ކ. މާލެ
|
29 ފެބްރުއަރީ 2024 | ބުރާސްފަތި 23:14
އީސީގެ މެމްބަރުން
އީސީގެ މެމްބަރުން
އިލެކްޝަންސް ކޮމިޝަން
މަޖިލިސް އިންތިޚާބު 2024
މަޖިލިސް އިންތިޚާބު ފަސްކޮށްފި، ދެން އިންތިޚާބު އޮންނާނީ އެޕްރިލް 21ގައި
 
ރޯދަ މަހު އިންތިހާބެއް ނުބޭއްވޭ ގޮތަށް އިންތިހާބާ ބެހޭ އާއްމު ގާނޫނަށް ބަދަލު ގެންނަން ފާސްކުރި ބިލު ރައީސް ޑރ.މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވީ ބުރާސްފަތި ދުވަހު
 
ކުރިން އިންތިޚާބު ބާއްވަން ހަމަޖެހިފައި އޮތީ 2024 މާރޗް މަހުގެ 17 ވަނަ ދުވަހު
 
އީސީން ވަނީ މީގެ ކުރިން ވެސް އިންތިޚާބު ފަސްކުރާ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވާ ހިސާބުން އެއަށް އަމަލުކުރާނެ ކަމަށް ބުނެފަ

އިންތިޚާބު ފަސްކުރާ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން "މަޖިލިސް އިންތިޚާބު 2024" ބާއްވާ ތާރީހު ލަސްކޮށް އެކަން އިއުލާންކޮށްފިއެވެ.

ކުރިން އިންތިޚާބު ބާއްވަން ހަމަޖެހިފައި އޮތީ 2024 މާރޗް މަހުގެ 17 ވަނަ ދުވަހުއެވެ. އެއީ ރޯދަ މަހުގެ 7 ވަނަ ދުވަހެވެ. މިހާރު އީސީން ނިންމާފައި ވަނީ އެޕްރިލް މަހުގެ 21 ވަނަ ދުވަހު އިންތިޚާބު ބޭއްވުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދަ މަހު ނުބޭއްވޭ ގޮތަށް އިންތިހާބާ ބެހޭ އާއްމު ގާނޫނަށް ބަދަލު ގެންނަން ފާސްކުރި ބިލު ރައީސް ޑރ.މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވީ ބުރާސްފަތި ދުވަހުގެ ރެއެވެ.

އެ ބިލު ތަސްދީގުކުރެއްވިތާ ގަޑިއެއްހާ އިރު ތެރޭގައި އީސީގެ ކުއްލި ބައްދަލުވުމެއް ވަނީ ބާއްވާފައެވެ. ރާއްޖެ އެމްވީ އަށް މައުލޫމާތު ދެއްވަމުން އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ އެ ބައްދަލުކުރެއްވުމުގައި އެޕްރިލް 21 ވަނަ ދުވަހު އިންތިޚާބު ބާއްވަން ފާސްކުރީ ހުރިހާ މެމްބަރުންގެ އިއްތިފާގުން ކަމަށެވެ. އަދި މިވަގުތު އީސީގެ ދެ މެމްބަރަކު ރަށުން ބޭރުގައި ތިއްބެވުމާއި އެކު ރަށުން ބޭރުގައި ތިއްބެވި ބޭފުޅުންނަށްވެސް ފޯނުން ގުޅާ އެ ބޭފުޅުންގެ ޚިޔާލާއި މަޝްވަރާވެސް ހޯދާފައިވާނެ ކަަމަށް ހަބީބް ވިދާޅުވިއެވެ.

އީސީން ވަނީ މީގެ ކުރިން ވެސް އިންތިޚާބު ފަސްކުރާ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވާ ހިސާބުން އެއަށް އަމަލުކުރާނެ ކަމަށް ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މަޖިލީހަށް ކުރިމަތިލި ކެންޑިޑޭޓުން މާލީ ބަޔާން ހުށަހެޅުމުގެ ސުންގަޑި ކައިރިވެފައިވާއިރު، 60ށް ވުރެ ގިނަ ކެންޑިޑޭޓުން މާލީ ބަޔާން ހުށަހަޅައިފި
އުފެއްދުންތެރި މަޖިލީހެއްގެ ގޮތުގައި މަސައްކަތްކުރާނެ މަޖިލީހަކަށް 20 ވަނަ މަޖިލިސް ވެގެން ނުދާނެ - އަބްދުﷲ ވަހީދު
މަޖިލިސް އިންތިޚާބުން އެނގުނީ ސަރުކާރު ޖަވާބުދާރީކުރުވާނީ ސީދާ ރައްޔިތުންގެ ވޯޓުންކަމަށް ރައްޔިތުން ޤަބޫލުކުރާކަން - ނިޔާޒް
ރޭޕް އެވިޑެންސް ކިޓް ބޭނުންކުރުން ލާޒިމްކުރަން ހުށަހެޅުން - ޖިންސީ ގޯނާގެ މައްސަލަތައް ހައްލުކުރަން އެޅޭ މުހިންމު ފިޔަވަޅެއް
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ޒަރީރު އައްޔަންކުރަން ރުހުންދީފި
ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅޭ މުހިންމު ކަންތައްތަކެއް ހިމެނޭ ކާބޯތަކެއްޗާ ބެހޭ ބިލު ފާސްކޮށްފި
20 ވަނަ މަޖިލީހަށް އިންތިހާބުވި އެމްޑީޕީގެ މެންބަރުންނާ ރައީސް ޞާލިހު ބައްދަލުކުރައްވައިފި
ފަތުރުވެރިންނަށް ޕްރީ އެޕްރޫވަލް ވިސާ ދޭން ހުށަހެޅި ގަރާރު މަޖިލީހުން ބަލައިގެންފި