Advertisement
ކ. މާލެ
|
2 އޯގަސްޓް 2017 | ބުދަ 19:43
މެންބަރު މުހައްމަދު އަސްލަމް ފުލުސް އޮފީހަށް ހާޒިރުވެވަޑައިގަންނަވަނީ
މެންބަރު މުހައްމަދު އަސްލަމް ފުލުސް އޮފީހަށް ހާޒިރުވެވަޑައިގަންނަވަނީ
ރާއްޖެއެމްވީ
މެންބަރު އަސްލަމް
ހީވާގޮތުން ރައީސް ޔާމީންގެ ބުއްދި ފިލައިގެން ހިނގައްޖެ:މެންބަރު އަސްލަމް
އަޅުގަނޑު ހައިރާންވޭ އަޅުގަނޑަށް ކުރާ ތުހުމަތު ތަކުން
މަޖިލީހަކީ މެންބަރުން ވަނުން މަނާ ތަނެއް ނޫން
އަސްލަމްގެ މައްޗަށްވެސް ހަތަރު ކުށެއްގެ ތުހުމަތު ކުރޭ

މިހާރު ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާއަކަށް ހުންނެވި ޢަބްދުﷲ ޔާމީންގެ ބުއްދި ފިލައިގެން ހިނގައްޖެ ކަމަށް ހީފުޅުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިހާރު އޮތް ޤާނޫން އަސާސީ އެކުލަވާލި ރައްޔިތުންގެ ޚާއްޞަ މަޖުިލީހުގައިވެސް އިންނެވި އަސްލަމް މިހެން ވިދާޅުވީ ޖުލައި މަހުގެ 24 ވަނަ ދުވަހު ފުލުހުންގެ ސަފުތައް ފަޅާލައި މަޖިލީހުގެ އިދާރާއަށް ވެންނެވި ކަމަށް ބުނެ ސުވާލު ކުރުމަށް ބުދަ ދުވަހު ފުލުހުންގެ އިދާރާއަށް ހާޒިރު ކުރެއްވުމުން  ނުކުމެވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.

އަސްލަމް ވިދާޅުވީ ފުލުހުންގެ އިދާރާއަށް ހާޒިރުވާން ޗިޓް ލިބުމުން ކުރަނީ ކޮން ކުށެއް ކަމާމެދު އޮޅުން އެރިކަމަށާއި އަދި ފުލުސް އޮފީހަށް ހާޒިރު ވުމުން ކުރާ ތުހުމަތުތައް އެނގުމުން ހައިރާންވި  ކަމަށެވެ. އެގޮތުން އަސްލަމް ފުލުސް އޮފީހަށް ވަޑައިގަތުމުން ދެއްވީ ލިޔުމެއް ކަމަށާއި އޭގައި އަސްލަމްގެ މައްޗަށް ހަތަރު ކުށެއްގެ ތުހުމަތު ކުރައްވާކަން އެނގުމުން އެތުހުމަތުތައް ފެނިފައި ހައިރާންވި ކަމަށެވެ.

"ފުރަތަމަވެސް މިއޮންނަ ހުއްދަ ނެތް ތަނަކަށް ވަނުމުގެ ކުށް. އެދުވަހު (24 ވަނަ ދުވަހު) ހުއްދަ ނެތްތަނަކަށް އަޅުގަނޑަށް ވަދެވުނު ތަނެއް މި ވިސްނަނީ. ފާތުން އުޅުއްވާ ގެއެއްވެސް އަޅުގަނޑަކަށް ނޭނގޭ. އަޅުގަނޑަށް ވަދެވުނު ތަނެއް ހަމަ ސާފު ނުވެގެން މިއުޅެނީ. ދެން އޮންނަނީ ޤާނޫނުލް އުޤޫބާތުގެ 532 ވަނަ މާއްދާގެ ދަށުން ރަސްމީ ހައިސިއްޔަތުން ކުރުން ހުއްދަ ކަމެއް ޤަސްދުގައި ހުއްޓުވުން ނުވަތަ އެކަމަށް ހުރަސްއެޅުން ނުވަތަ އެކަމެއް ކުރިއަނުދިނުމުގެ ކުށް އަޅުގަނޑުގެ މައްޗަށް އުފުލާފައި އެބަވޭ. އަދި އެބޭފުޅުން ވިދާޅުވަނީ އަޅުގަނޑު ފުލުހުންގެ ސަފުތައް ފަޅާލައިފިއޭ. ތިޔަބޭފުޅުން ބައްލަވާ އަޅުގަނޑުމީ އަނެއްހެން ވަރަށް އަންފިޓްކޮށް ހުންނަ މީހެއް. ފުލުހުންގެ ސަފުތައް އަޅުގަނޑު ފަޅާލާނީ ކިހިނެއްތޯ.  ވަރަށް ހެއްވާ ދައުވާތަކެއް. އަޅުގަނޑުގެ ލޯޔަރުން ގާތު އަހާލާފަ އެނގޭނީ ޖަވާބެއް ދޭން. އަޅުގަނޑަށް ހީވަނީ ޔާމީން ހަމަ ބުއްދި ފިލައިގެން ހިނގައްޖެހެން. އެހެންވެ އެކަމާ ވަރަށް ކަންބޮޑުވެފަ މިހުންނަނީ އަޅުގަނޑުމެންގެ ޤައުމުގެ ވެރިޔާގެ ޙާލަތު މިހުރި ގޮތުން" އަސްލަމް ވިދާޅުވިއެވެ.

އަސްލަމަށްވެސް ފުލުސް އޮފީހުން އަންގާފައިވަނީ ބުރާސްފަތި ދުވަހުގެރޭ 8 ޖަހާއިރު ލޯޔަރުންނާއެކު އަނެއްކާވެސް އެއިދާރާއަށް ހާޒިރު ވުމަށެވެ.

އަސްލަމްގެ އިތުރުން ގުޅިފައިވާ ޕާޓީތަކަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ އިތުރު މެންބަރުންވެސް ބުދަ ދުވަހު ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށްފައެވެ. އަދި ބުރާސްފަތި ދުވަހުވެސް އިތުރު މެންބަރުން ހާޒިރު ކުރުމަށް ވަނީ ޗިޓް ފޮނުވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް