މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު މާޖިދު (މެޒޯ) ނިޔާވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ނިޔާވީ ސިއްހީ ހާލު ގޯސްވެ އައިޖީއެމްއެޗްގެ އެމަޖެންސީގައި ފަރުވާދެމުން ދަނިކޮށެވެ.
މެޒޯއަކީ ކުޅަދާނަ ލަވަކިޔުންތެރިއެއްގެ އިތުރުން ހުނަރުވެރި މިއުޒީޝަނެއް ވެސްމެއެވެ.
މިއުޒިކުގައި ލެޖެންޑަރީ މަގާމެއް ހާސިލުކޮށްފައިވާ މެޒޯގެ އުމުރަކީ 59 އަހަރެވެ.
މެޒޯއަކީ ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ މަޝްހޫރު މޫނެވެ.