ކ. މާލެ
|
29 ފެބްރުއަރީ 2024 | ބުރާސްފަތި 14:18
ރައީސުލްޖުމްހޫރިއްޔާާ ޑރ މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާާ ޑރ މުޢިއްޒު
ރައީސް އޮފީސް
ރައީސް ޑރ މުއިއްޒު
އެމްޑީޕީ މެންބަރުން ޙަރަކާތްތެރިވަނީ ޖޮއިސްޓިކް އަނބުރާ ގޮތަށް، އެއީ ޕަޕެޓުންތަކެއް: ރައީސް
 
ރައީސް ވިދާޅުވީ، އެމަނިކުފާނު އެންމެ ފުރަތަަމަ ބޭނުންފުޅުވީ މަޖިލިސް އިންތިޚާބު ރޯދައިގެ ކުރިން ބޭއްވުމަށް ކަމަށް

އެމްޑީޕީ މެންބަރުން ޙަރަކާތްތެރިވަނީ ޖޮއިސްޓިކް އަނބުރާ ގޮތަށް ކަމަށާއި، އެއީ ޕަޕެޓުންތަކެއްކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އެހެން ވިދާޅުވީ ނ. ކެނދިކުޅުދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނު އެންމެ ފުރަތަަމަ ބޭނުންފުޅުވީ މަޖިލިސް އިންތިޚާބު ރޯދައިގެ ކުރިން ބޭއްވުމަށް ކަމަށެވެ. އެގޮތުން ރޯދައިގެ ފަހުން އިންތިޚާބު ބާއްވާނަމަ، ފަހު ދިހައިގައި އިންތިޚާބުގެ ކެމްޕޭނުގައި އުޅެން ޖެހޭނެކަން ރައީސް ފާހަގަ ކުރެއްވިއެވެ.

އެހެންނަމަވެސް މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީގައި އޮތުމުން އެކަން ނުކުރެވުނީކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، އެމްޑީޕީ މެންބަރުންގެ މައްޗަށް ބާރު ހިންގަނީ އެހެން ފަރާތަކުން ކަމަށެވެ.

އެހެން ވިދާޅުވެ ރައީސް ވަނީ އެމްޑީޕީ މެންބަރުން ޙަރަކާތްތެރިވަނީ ޖޮއިސްޓިކް އަނބުރާ ގޮތަށް ކަމަށާއި، އެއީ ޕަޕެޓުންތަކެއްކަމަށް ސިފަ ކުރައްވާފައެވެ.

އެބޭފުޅުންނަށް ބާރު ހިނގާ، އެބޭފުޅުން އޮޕަރޭޓްކުރާ އެހެން ފަރާތެއް އެބައޮތް، ޖޮއިސްޓިކް އޮތީ އެހެން ފަރާތެއްގައި، އެ ޖޮއިސްޓިކް އަނބުރާ ގޮތަކަށް ޕަޕެޓުތަކެއް ގޮތަށް އެނބުރެމުން އެދަނީ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެންބަރުން
ރައީސް ޑރ މުޙައްމަދު މުއިއްޒު

މިފަހަކަށް އައިސް ރައީސް ގެންދަވަނީ މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ މެންބަރުންނަށް ބަހުގެ ހޫނު ޙަަމަލާތަކެއް އަމާޒު ކުރައްވަމުންނެވެ. އެގޮތުން ބުދަ ދުވަހުވެސް ރައީސް ވަނީ އެ މޭރުމުން ވާހަކަފުޅު ދައްކަވާފައެވެ.

ވަކި ނަމެއް ވިދާޅުނުވެ އެހެން ނަމަވެސް މަޖިލީހުގެ މެންބަރުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ރައީސް މުއިއްޒު ވިދާޅުވީ، މިހާރު ފެންނަނީ ޝަރުއީ ދާއިރާގެ މައްޗަށް، ރައްޔިތުންގެ މަޖިލީހުން ބާރު ހިންގާތަން ކަމަށާއި، ސުޕްރީމު ކޯޓުން އަމުރެއް ނެރުނު ނަމަވެސް، އެ އަމަރު އެއްވެސް އެއްޗަކަށް ނުވާ ކަމަށެވެ.

އެއާއެކު، މަޖިލީހުގެ މެންބަރުންނަކީ "އެ ބައެއްގެ މައްޗަށް ބަރުގަދަ އެހެން ބަޔަކު އަންގާ އެންގުމަކަށް އޮޕަރޭޓްކުރާ އަޅުންތަކެއްގެ" ގޮތުގައި ސިފަ ކުރައްވަމުން ރައީސް ވިދާޅުވީ، އެފަދަ ބޭފުޅުން މަޖިލީހަށް ވެއްދުމަކީ ނިމިދިޔަ ތިން މަހުގެ ތެރޭގައި ފެނުނު މަންޒަރުތައް ތަކުރާރުވެ، އިޔާދަ ނުކުރެވޭނެ ވަރަށް ކަންކަން ގޯސްވާނެ ކަމެއް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް