ކ. މާލެ
|
5 މާރޗް 2024 | އަންގާރަ 13:55
އޭއެފްސީ ޗެމްޕިއަންސް ލީގުގައި އަލް ނަޞްރުން ކުޅުނު މެޗުގެ ތެރެއިން
އޭއެފްސީ ޗެމްޕިއަންސް ލީގުގައި އަލް ނަޞްރުން ކުޅުނު މެޗުގެ ތެރެއިން
ރޮއިޓާސް
އޭއެފްސީ ޗެމްޕިއަންސް ލީގު
ފުރަތަމަ ލެގުގައި އަލް ނަޞްރު ބަލިވެއްޖެ
މި ދެ ޓީމު ވާދަކުރާ ދެ ވަނަ ލެގުގެ މެޗު އޮންނާނީ މި މަހުގެ 12 ވަނަ ދުވަހު

އޭއެފްސީ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި އަލް ޢައިންއާ ދެކޮޅަށް ކުޅުނު މެޗުން އަލް ނަޞްރު ބަލިވެއްޖެ އެވެ.

ހޯމަ ދުވަހުގެ ރޭ ކުޅުނު މެޗުން އަލް ނަޞްރު ބަލިވީ 1-0 އިންނެވެ. މެޗުގައި އަލް ޢައިން އިން ލަނޑު ޖެހީ ވެސް ފުރަތަމަ ހާފުގަ އެވެ. ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށް ވެފައި ވަނިކޮށް، އެ ޓީމަށް ލީޑު ނަގައިދިނީ ސުފިޔަން ރަހިމީ އެވެ. މެޗުގައި އަލް ނަޞްރުން ލަނޑު ޖެހުމަށް މަސައްކަތް ކޮށްފައިވާއިރު، އެ ޓީމަށް ލިބުނު ފުރުސަތުތައް ނިންމާ ނުލެވުނެވެ. މެޗުގައި އަލް ނަޞްރުން ވަނީ 16 ހަމަލާއެއް އުފައްދައިފަ އެވެ. އޭގެ ތެރެއިން އަލް ޢައިންގެ ގޯލާ އަމާޒުކޮށް އެ ޓީމުން ވަނީ ފަސް ހަމަލާއެއް ފޮނުވާލައިފަ އެވެ.

ފުރަތަމަ ލެގުން އަލް ނަޞްރު ބަލިވެފައިވާއިރު، މުބާރާތުގެ ސެމީ ފައިނަލުން އެ ޓީމަށް ޖާގަ ލިބޭނީ ދެ ވަނަ ލެގުގެ މެޗު ކާމިޔާާބު ކޮށްގެންނެވެ. މި ދެ ޓީމު ވާދަކުރާ ދެ ވަނަ ލެގުގެ މެޗު އޮންނާނީ މި މަހުގެ 12 ވަނަ ދުވަހު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް