Advertisement
ކ. މާލެ
|
3 އޯގަސްޓް 2017 | ބުރާސްފަތި 10:50
މާލޭ ސިޓީ ކައުންސިލްގެ މެމްބަރުންނާއި ފުލުހުން ބޭއްވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން--
މާލޭ ސިޓީ ކައުންސިލްގެ މެމްބަރުންނާއި ފުލުހުން ބޭއްވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން--
މުހައްމަދު ފަޒީން
މާލޭ ސިޓީ ކައުންސިލް
ޓްރެފިކާއި މާރާމާރީ މައްސަލަތަކާ ގުޅިގެން މާލޭ ސިޓީ ކައުންސިލުން ފުލުހުންނާ މަޝްވަރާ ކޮށްފި
ގުޅިގެން އެކުގައި މަސައްކަތް ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފަ

މާލެ ސިޓީ ކައުންސިލް މެމްބަރުންނާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސައުދީ ބައްދަލުކުރައްވައިފިއެވެ.

ބުރާސްފަތި ދުވަހުގެ ހެނދުނު ޝަހީދު ހުސައިން އާދަމް ބިލްޑިންގގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި  މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައި ވަނީ މާލެ ސިޓީގެ ޓްރެފިކް މައްސަލަތަކާ ގުޅޭގޮތުންނާއި މާލެ ސިޓީގައި ހިންގާ މާރާމާރީ މައްސަލަތަކާ ގުޅޭގޮތުންނެވެ. އަދި މާލެ ސިޓީ ކައުންސިލާއި ފުލުހުން ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި ބައްދަލުކުރެއްވުމުގައި މާލެ ސިޓީގެ މޭޔަރ ޝިފާ މުހައްމަދު އާއި  ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފު އާއި ފުލުހުންގެ ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑްގެ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު އާއި ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑްގެ އެކި ޑިޕާޓްމަންޓްތަކުގެ ވެރިންނާއި މާލެ ސިޓީ ކައުންސިލްގެ މެމްބަރުން ބައިވެރިވެލެއްވިއެވެ.

މާލޭގައި ޓްރެފިކް މައްސަލަތަކަކީ މާލެއަށް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެއްގެ ގޮތުގައި ގިނަ ރައްޔިތުން ބުނަމުންދާއިރު، މާރާމާރީ ހިންގާ މީހުންނަށް ބޮޑެތި އަނިޔާތައް ދިނުމާއި މީހުން މެރުން ފަދަ ޖަރީމާތައް ވެސް މާލޭގައި ވަރަށް ބޮޑަށް އާއްމުވެފައިވާ ކަމަށް ފާހަގަ ކުރެވެއެވެ.

އެގޮތުން ވޭތުވެދިޔަ ހަފްތާގައި މާރާމާރީގެ އެތައް މައްސަލައެއް ފެންމަތިވެ، ބޮޑެތި ޒަހަމްތަކެއް ޒުވާނުންނަށް ލިބިގެން ދިޔައިރު، ދެ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ވަނީ މަރާލާފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް