Advertisement
ކ. މާލެ
|
2 އޯގަސްޓް 2017 | ބުދަ 20:21
ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ސިފައިންގެ ވެރިން ތަކަކާއެކު
ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ސިފައިންގެ ވެރިން ތަކަކާއެކު
ގޫގުލް
ޑިފެންސް މިނިސްޓަރުގެ އޯޑިއޯ
ޑިފެންސް މިނިސްޓަރުގެ އޯޑިއޯ ލީކުވި މައްސަލައިގާ ގިނަ ސިފައިންތަކެއް "ބަންދު"ކޮށްފި
ހާޒިރު ކުރީ ބުދަދުވަހުގެ ހެނދުނުގެ ވަގުތެއްގައި
ޚަބަރެއް ނުވެގެން އާއިލާތައް ވަނީ ކަންބޮޑުވުމެއްގައި
އެމްއެންޑީއެފުން ވަނީ އެކަން ދޮގުކޮށްފައި

ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު, ސިފައިންގެ އެސްޕީޖީގައި އޮފިސަރުން ތަކަކާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަތަކެއްގެ އޯޑިއޯ ސޯޝަލް މީޑިއާގައި ލީކުވުމުގެ ސަބަބުން ގިނަ ސިފައިންތަކެއް "ބަންދު"ކޮށްފި ކަމުގެ މައުލޫމާތު ލިބިއްޖެއެވެ. 

ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެތެރޭގެ ތަހުގީގަކަށް ސިފައިންގެ ތެރޭގައި ހައްޔަރުކޮށްފައި ވަނީ އެބައްދަލުވުމުގައި ބައިވެރިވި އެސްޕީޖީ ސިފައިންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެސިފައިންގެ އާޢިލާތަކަށް ވެސް އެފަރާތްތަކުގެ މައުލޫމާތު ނުލިބިގެން އެަކަމުގެ ކަންބޮޑުވުން ދަނީ ފާޅު ކުރަމުންނެވެ.

ބުދަ ދުވަހު ހެނދުނުން ފެށިގެން އެސިފައިންގެ  އާއިލާތަކަށް އެމީހުންގެ އެއްވެސް ޚަބަރެއް ލިބިފައި ނުވާއިރު ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހުން ވަނީ ސިފައިންގެ އެތެރޭގައި ބަންދު ކޮށްފައެވެ. އަދި ގެންދަނީ އެމީހުންގެ ފޯނުތައް ޗެކް ކުރަމުންނެވެ. އެކަމަކު އެމީހުންގެ ތެރޭގައި ހިމެނެނީ ކިތައް މީހުން ކަމެއް އަދި ރާއްޖެ އެމްވީއަށް އެނގިފައެއް ނުވެއެވެ.

މިކަން ހިއްސާކޮށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފްވެސް ވަނީ ޓްވީޓެއް ކުރައްވާފައެވެ.

މަހްލޫފްގެ ޓްވީޓުގައި ވިދާޅުވެފައިވާ ގޮތުގައި މިނިސްޓަރ ޝަރީފްގެ އޯޑިއޯ ލީކުވި މައްސަލައިގާ އެމްއެންޑީއެފަށް ގެންދިޔަ ގިނަ އަދަދެއްގެ ސިފައިންގެ ޚަބަރެއް ނުވެގެން ޢާއިލާތައް ތިބީ ކަންބޮޑުވުމެއްގައި ކަމަށެވެ.

މިކަމާ ގުޅޭގޮތުން އެމްއެންޑީއެފްގެ މީޑިޔާ އޮފިޝަލްގެ ބަހެއް ހޯދާލަން ގުޅާލުމުން ވިދާޅުވީ ސާފުކޮށްލެއްވުމަށް ފަހު ޖަވާބެއް ދެއްވާނެ ކަމަށެވެ. އެހެން ނަމަވެސް އަދި މިހާތަނަށް ޖަވާބެއް ލިބިފައެއް ނުވެއެވެ.

އެބައްދަލުވުމުގައި މިނިސްޓަރ މަސައްކަތް ކުރައްވާފައިވަނީ މިދިޔަމަހުގެ 24 ވަނަ ދުވަހާއި 31 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ސިފައިން ކުރި ކަންކަމަކީ ޤާނޫނީ އިމުގެ ތެރެއިން ކޮށްފައިވާ ކަމެއްކަން ވިސްނައި ދެއްވުމެވެ. 

އަދި ފަހުން އެމްއެންޑީއެފްގެ މީޑިޔާ އޮފިޝަލް ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ ސޯޝަލް މީޑިއާގައި ސިފައިންގެ ގިނަ އަދަދެއްގެ ސިފައިން ސިފައިންގެ މަރުކަޒުގައި ތަހުގީގަށް ބަންދުކޮށްފައިވާ ކަމަށް ބުނެ ފަތުރަނީ ދޮގު ޚަބަރެއް ކަމަށެވެ. އަދި އެފަދަ ކަމެއް ނުހިނގާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
2 އޯގަސްޓް 2017 | ބުދަ 20:51
fankaa
sikunDi dhovelan ulhegen ekan kaamyaab nuve dhufaa saamaanu fenujehunee. varah hevva.hedhey boagoas kanthah dho