ކ. މާލެ
|
7 ޑިސެންބަރ 2024 | ހޮނިހިރު 14:08
އެމެރިކާ ލީގުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު މެސީ
އެމެރިކާ ލީގުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު މެސީ
ގޯލް.ކޮމް
އެމެރިކާ ލީގު
އެމެރިކާ ލީގުގެ މޮޅު ކުޅުންތެރިޔަކަށް މެސީ
އެމެރިކާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާ ހޮވަނީ ކުޅުންތެރިންނާއި، ކުލަބުތަކުގެ ޓެކްނިކަލް ސްްޓާފުން އަދި ނޫސްވެރިންގެ މެދުގަ އެވެ. މޮޅު ކުޅުންތެރިޔާގެ މަގާމު މެސީ ހޯދީ 38.43 އިންސައްތަ ވޯޓުންނެވެ.

މޭޖާ ލީގު ސޮކާ (އެމެރިކާ ލީގު)ގެ 2024 ވަނަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް، އިންޓަ މިއާމީ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ހޮވިއްޖެ އެވެ.

އެމެރިކާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާ ހޮވަނީ ކުޅުންތެރިންނާއި، ކުލަބުތަކުގެ ޓެކްނިކަލް ސްްޓާފުން އަދި ނޫސްވެރިންގެ މެދުގަ އެވެ. މޮޅު ކުޅުންތެރިޔާގެ މަގާމު މެސީ ހޯދީ 38.43 އިންސައްތަ ވޯޓުންނެވެ. މެސީއާ ވާދަކުރި ކޮލަމްބަސް ކްރޫގެ ކުޗޯ ހެނާންޑޭޒް އަށް ލިބުނީ 33.7 އިންސައްތަ ވޯޓެވެ.

މެސީގެ ކެޕްޓަންކަމުގައި ކުޅެމުން އަަންނަ އިންޓަ މިއާމީން ވަނީ އެއް ސީޒަނެއްގައި އެމެރިކާ ލީގުގައި 74 ޕޮއިންޓު ހަމަކޮށް، ފުރަތަމަ ފަހަރަށް ސަޕޯޓަރުންގެ ޝީލްޑު ވެސް ކާމިޔާބު ކޮށްފަ އެވެ. މެސީ ވަނީ މިއަހަރުގެ ތެރޭގައި އިންޓަ މިއާމީ އަށް ކުޅެދިން 25 މެޗުގައި 23 ލަނޑު ޖަހައިފަ އެވެ. މީގެ އިތުރުން 13 ލަނޑު ޖެހުމަށް އޭނާ ވަނީ އެހީތެރިވެދީފަ އެވެ.

އުމުރުން 37 އަހަރުގެ ކުޅުންތެރިޔާ އިންޓަ މިއާމީ އަށް ބަދަލުވީ މިދިޔަ އަހަރު އެވެ. އޭގެ ފަހުން މެސީ ވަނީ މިއާމީ އަށް ކުޅެދިން 39 މެޗުގައި 34 ލަނޑު ޖަހައިފަ އެވެ. އެ ކުލަބާ އެކު މެސީ ސޮއި ކޮށްފައިވާ ދެ އަހަރާ ބައިގެ އެއްބަސްވުމުގެ މުއްދަތު 2025 ވަނަ އަހަރު ހަމަވާއިރު، މިއާމީން ބޭނުން ވަނީ މެސީގެ އެއްބަސްވުން އައު ކުރަން ކަމަށް މީޑިއާ ތަކުގައި ވަނީ ރިޕޯޓުކޮށްފަ އެވެ. އެކަމާ ގުޅުން ހުރި މަޝްވަރާތައް މިއާމީން، ވަރަށް އަވަހަށް މެސީ އާއެކު ފަށާނެ ކަމަށް ވެސް ރިޕޯޓުތަކުގައި ވަނީ ފާހަގަ ކޮށްފަ އެވެ.

- ކޮމެންޓް