ކ. މާލެ
|
26 ފެބްރުއަރީ 2024 | ހޯމަ 19:02
ރައީސް ކައުންސިލަކާއެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން
ރައީސް ކައުންސިލަކާއެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން
ރައީސް އޮފީސް
ކައުންސިލް އިދާރާތައް
އިންވެސްޓަރ ފައިނޭންސްގެ އުސޫލުން ކައުންސިލް އިދާރާތަކުގެ އުމްރާނީ ތަރައްޤީއަށް ޚާއްޞަ މަސައްކަތްތަކެއް ކުރަނީ
ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ވަކި މިނިސްޓްރީއެއް އުފެއްދެވުމުން އޭގެ ނަތީޖާ ފެންނަމުންދޭ
ކައުންސިލްތަކުގެ އިހްތިސާސުގައި ހިމެނިފައިނުވާ ފަޅުރަށްތައް ކައުންސިލްތަކާ ޙަވާލުކުރެވޭނެ

އިންވެސްޓަރ ފައިނޭންސްގެ އުސޫލުން ކައުންސިލް އިދާރާތަކުގެ އުމްރާނީ ތަރައްޤީއަށް ޚާއްޞަ މަސައްކަތްތަކެއް ކުރުމަށް ގަސްދުކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ލާމަރުކަޒީ ދުވަހުގެ މުނާސަބަތުގައި މިއަދު ދެއްވި ޚިޠާބުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވޭތުވެދިޔަ 13 އަހަރު ކައުންސިލްތަކުގެ އުމްރާނީ ތަރައްޤީއަށް ސަމާލުކަން ދެވިފައި ނުވާކަން ފާހަގަކުރައްވައި، ސަރުކާރުން މިހާރު މިފަށާ މަސައްކަތުގެ އަމާޒަކީ ކައުންސިލްތަކަށް ޤާނޫނީ ވާޖިބު އަދާކުރެވޭނެ، އަދި ރައްޔިތުންނާއެކު މަޝްވަރާކޮށް، ގުޅިގެން މަސައްކަތް ކުރެވޭނެ މާހައުލެއް އުފައްދައިދިނުންކަން ފާހަގަކުރެއްވިއެވެ.

ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ވަކި މިނިސްޓްރީއެއް އުފެއްދެވުމުން އޭގެ ނަތީޖާ ފެންނަމުންދާކަމަށާއި، އަދި ކަންކަމުގައި އީޖާބީ ގޮތެއްގައި ސަރުކާރާއި ކައުންސިލްތަކާއެކު ކުރެވޭ މަސައްކަތް އިތުރުވެ، ހިންގުމުގެ ސްޕީޑް ހަލުވިވަމުން އަންނަކަން ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ލާމަރުކަޒީ ނިޒާމުގެ ހެޔޮބަދަލުގެ މަންފާ ރައްޔިތުންނަށް ލިބިދިނުމަށްޓަކައި ކައުންސިލްތަކުގެ އިހްތިސާސުގައި ހިމެނިފައިނުވާ ފަޅުރަށްތައް ކައުންސިލްތަކާ ޙަވާލުކުރެވޭނެ ސިޔާސަތެއް އެކަށައަޅައި، އެސިޔާސަތު މިހާރު ތަންފީޒު ކުރަމުން އަންނަކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ.

ރާއްޖޭގައި ރަސްމީ ސިފައެއްގައި ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގަން ފަށާފައިވަނީ 2011 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 26 ވަނަ ދުވަހުގައެވެ.

- ކޮމެންޓް