ކ. މާލެ
|
27 ފެބްރުއަރީ 2024 | އަންގާރަ 22:34
ގަވާއިދާ ޚިލާފަށް، އަދި އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ބާރު ސްޕީޑުގައި ދުއްވި 4 މީހަކު ވަނީ ހައްޔަރުކޮށްފައި
ގަވާއިދާ ޚިލާފަށް، އަދި އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ބާރު ސްޕީޑުގައި ދުއްވި 4 މީހަކު ވަނީ ހައްޔަރުކޮށްފައި
ދައުރު
ގަވާއިދާ ޚިލާފުވި ބަޔަކު ހައްޔަރުކުރުން
ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި، އާންމު މަސްލަހަތު ގެއްލުވާލައި، އިންޒާރުދިން 4 މީހަކު ހައްޔަރުކޮށްފި
 
ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ދެ މީހުންނާއި 24 އަހަރުގެ މީހަކާއި 26 އަހަރުގެ މީހެއް

ފުލުހުންގެ ދައުރުއަދާކުރުމަށް ހުރަސްއަޅައި، އާންމު މަސްލަހަތު ގެއްލުވާލައި، އިންޒާރުދިން 4 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ފެބްރުއަރީ 11 ވަނަ ދުވަހުގެ މެންދުރު 1:20ހާއިރު ހުޅުމާލޭ ފޭސް 1ން ޓްރެފިކް ގަވާއިދާ ޚިލާފަށް، އަދި އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް މަޑުކުރަން ފުލުހުން އެންގުމުން މަޑުނުކޮށް، ބާރު ސްޕީޑުގައި ހުޅުމާލޭ ފޭސް 2ށް ގޮސްފައިވާ ކަމަށެވެ.

އަދި ހުޅުމާލޭ ފޭސް 2، އެޗް 11 ކައިރިން އެ ސައިކަލް ހުއްޓުވައި، ސައިކަލް ދުއްވި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން އުޅުމުން ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި، އެ ސަރަހައްދުގެ އާންމު މަސްލަހަތު ގެއްލޭގޮތަށް އަދި އެތަނުގައި ހަރަކާތްތެރިވި ފުލުހުންނާއި އެ ފުލުހުންގެ އާއިލާއަށް ނިސްބަތްކޮށް އިންޒާރު ދީފައިވާކަމަށެވެ.

މި މައްސަލައާ ގުޅިގެން އެކި ދުވަސް މަތިން ކޯޓު އަމުރުގެ ދަށުން 4 މީހުން ހައްޔަރުކޮށްފައި ވާކަމަށް ފުލުހުން ބުނެއެވެ. އެއީ 21 އަހަރުގެ 2 މީހުންނާއި 24 އަހަރުގެ މީހަކާއި 26 އަހަރުގެ މީހެއް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި މީހުންގެ ތެރެއިން 21 އަހަރުގެ 2 މީހުންނާއި 24 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ހުޅުމާލޭން ކަމަށެވެ. އަދި 21 އަހަރު އެކަކު ހައްޔަރުކޮށްފައިވަނީ އަންގާރަ ދުވަހުގެ ވަގުތެއްގައި ކަމަށެވެ. އަދި މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، އަންގާރަ ދުވަހު ހައްޔަރުކުރި 21 އަހަރު މީހާ 2 ދުވަހަށް، އަދި 21 އަހަރުގެ އަނެއް މީހާއާއި 24 އަހަރުގެ މީހާ 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައި ވާކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން 26 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ލ. ގަމުން ކަމަށާއި، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ގަން މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހުގެ މުއްދަތެއް ގެއިން އެއްގޮތަކަށްވެސް ނުނުކުމެވޭ ގޮތަށް ޝަރުތުކޮށް، އަދި ކަފާލާތުގެ ދަށުން އެހެން މީހަކު ޖާމިނު ކުރުމަށްފަހު ވަނީ ދޫކޮށްލާފައެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް