަކު އޭނާގެ ކުލަބުގެ މެޗުތަކާއި ގައުމީ ސީނިއާ ޓީމުގެ މެޗުތަކަށް ހުރަސްއެޅިގެންނުވާނެކަން އަހަރުމެން ވިސްނަންވާނެ
މަޝެރާނޯ

މެސީ އާއި މަޝެރާނޯ އަކީ އެކުގައި ގައުމީ ޓީމާއި ބާސެލޯނާ އަށް ކުޅުނު ދެ ކުޅުންތެރިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް