ކ. މާލެ
|
27 ފެބްރުއަރީ 2024 | އަންގާރަ 14:10
އަލް ނަޞްރަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ
އަލް ނަޞްރަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ
ރޮއިޓާސް
އަލް ނަޞްރު
ރޮނާލްޑޯގެ މައްސަލަ ބަލަނީ
ރޮނާލްޑޯ އަށް ސަސްޕެންޝަކާއި ޖޫރިމަނާ އަށް އައުމުގެ ފުރުސަތު ބޮޑު

ސައުދީ ޕްރޯ ލީގުގެ އަލް ނަޞްރަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ، ބޭއަދަބީ އިޝާރާތް ކުރި މައްސަލަ ބަލަން ފަށާފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފި އެވެ.

ސައުދީ ޕްރޯ ލީގުގައި އަލް ނަސްރުން އެންމެ ފަހުން އަލް ޝަބާބާ ދެކޮޅަށް ކުޅުނު މެޗުގައި ރޮނާލްޑޯ ވަނީ، އަލް ޝަބާބުގެ ސަޕޯޓަރުންނަށް އަމާޒުކޮށް ބޭއަދަބީ އިޝާރާތެއް ކޮށްފަ އެވެ. އަލް ނަސްރު ބަލިވި އެ މެޗުގައި ރޮނާލްޑޯ އަލް ޝަބާބުގެ ސަޕޯޓަރުންނާ ދިމާލަށް ބޭއަދަބީ އިޝާރާތް ކުރީ، އެ މީހުން އާޖެންޓީނާގެ ކެޕްޓަން ލިއޮަނަލް މެސީގެ ނަމުން ގޮވަން ފެށުމުންނެވެ.

މީޑިއާތަކުގައި ބުނެފައިވާ ގޮތުން ސައުދީ ފުޓުބޯޅަ ފެޑެރޭޝަނުން އަންނަނީ ރޮނާލްޑޯގެ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. އެ މައްސަލައިގައި ރޮނާލްޑޯ އަށް ސަސްޕެންޝަކާ ކުރިމަތިލާން ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ރިޕޯޓުކޮށްފައިވާއިރު، ރޮނާލްޑޯ އަށް ޖޫރިމަނާ އެއް އަންނާނެ ކަމަށް ވަނީ ބުނެފަ އެވެ. ރޮނާލްޑޯގެ އެ އަމަލު ފެންނަ ވީޑިއޯތަކާއި ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާއެކު ގިނަ ބަޔަކު ވަނީ ރޮނާލްޑޯ އަށް ފާޑު ކިޔަން ފަށައިފަ އެވެ.

އަލް ނަސްރަށް ބަދަލުވެ އެ ކުލަބުގައި ރޮނާލްޑޯ މޮޅަށް ކުޅެމުން އަންނައިރު، އޭނާ އަކީ މިވަގުތު އެ ޓީމުގައި ހުރި އެންމެ މުހިންމު އެއް ކުޅުންތެރިޔާ އެވެ. މި ސީޒަންގެ ސައުދީ ލީގުގައި ވެސް އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިޔަކީ ވެސް ރޮނާލްޑޯ އެވެ. އެހެންކަމުން މިވަގުތު ރޮނާލްޑޯ އަށް އަދަބެއް އައުމަކީ، އަލް ނަސްރަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް