ކ. މާލެ
|
3 އޯގަސްޓް 2017 | ބުރާސްފަތި 01:10
މެންބަރު އަރިފް: ފުލުހުންނާއި ސިފައިންގެ ނާޖާއިޒު ފައިދާ ސަރުކާރުން ނަގާކަމަށް ތުޙުމަތު ކުރެއްވި
މެންބަރު އަރިފް: ފުލުހުންނާއި ސިފައިންގެ ނާޖާއިޒު ފައިދާ ސަރުކާރުން ނަގާކަމަށް ތުޙުމަތު ކުރެއްވި
މުހައްމަދު ޝަރުހާން
މެމްބަރުން ފުލުހަށް ހާޒިރުކުރު
ފެނިގެންދަނީ ދަރުބާރު ފެކްޝަންގެ ދެ އައްޑާގެ ގޮތުގައި ފުލުހުންނާއި ސިފައިން ބޭނުންކުރެވޭ މަންޒަރު: މެންބަރު އަރީފް
ފުލުހުންނާއި ސިފައިންގެ ތެރޭގައި ތިބި ޒުވާނުންނަށް ސަރުކާރުން ނުބައި ވިސްނުން ވިސްނައިދޭ: އަރީފް
ސިފައިންނާއި ފުލުހުންގެ ކިބައިން ބަދަލު ހިއްޕެވުމުގެ ވިސްނުމެއް ނެތް: އަރީފް
ފުލުހުންނާއި ސިފައިންގެ ޝަރަފު ވެއްޔާއި މޮޑެވި ދިއުމުގެ ފުރުޞަތު ނުދޭނަން: އަރީފް

މިއަދު ފެނިގެންދަނީ "ދަރުބާރު ފެކްޝަން" ގެ ދެ "އައްޑާ" ގެ ގޮތުގައި ފުލުހުންނާއި ސިފައިންގެ އިދާރާ ބޭނުންކުރެވޭ މަންޒަރު ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު ޙުސައިން އަރީފް ވިދާޅުވެއްޖެއެވެ.

 

ވެރިކަންކުރާ ޕީޕީއެމްގެ މުސްތަޝާރު ފެކްޝަނަށް "ދަރުބާރު ފެކްޝަންގެ" ގެ ނަމުން މުހާތަބުކުރައްވާ، އަރީފް ވިދާޅުވީ، ފުލުހުންނާއި ސިފައިންގެ ތެރޭގައި ތިބި ޒުވާނުންނަށް ނުބައި ވިސްނުމެއް ވިސްނައިދީގެން، ދަރުބާރު ފެކްޝަނުން އެފަރާތްތަކުގެ މުސްތަޤުބަލް ހަލާކުކުރަމުންދާ ކަމަށެވެ.

 

"އަޅުގަނޑު އެކުދިންނަށް ދޭ ނަސޭހަތަކީ، ތިކުދިން ޤަބޫލުކުރައްވާށޭ، މާދަމާވެސް، އާދަނުވެސް ދާނެ، އަޒުލީނުވެސް ދާނެ، ޔާމީނުވެސް ދާނެ، ތި މުއައްސަސާ ހުންނާނެ. ތިޔަ ކުދިން ތިތާ ތިބޭނެ. ތިޔަ ކުދިން އަޅުގަނޑުމެން ރައްޔިތުންނަށް، އަބުރުވެރިކަމާ، ޝަރަފުވެރިކަމާ، ކަރާމާތާ އެކުގަ އަޅުގަނޑުމެންނާ ހަވާލުކޮށްދޭށޭ، ދިވެހި ރައްޔިތުންނާ. ތިޔަ ތަންތަން ހުންނާނެ. ތިޔަ ކުދިންވެސް ތިޔަ ތަންތަނުގަ ތިބޭނޭ. ނަމަވެސް އަޅުގަނޑުމެންނަށް ފެނިގެން މި ދިޔައީ އަޅުގަނޑުމެން މަޖިލިސްތެރޭގަ ތިއްބާވެސް ފުލުހުންގެ ކުދިންކޮޅެއް އައިސް، އަޅުގަނޑުމެން ގަޔަށް ބޮލަށް އަރައިގެންދިޔަ މަންޒަރު"

އަރީފް ވިދާޅުވީ، ފުލުހުންގެ ތެރެއިން ބަޔަކު މިގޮތަށް ކަންކުރި ނަމަވެސް، އެ ފަރާތްތަކުގެ ކިބައިން ބަދަލު ހިއްޕެވުމުގެ ވިސްނުންފުޅު ނެތް ކަމަށާ، އެ ފަރާތްތައް ގޮވައިގެން ޝަރީއަތަށް ވަޑައިގަތުމުގެ ވިސްނުންފުޅުވެސް ނެތް ކަމަށެވެ. ނަމަވެސް އެފަރާތްތަކާއިވެސް ޤާނޫނު އަރައި ހަމަކުރާނެ ކަމާއި، އެދުވަހަކުން އެފަރާތްތަކުގެ ހައްޤުގައި އަޑުއުފުލަންވެސް ތިބޭނީ މިއަދުގެ އިދިކޮޅު ފަރާތްތައްކަން އަރީފް ފާހަގަކުރެއްވިއެވެ.

"ޤާނޫނު އަންނާނެ އެކުދިންގެ ފަހަތުން. އަޅުގަނޑުމެން އެދުވަހު އެކުދިން ސަލާމަތްކުރަން ނުކުންނާނީވެސް ހަމަ އަޅުގަނޑުމެން. އެކުދިންނަށް ލުއިގޮތެއް ވޭތޯވެސް. ޔާމީނެއް، އާދަނެއް، މި އަޒުލީނެއް، މީން މީހަކު ނާންނާނެ. އަޅުގަނޑުމެން މި ކުރަނީ މި މަސައްކަތް"

އަރީފް ވިދާޅުވީ، ފުލުހުންނާއި ސިފައިންގެ ޝަރަފު ވެއްޔާއި މޮޑެވިދާގޮތަށް ޑިފެންސް މިނިސްޓްރީން ކަން ކުރި ނަމަވެސް، އެ ފުރުޞަތު އިދިކޮޅު ފަރާތްތަކުން ނުދޭނެ ކަމަށެވެ.

- ކޮމެންޓް