ކ. މާލެ
|
2 މާރޗް 2024 | ހޮނިހިރު 16:05
މެރިން ފުލުހުން ސަލާމަތްކުރި ޑައިވަރުންނާއެކު
މެރިން ފުލުހުން ސަލާމަތްކުރި ޑައިވަރުންނާއެކު
ޕޮލިސް
ޑައިވްކުރަން އުޅެނިކޮށް އޮޔާދިޔަ ބަޔަކު ސަލާމަތްކު
ޑައިވްކުރަން އުޅެނިކޮށް އޮޔާދަނިކޮށް ފެނުނު 14 މީހުން ސަލާމަތްކޮށްފި
 
ފުލުހުން ސަލާމަތްކުރި މީހުންގެ ތެރޭގައި ރަޝިޔާގެ 10 ޑައިވަރުން ހިމެނޭ

ކަނޑުމަތީގައި ޑައިވްކުރަން އުޅެނިކޮށް އޮޔާދިޔަ 14 ޑައިވަރަކު ފުލުހުންނަށް ފެނިގެން ސަލާމަތްކޮށްފިއެވެ.

ޕުލުހުން ބުނީ މެރިން ޕޮލިސް ލޯންޗެއް ހޮނިހިރު ދުވަހުގެ ހެނދުނު ފުވައްމުލަކުން ފުރައިގެން ގދ. އަތޮޅަށް ދަތުރު ކުރަމުން ދަނިކޮށް ގދ. ގަން ކައިރި، ކަނޑުމަތިން ޑައިވަރެއް ފެނިގެން ލޯންޗު އެ ސަރަހައްދަށް ދިޔައިރު އިތުރު ދެ ޑައިވަރުން ފެނުނު ކަމަށެވެ. ލޯންޗު އެ ސަރަހައްދަށް ކައިރި ކުރުމުން އިތުރު ޑައިވަރުންތަކެއް އޮޔާ ދާ ކަމުގެ މައުލޫމާތު ދިން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ސަލާމަތްކުރި މީހުންގެ ތެރޭގައި ރަޝިޔާގެ 10 ޑައިވަރުން ހިމެނެއެވެ. އަދި ދިވެހި ހަތަރު އިންސްޓްރަކްޓަރަކުވެސް ހިމެނެއެވެ.

ޕޮލިސް ލޯންޗުގައި އެ މީހުން ގދ ގައްދުއަށް ގެންގޮސްފައިވާއިރު އެއްވެސް މީހަކަށް އަނިޔާއެއްވެފައިނުވާކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ވަނީ އޮޔާއި ވަޔަށް ސަމާލުކަންދީގެން ޑައިވްކުރާ ފަރާތްތަކުން ޑައިވްކުރުމަށް އިލްތިމާސްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ޓެކްސީ ޑްރައިވަރަކު ދަތުރެއް ނެގުމަށް ފަހު، ދަތުރުވެރިން ބޭލި މައްސަލަ ބަލައި ފިޔަވަޅު އަޅަނީ
މޫސުން ގޯސް: ކޮންސްޓްރަކްޝަން ސައިޓްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން އިލްތިމާސްކޮށްފި
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި
ހުޅުމާލޭގައި ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް ނެތް
މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް 15 ދުވަސް ޖަހަައިފި
ބަނޑޭރިކޮށީގައި މަރުވެފައި އޮތް މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން: ފުލުހުން