Advertisement
ކ. މާލެ
|
2 އޯގަސްޓް 2017 | ބުދަ 21:38
ގައުމީ ދިފާއީ ބާރުގެ ލޯގޯ
ގައުމީ ދިފާއީ ބާރުގެ ލޯގޯ
އެމްއެންޑީއެފް
އެމްއެންޑީއެފް
ސިފައިންތަކެއް ބަންދުކުރި ކަމަށް ބުނާ ޚަބަރު އެމްއެންޑީއެފް އިން ދޮގުކޮށްފި
މިނިސްޓަރު އާދަމް ޝަރީފްގެ އޯޑިއޯއެއް ލީކުވެފައި
އެސްޕީޖީއާއެކު ބޭއްވި ބައްދަލުވުުގެ އޯޑިއޯ
އެފަދަ އެއްވެސް ކަމެއް ނުހިނގާ ކަމަށް ބުނޭ

ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ދެއްކެވި ވާހަކަތަކެއް ލީކުކޮށްލި މައްސަލައާ ގުޅިގެން ސިފައިންތަކެއް ބަންދުކުރި ކަމަށް ބުނާ ޚަބަރު ގައުމީ ދިފާއީ ބާރުން ދޮގުކޮށްފި އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ކެޕްޓަން އިބްރާހިމް އާޒިމް މިރޭ 8:44 ހާއިރު ވިދާޅުވީ ސިފައިންތަކެއް ސިފައިންގެ މަރުކަޒުގައި ބަންދުކޮށްފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަނީ ދޮގު ޚަބަރެއް ކަމަށެވެ.

އާޒިމް ވިދާޅުވި ގޮތުގައި އެފަދަ އެއްވެސް ކަމެއް ހިނގާފައިެއް ނުވެ އެވެ.

ލީކުވެ ދައުރުވަމުންދާ އޯޑިއޯއަކީ ހޯމަ ދުވަހުގެ ރޭ ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް(އެސްޕީޖީ) ގެ އޮފިސަރުންނާ ބައްދަލުކޮށް މިނިސްޓަރު އާދަމް ޝަރީފް އުމަރު ދެއްކެވި ވާހަކަތަކުގެ އޯޑިއޯ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް