ކ. މާލެ
|
3 މާރޗް 2024 | އާދީއްތަ 17:41
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން- ފައިލް ފޮޓޯ
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން- ފައިލް ފޮޓޯ
ރާއްޖެއެމްވީ
ކައުންސިލްތަކަށް ބިރުދެއްކުން
ކައުންސިލްތަކަށް ބިރު ދައްކާތީ، އެޓޯލްސް މިނިސްޓްރީ އުވާލުމަށް އެމްޑީޕީން ގޮވާލައިފި
 
ކައުންސިލްތަކާ ބެހޭ ވުޒާރާއެއް އުފެއްދެވީ ކައުންސިލްތަކަށް ނުފޫޒު ފޯރުވަން
 
އެލްޖީއޭއިން ކެނދިކުޅުދޫ ކައުންސިލަށް އެންގި އެންގުން ކުށްވެރިކުރަން

ކައުންސިލްތަކަށް ބިރުދައްކައި، އިންޒާރުތައް ދެމުންދާ މައްސަލައާ ގުޅިގެން އެޓޯލްސް މިނިސްޓްރީ އުވާލުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ގޮވާލައިފިއެވެ.

އެމްޑީޕީން ބުނީ ރައީސް ޑރ. މުއިއްޒު މިހާރު އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުތަކަކީ ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރައްވައިގެން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެމަނިކުފާނު ކެމްޕެއިން ކުރެއްވުމަށް ކުރައްވަމުންގެންދާ ދަތުރުތަކެއް ކަމަށެވެ. އަދި އެކަން ކުށްވެރިކޮށް ކެނދިކުޅުދޫ ކައުންސިލްގެ އިދާރާއިން ނެރުނު ނޫސްބަޔާން އަނބުރާ ގެންދިއުމަށް އެލްޖީއޭއިން އެ ކައުންސިލަށް އެންގި އެންގުން ކުށްވެރިކުރާ ކަމަށެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން ކައުންސިލްތަކާ ބެހޭ ވުޒާރާއެއް އުފައްދަވާކަމަށް އިއުލާނުކުރުމާ ހިސާބުން ވެސް ރައީސް ޑރ. މުއިއްޒުގެ އެ ނިންމެވުމަކީ ކައުންސިލްތަކަށް ނުފޫޒު ފޯރުވާ އެ ކައުންސިލްތަކަށް އެޕާޓީގެ ސަރުކާރުން ދިން ގާނޫނީ ބާރުވެރިކަން ކަނޑުވާލުމަށް ކުރެއްވި ކަމެއް ކަމަށް އެމްޑީޕީން ބުނެއެވެ.

އެމްޑީޕީން ބުނީ ކައުންސިލްތަކުން ނެރޭ ބަޔާންތައް އަނބުރާ ގެންދިއުމަށް އެންގުމާއި ކައުންސިލްތަކުން ނިންމާ ނިންމުންތަކާމެދު ބިރުދެއްކުމުގެ ނިޔަތުގައި އެލްޖީއޭ މެދުވެރިކޮށް ސުވާލުކުރުމަކީ އަލުން އަނެއްކާވެސް 2013 ގައި އުފެދުނު ޕީޕީއެމްގެ ވެރިކަމުގައި ކައުންސިލްތަކަށް ރައްޔިތުންގެ އިންތިޚާބުކޮށްފައިވާ ކައުންސިލަރުންގެ މުސާރަ އުނިކޮށް, ސަސްޕެންޑްކޮށް ކައުންސިލްތަކުގެ ބާރު އަނެއްކާވެސް ކަނޑުވާލުމުގެ ފިކުރު ރައީސް މުއިއްޒުގެ ސަރުކާރުން އެ ސިޔާސަތު އިއާދަކުރުމަށް ކުރަމުންދާ ކަމެއް ކަމަށެވެ.

އެހެންކަމުން އެމްޑީޕީން ވަނީ އެޓޯލްސް މިނިސްޓްރީ މެދުވެރިކޮށް ބިރު ދެއްކުން ހުއްޓާލާ އަދި އެޓޯލްސް މިނިސްޓްރީ އުވާލުމަށް ސަރުކާރަށް ގޮވާލާފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
އަރާ ކޮންމެ ރަށަކުން ފެންނަނީ މާކަނާއެއްހެން ތުންގަނޑު ބިމަށް ހަރައިގެން ހުރި އެސްކަވޭޓަރުތަކެއް - ރައީސް ސާލިހު
ނ، ރ އަދި ބ އަތޮޅުގައި އާރުޓީއެލް ފެށުން: ކުރީ ސަރުކާރުން އޮތީ ފައިސާ ހަމަޖައްސާ އުޅަނދުތައް ބަނދެފައި
ކުދި ރަށްތައް ތަރައްޤީކުރުމަކީ އެމްޑީޕީގެ ސިޔާސަތެއް، އެހެންބަޔަކު އެކަން ނުކުރާނެ - ރައީސް ޞާލިހު
މުއިއްޒަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަތައް ބަލައި ރައްޔިތުންނަށް ހަގީގަތް ހާމަކޮށްދޭން އެމްޑީޕީން އިދާރާތަކަށް ގޮވާލައިފި
އެމްޑީޕީއަށް މަޖިލީސް ލިބުމުން އެންމެ ފުރަތަމަ ކުރާނެކަމަކީ ޤާނޫނަކުން ވަޒީފާގެ ކަށަވަރުކަން ދިނުން: ރައީސް ޞާލިހު
އަޑުއިވެމުންދަނީ އެންޓި ޑިފެކްޝަން ބިލު ތަސްދީގު ނުކުރަނީ އިންތިހާބަށްފަހު ސަރުކާރުން މެންބަރުން ގަންނަން ބޭނުންވާތީ ކަމަށް - ޞާލިހު
ވަޒީފާގެ ބިރު ދަނީ ވަރަށް ބޮޑަށް ދައްކަމުން، އިސްދޫން އެކަނިވެސް 100ށް ވުރެ ގިނަ މުވައްޒަފުން ވަކިކޮށްފި
މުއިއްޒުގެ އަތްޕުޅަށް ބާރުތައް ދިން ވަރަކަށް އިތުރަށް އެ ބާރުތައް މުށުތެރެއަށް ލައްވައި ބާރުކުރައްވަމުން ގެންދަވާނެ: ސާލިހު