ކ. މާލެ
|
27 ފެބްރުއަރީ 2024 | އަންގާރަ 07:31
ޝާކިރުބެ
ޝާކިރުބެ
ޓްވީޓަރ
ޝާކިރުބެ
އިހުގެ ފިލްމީ ތަރި، ޝާކިރުބެ ނިޔާވެއްޖެ
ޝާކިރުބޭގެ ކަށު ނަމާދު އޮންނާނީ ބުރާސްފަތި ދުވަހުގެ މެންދުރު ނަމާދަށް ފަހު، ހުޅުމާލޭގެ ސަހަރާ މިސްކިތުގައި

ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި، އިބްރާހިމް ޝާކިރު (ޝާކިރުބެ) ނިޔާވެއްޖެއެވެ.

ޝާކިރުބެ ނިޔާވެފައިވަނީ އުމުރުން 85 އަހަރުގައި ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

ޝާކިރުބެ ނިޔާވެފައިވަނީ ސްޓްރޯކެއް ޖެހިގެން، ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ކަމަށް މައުލޫމާތު ލިބެއެވެ. އޭނާގެ ކަށު ނަމާދު އޮންނާނީ ބުރާސްފަތި ދުވަހުގެ މެންދުރު ނަމާދަށް ފަހު، ހުޅުމާލޭގެ ސަހަރާ މިސްކިތުގައިއެވެ.

ޝާކިރުބެ ފާހަގަކުރެވެނީ ނަވާރަ ސަތޭކައިގެ ފަހުކޮޅުގައި، ރާއްޖޭގެ ގިނަ ޑްރާމާ އަދި ފިލްމުތައް ކުޅުނު މީހެއްގެ ގޮތުގައެވެ. އޭގެ ތެރޭގައި ޓީވީއެމް އިން އޭރު ގެނައި "ދިރިއުޅުމަކީ މިއީބާ؟" ފަދަ ޑްރާމާތަކުން ވެސް ޝާކިރުބެ ފެނިފައިވެއެވެ.

- ކޮމެންޓް