ކ. މާލެ
|
6 މާރޗް 2024 | ބުދަ 05:53
ރައްކާ ރޯޑް ސޭފްޓީ ޕާޓްނަޝިޕް އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ރައްކާ ރޯޑް ސޭފްޓީ ޕާޓްނަޝިޕް އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
މޯލްޑިވްސް ޕޮލިސް ސާރވިސް
ރައްކާ ރޯޑް ސޭފްޓީ
ރައްކާ ރޯޑް ސޭފްޓީ ޕާޓްނަޝިޕް އެއްބަސްވުމުގައި ސޮއިކޮށްފި
 
މީ މީގެ 10 އަހަރު ކުރިން ފެށި މި މަސައްކަތެއް

ޝީޝާ ޕްރައިވެޓް ލިމިޓެޑް އަދި އެލައިޑް އިންޝުއަރެންސް ކޮމްޕެނީ “ރައްކާ ރޯޑް ސޭފްޓީ ޕާޓްނަޝިޕް” އެއްބަސްވުމުގައި ދިވެހި ފުލުހުންގެ ޚިދުމަތާއެކު ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މިކަމަށްޓަކައި އިސްކަންދަރު ބިލްޑިންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ފުލުހުންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ ކަމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީންއެވެ. ޝީޝާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އޮޕަރޭޝަން އެންޑް މާކެޓިން މެނޭޖަރ ފާޠިމަތު ޖުމާންއެވެ. އެލައިޑް އިންޝުއަރެންސް ކޮމްޕެނީގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރ އިބްރާހީމް ފިރުޝާންއެވެ.

އެއްބަސްވުމުގައި ސޮއިކުރައްވައި، ޑެޕިއުޓީ ކަމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ދެއްކެވި ވާހަކަފުޅުގައި، މީ މީގެ 10 އަހަރު ކުރިން ފެށި މި މަސައްކަތެއްކަމަށާއި މިކަމުގައި ވަރަށް ގިނަގުނަ ދަތިތަކަކާ ކުރިމަތި ލާންޖެހުނުކަމަށާ އަދި މިކަމަކީ މަގުމަތީގައި އުޅަނދު ދުއްވާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތްކުރުމަށް ކުރަމުންދާ ކަމެއްކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގައި މަސައްކަތްކުރާ ބޮޑެތި ކުންފުނިތަކާއި ވިޔަފާރިވެރިން ރޯޑް ސޭފްޓީ ކެމްޕެއިނާ ގުޅިވަޑައިގެން އެހީތެރިކަން ފޯރުކޮށްދިނުމަށް އެދިލެއްވިއެވެ.

އަދި މި ޕްރޮގްރާމަކީ ހަމައެކަނި ސްކޫލުތަކުގެ ދަރިވަރުންނަށް ގެންދާ ޕްރޮގްރާމެއް ނޫންކަމަށާއި ރާއްޖޭގެ އެކި ސަރަހައްދުގައި ބިލްބޯޑުތައް ބަހައްޓައި ހާއްސަކޮށް އެކްސިޑެންޓުތައް ހިނގާ ސަރަހައްދުގައި ބިލްބޯޑުތައް ސަމާލުކަން ގެނައުމަށްޓަކައި ހަރުކުރެވިގެން ދާނެކަމަށް ވިދާޅުވިއެވެ. އޭގެ އިތުރުން ޓެކްސީ ޑްރައިވަރުންނަށް ހިންގާ ޕްރޮގްރާމަކީ އަބަދުވެސް ހިންގަންޖެހޭ ޕްރޮގްރާމެއް ކަމަށާއި ރާއްޖޭގައި ޑްރައިވިންގ ލައިސަންސް ޓެސްޓް ހަދާ ފަރާތްތަކުގެ އިންސްޓްރަކްޓަރުންނަށް މި އަހަރު ތެރޭގައި މި ޕްރޮގްރާމު ފެށިގެން ދާނެކަމަށާއި ޑްރައިވިންގ ލައިސަންސް ނަގާފަރާތްތަކަށް މި ޕްރޮގްރާމުގެ ކޮންމެވެސް ވަރެއް ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭގޮތުން ގަވާއިދުތައް އިންސްޓްރަކްޓަރުންގެ ފަރާތުން އެނގިގެންދާނެކަމަށް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ޓެކްސީ ޑްރައިވަރަކު ދަތުރެއް ނެގުމަށް ފަހު، ދަތުރުވެރިން ބޭލި މައްސަލަ ބަލައި ފިޔަވަޅު އަޅަނީ
މޫސުން ގޯސް: ކޮންސްޓްރަކްޝަން ސައިޓްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން އިލްތިމާސްކޮށްފި
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި
ހުޅުމާލޭގައި ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް ނެތް
މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް 15 ދުވަސް ޖަހަައިފި
ބަނޑޭރިކޮށީގައި މަރުވެފައި އޮތް މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން: ފުލުހުން