ކ. މާލެ
|
29 ފެބްރުއަރީ 2024 | ބުރާސްފަތި 08:32
އަލް ނަސްރުން ކުޅުނު މެޗުގައި ރޮނާލްޑޯ
އަލް ނަސްރުން ކުޅުނު މެޗުގައި ރޮނާލްޑޯ
ޓްވިޓަރ
ރޮނާލްޑޯ
ހުތުރު ވައްތަރު ޖެއްސުމުން ރޮނާލްޑޯ ސަސްޕެންޑްކޮށްފި
އޭނާ ދައްކަންޖެހޭ ފައިސާގެ އަދަދު ވަނީ 30000 ރިޔާލްއަށް އަރާފައި

ސައޫދީ ލީގުގައި އެ ގައުމުގެ އާދަކާދަޔާ ހިލާފު ހުތުރު ވައްތަރު ޖެއްސުމުން މަޝްހޫރު ކްރިސްޓިއާނޯ ރޮނާލްޑޯ އެއް މެޗަށް ސަސްޕެންޑްކޮށްފި އެވެ.

އޭނާ ކުޅެމުން އަންނަ ސައޫދީގެ އައް ނަސްރު، އައް ޝަބާބް އަތުން 3-2އިން މޮޅުވި މެޗުގައި ރޮނާލްޑޯ ރުޅިގަދަވީ ސަޕޯޓަރުން އޭނާއާ ދިމާކުރަން ފެށުމުންނެވެ. ސަޕޯޓަރުން ދިޔައީ ރޮނާލްޑޯއާ ދިމާކުރުމުގެ ގޮތުން އޭނާގެ އެންމެ ބޮޑު ވާދަވެރިޔާ އެމެރިކާގެ މޭޖަރ ސޮކާ ލީގުގެ އިންޓަމިއާމީ އަށް ކުޅޭ އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީގެ ނަން އަޑުހަރުކޮށް ކިޔައި ތައުރީފް ކުރަމުންނެވެ.

ރެފްރީގެ ފަހު ކަށިގަނޑާއެކު ރޮނާލްޑޯ އިދިކޮޅު ޓީމުގެ ސަޕޯޓަރުންނާ ދިމާކޮށްލީ މިކަމާ ހިތްހަމަނުޖެހިގެންނެވެ. ނަމަވެސް ސައޫދީ ފުޓްބޯޅަ ފެޑަރޭޝަނުގެ ޑިސިޕްލިނަރީ އަދި އެތިކްސް ކޮމިޓީން މި މައްސަލަ ބެލުމަށްފަހު ބުނެފައިވަނީ ފޫޅާއި ކަކުލާ ދެމެދުގައި އަތް ހަރަކާތްކުރުވައި ރޮނާލްޑޯ ދެއްކި ހަރަކާތްތަކަކީ ބަލައިގަނެވޭނެ ކަމެއްނޫން ކަމަށެވެ.

އެކޮމިޓީން ބުނީ މި ކުށުގެ އަދަބެއްގެ ގޮތުން 10000 ސައޫދީ ރިޔާލް (2666 ޑޮލަރު)އިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލަ ޑިސިޕްލިނަރީ ކޮމިޓީ އަށް ހުށަހެޅުމަށް އައް ޝަބާބުން ހޭދަކުރި 200000 ރިޔާލް ވެސް ރޮނާލްޑޯ އެ ކުލަބަށް ދައްކަންޖެހޭނެ ކަމަށެވެ. އަދި މި ނިންމުން އިސްތިއުނާފު ނުކުރެވޭނެ ކަމަށެވެ.

2022ގައި އައް ނަސްރަށް ބަދަލުވި ރޮނާލްޑޯ ވަނީ މި މެޗުގައި އައް ޝަބާބް ކޮޅަށް ގޯލެއް ވެސް ޖަހައިފަ އެވެ. އެއީ ޕެނަލްޓީއަކުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް