ކ. މާލެ
|
5 މާރޗް 2024 | އަންގާރަ 12:57
ރާއްޖެ އަންނަ ފަތުރުވެރިން
ރާއްޖެ އަންނަ ފަތުރުވެރިން
ސަން އޮންލައިން
ޓުއަރ އޮޕަރޭޓަރސް ޚިދުމަތް ދިނުން
ޓުއަރ އޮޕަރޭޓަރސް ޚިދުމަތް ދިނުމާއި ގުޅޭ ޤާނޫނެއް ވުޖޫދުކުރަނީ
 
ޖުމްލަ 6 ބާބުގެ މައްޗަށް އެކުލެވިގެންވާ އެ ބިލުގައި 34 މާއްދާ ވަނީ ހިމަނާފައި
 
ބިލް ހުށަހެޅީ ދަތުރު ރާވާ ޚިދުމަތް ދިނުމާއި ބެހޭ ބިލްގެ ނަމުގައި

ޓުއަރ އޮޕަރޭޓަރސް ޚިދުމަތް ދިނުމާއި ގުޅޭ ބިލެއް މަޖިލީހަށް ހުށަހަޅައިފިއެވެ.

ދަތުރު ރާވާ ޚިދުމަތް ދިނުމާއި ބެހޭ ބިލްގެ ނަމުގައި ހުށަހަޅާފައިވާ މި ބިލް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރެވެ.

ސަރުކާރުގެ ފަރާތުން މި ބިލް ހުށަހެޅުމުގެ ބޭނުމަކީ، ދިވެހިރާއްޖޭގައި ޓޫރިޒަމާއި ގުޅުން ހުރި ދަތުރު ރާވައި ހިންގުމުގެ ޚިދުމަތް ދޭ ފަރާތްތަކަށް ލައިސެންސް ދިނުމުގެ އުސޫލު ޤާއިމުކުރުން ކަމަށް ވަނީ ބުނެފައެވެ. މީގެ އިތުރުން އެފަދަ ދަތުރުތައް ރާވާ ހިންގުމުގެ ޚިދުމަތް ދިނުމުގެ މިންގަނޑުތައް ބަޔާންކޮށް، އެ ޚިދުމަތްތަކާއި ޚިދުމަތްދޭ ފަރާތްތައް ރެގިއުލެޓް ކުރުމާއި، މޮނީޓަރުކުމުގެ ހަރުދަނާ ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމަކީ ވެސް ބިލުގެ މަޤްސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ޖުމްލަ 6 ބާބުގެ މައްޗަށް އެކުލެވިގެންވާ މި ބިލުގައި 34 މާއްދާ ވަނީ ހިމަނާފައެވެ. މި ބިލުގެ ސަބަބުން ދަތުރު ރާވާ ހިންގުމުގެ ޚިދުމަތް ދޭ މީހުން އަމަލުކުގެ އުސޫލު އެކުލަވާލާ، އެ މީހުން މޮނީޓަރުކޮށް ފިޔަވަޅު އެޅޭނެ ނިޒާމެއް ޤާއިމްކުރެވިގެންދާނެ ކަމަށް ވަނީ ބުނެފައެވެ. މި ބިލުގައި ހިމެނޭ ކަންކަމުގެ ތެރޭގައި ޓުއަރ އޮޕަރެޓަރ ލައިސަންސް އާއި ލައިސަންސް ދޫކުރާ ފަރާތުގެ ޝަރުތުތައް ބަޔާންކޮށްފައިވެއެވެ. މި ޤާނޫނުގެ ދަށުން ޓުއަރ އޮޕަރޭޓަރ ލައިސަންސް ދޫކުރެވެނީ ކޮން ޝަރުތުތަކެއް ފުރިހަމަ ވެގެންތޯ މި ބިލުގައި ވަނީ ތަފްސީލްކޮށްދީފައެވެ. އޭގެ ތެރޭގައި ވިޔަފާރީގެ ރެޖިސްޓްރީ، އޮފީސް، ލައިސަންސަށް އެދި ހުށަހަޅާއިރު ހުންނަން ޖެހޭ ޝަރުތުތައް ފަދަ ކަންކަން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން މި ބިލްގައި ލައިސެންސް ކަނޑައެޅުމުގެ ގިންތިތައް ކަނޑައަޅާފައިވެއެވެ. އޭގެ ތެރޭގައި ތިން ގިންތި އެއް ފާހަގަކޮށްފައިވެއެވެ. އަދި ލައިސަންސް އަށް އެދި ހުށަހެޅުމާއި ގުޅޭ ތަފްސީލްތައް ވެސް މި ބިލުގައި ހިމަނާފައިވެއެވެ. އޭގެ ތެރޭގައި ލައިސަންސަށް ހުށަހަޅާނެ ގޮތުގެ ތަފްސީލާއި ލައިސެންސް ދިނުމުގެ މަރުހަލާ އަދި އެކަމާއި މެދު ގޮތް ނިންމާނެ ގޮތް ވަރަށް ތަފްސީލުކޮށް ބިލުގައި ވަނީ ހިމަނާފައެވެ. ހަމައެހެންމެ ލައިސަންސްގެ މުއްދަތާއި ލައިސަންސް އއުކުރުމާއި ލައިސަންސް ފީ އަދި ލައިސަންސް ދޫކުރާ ފަރާތުގެ މައުލޫމާތަށް ބަދަލު އައުމުގެ ތަފްސީލް ހިމަނާފައިވެއެވެ. މި ކަންކަމާއި ގުޅިގެން އަމަލުކުރަން ޖެހޭ ގޮތުގެ ތަފްސީލުގެ އިތުރުން ބިލުގައި ހިމެނޭ ކަންކަމުގެ ތެރޭގައި ޚިދުމަތުގެ އަގު ހާމަކުރުމާއި ޓުއަރިސްޓް ޚިދުމަތްދޭ ފަރާތްތަކާ އެކު އެއްބަސްވުން ފަދަ ކަންކަމުގެ ތަފްސީލު ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް