ކ. މާލެ
|
20 ޖެނުއަރީ 2024 | ހޮނިހިރު 19:07
މަންޓާ އެއާ އިން ހއ.ހޯރަފުށްޓަށް ޗާޓަރު ޝެޑިއުލް ދަތުރުތައް ފެށުމުގެ ތެރެއިން
މަންޓާ އެއާ އިން ހއ.ހޯރަފުށްޓަށް ޗާޓަރު ޝެޑިއުލް ދަތުރުތައް ފެށުމުގެ ތެރެއިން
ރާއްޖެއެމްވީ
މަންޓާ އެއާ
މަންޓާ އެއާ އިން ހޯރަފުށީ އެއާޕޯޓަށް ކުރާ ދަތުރުތައް ހުއްޓާލަނީ
އެ ދަތުރުތައް އެޅުން ހުއްޓުމަށް ނިންމީ، އޭގެ ބޭނުން ނެތް ކަމަށް ރިސޯޓުން އެންގުމުން
ހޯރަފުށި ކައިރީގައި އޮންނަ ޖޭއޭ މަނަފަރު ރިސޯޓާ ގުޅިގެން މަންޓާ އިން ހޯރަފުށީ އެއާޕޯޓަށް އަޅަމުންދިޔައީ ޗާޓަރު ދަތުރުތަކެއް

މަންޓާ އެއާ އިން ހޯރަފުށީ އެއާޕޯޓަށް ކުރާ ދަތުރުތައް ހުއްޓާލަން ނިންމައިފިއެވެ.

ހޯރަފުށި ކައިރީގައި އޮންނަ ޖޭއޭ މަނަފަރު ރިސޯޓާ ގުޅިގެން މަންޓާ އިން ހޯރަފުށީ އެއާޕޯޓަށް ކުރަމުން ދިޔައީ ޗާޓަރު ދަތުރުތަކެކެވެ.

އަންނަ ބުދަ ދުވަހުން ފެށިގެން އެ ދަތުރުތައް ހުއްޓާލަން އެ އެއާލައިނުން ނިންމާފައިވާކަން މަންޓާ އެއާ އިން ވަނީ ކަށަވަރުކޮށްދީފައެވެ. އެގޮތުން އެކަމުގެ މައުލޫމާތު ދެމުން މަންޓާ އެއާގެ އޮފިޝަލަކު "ރާއްޖެ އެމްވީ" އަށް ވިދާޅުވީ، ދަތުރުތައް ހުއްޓާލަން ނިންމާފައިވަނީ ޖޭއޭ މަނަފަރު ރިސޯޓުން އެ ދަތުރުތައް ކުރުން ހުއްޓާލުމަށް، އެ އެއާލައިނަށް އެންގުމުން ކަމަށެވެ. އެގޮތުން މަންޓާ އިން ހޯރަފުށްޓަށް ކުރާނެ އެންމެ ފަހު ދަތުރަކީ، މި އަންނަ އަންގާރަ ދުވަހު ކުރާ ދަތުރެވެ.

"އަޅުގަނޑުމެން އަސްލު ޝެޑިއުލް ފްލައިޓްތަކެއް ނޫން ހޯރަފުށްޓަށް އަޅަނީ. އެއީ ޗާޓާޑް ފްލައިޓްތަކެއް، ވަކި ޝެޑިއުލަކަށް އަޅަނީ. އެއީ އަސްލު މަނަފަރަށް އަޅާ ފްލައިޓްތަކެއް. ދެން އެބޭފުޅުން މިހާރު އެ ރިކުއަމެންޓް ބޭނުން ނުވާތީ އަޅުގަނޑުމެން މި ހުއްޓާލަނީ،" އޮފިޝަލް ވިދާޅުވިއެވެ.

މަންޓާ އިން ހޯރަފުށީ އެއާޕޯޓަށް ދަތުރުތައް ފަށާފައިވަނީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައިއެވެ. އެގޮތުން އެ ދަތުރުތަކުގައި އާންމުކޮށް މަންޓާ އިން ބޭނުން ކުރީ  ބީޗް ކްރާފްޓްގެ ބޯޓެކެވެ. އެއީ 18 މީހުންގެ ޖާގައިގެ ބޯޓެކެވެ.

- ކޮމެންޓް