ކ. މާލެ
|
24 ފެބްރުއަރީ 2024 | ހޮނިހިރު 05:08
ފުލުހުން
ފުލުހުން
ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަންގެ މުސާރަތައް
ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަންގެ ނައިބު ރައީސްގެ މުސާރައަށް %43ގެ ކުރިއެރުމެއް ގެނައުމަށް ފާސްކޮށްފި
 
އަލަށް ގެންނަ ބަދަލާއި އެކު ކޮމިޝަންގެ ނައިބު ރައީސަށް ލިބޭނީ 55000 ރުފިޔާ
 
އާ ބަދަލާއި އެކު ކޮމިޝަންގެ ރައީސަށް 59000 ރުފިޔާ ލިބޭނެ
 
އާ ބަދަލާއި އެކު ކޮމިޝަންގެ މެމްބަރުންގެ މުސާރައިގެ ގޮތުގައި 144000 ރުފިޔާ މަހެއްގެ މައްޗަށް އިތުރުވޭ

ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަންގެ ނައިބު ރައީސްގެ މުސާރައަށް %43ގެ ކުރިއެރުމެއް ގެނައުމަށް މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.

22 ފެބްރުއަރީގައި ސޮއިކޮށްފައިވާ ދައުލަތުގެ މުސާރަ އާއި އިނާޔަތްތަކުގެ އޮނިގަނޑަށް ބަދަލު ގެނައުމަށް އެ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓްގައި ވާގޮތުން މިނިވަން މުއައްސަސާތަކާއި މުސްތަޤިއްލު މަޤާމްތަކުގެ ގޮތުގައި ދައުލަތުގެ ބަޖެޓަށް އަހަރަކަށް 4,908,000 (ހަތަރު މިލިއަން ނުވަލައްކަ އަށްހާސް) ރުފިޔާ އިތުރުވާ ގޮތަށް ވަނީ ކަނޑައަޅައިފައެވެ. އެ ރިޕޯޓްގައި ވާގޮތުން ކޮމިޝަންގެ ނައިބު ރައީސުންނަށް %43 ނުވަތަ 16500 ރުފިޔާ އިތުރުކުރުމަށް ކޮމިޓީން ވަނީ ފާސްކޮށްފައެވެ. ކުރިން އަސާސީ މުސާރައާއި އެލަވަންސް ހިމެނޭހެން އެ ކޮމިޝަންގެ ނައިބު ރައީސް އަށް ލިބެނީ 38500 ރުފިޔާއެވެ. އަލަށް ގެންނަ ބަދަލާއި އެކު ކޮމިޝަންގެ ނައިބު ރައީސަށް ލިބޭނީ 55000 ރުފިޔާއެވެ. އެ ބަދަލުގައިވާގޮތުން ކުރިން އަސާސީ މުސާރައިގައި އެ މަޤާމުގައި ހުންނަ މީހަކަށް ލިބުނު 25500 ރުފިޔާގެ ބަދަލުގައި 39000 ރުފިޔާ ލިބޭނެއެވެ. އަދި ލިވިން އެލަވަންސްގައި ކުރިން ލިބުނު 12000 ރުފިޔާގެ ބަދަލުގައި 15000 ރުފިޔާ ލިބޭނެއެވެ.

މީގެ އިތުރުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ރައީސްގެ މުސާރަ އާއި އެލަވަންސްގެ ގޮތުގައި ދޭ އަދަދަށް %28ގެ ކުރިއެރުމެއް ގެނައުމަށް ވެސް ކޮމިޓީން ފާސްކޮށްފައިވެއެވެ. އެއީ 13000 ރުފިޔާގެ ކުރިއެރުމެކެވެ. ކުރިން މުސާރައާއި އިނާޔަތްތަކާއި އެކު ކޮމިޝަންގެ ރައީސަށް ލިބެނީ 46000 ރުފިޔާއެވެ. އާ ބަދަލާއި އެކު ކޮމިޝަންގެ ރައީސަށް 59000 ރުފިޔާ ލިބޭނެއެވެ. އެ ބަދަލުގައިވާގޮތުން ކުރިން އަސާސީ މުސާރައިގައި އެ މަޤާމުގައި ހުންނަ މީހަކަށް ލިބުނު 30000 ރުފިޔާގެ ބަދަލުގައި 40000 ރުފިޔާ ލިބޭނެއެވެ. އަދި ލިވިން އެލަވަންސްގައި ކުރިން ލިބުނު 15000 ރުފިޔާގެ ބަދަލުގައި 18000 ރުފިޔާ ލިބޭނެއެވެ.

އަދި ކޮމިޝަންގެ މެމްބަރުންގެ މުސާރައަށް %32ގެ ކުރިއެރުމެއް ވަނީ ގެނެސްފައެވެ. އެއީ 34500 ރުފިޔާގެ ކުރިއެރުމެކެވެ. ކުރިން އެ މަޤާމުގައި ހުންނަ މެމްބަރަކަށް 36500 ރުފިޔާ ލިބޭ އިރު އާ ބަދަލާއި އެކު ކޮމިޝަންގެ މެމްބަރަކަށް މުސާރަ އާއި އިނާޔަތް ހިމެނޭހެން 48000 ރުފިޔާ ލިބޭނެއެވެ. އެ ބަދަލުގައިވާގޮތުން ކުރިން އަސާސީ މުސާރައިގައި އެ މަޤާމުގައި ތިބި ފަރާތްތަކަށް ކުރިން ލިބުނު 23500 ރުފިޔާގެ ބަދަލުގައި 33000 ރުފިޔާ ލިބޭނެއެވެ. އަދި ލިވިން އެލަވަންސްގައި ކުރިން ލިބުނު 12000 ރުފިޔާގެ ބަދަލުގައި 14000 ރުފިޔާ ލިބޭނެއެވެ. މި މަޤާމުގައި ތިން ބޭފުޅުން ތިއްބަވައެވެ. އެހެންކަމުން އާ ބަދަލާއި އެކު މުސާރައަށް 144000 ރުފިޔާ މަހެއްގެ މައްޗަށް މި ތިން ބޭފުޅުންގެ މުސާރައަށް އެކަނިވެސް ހޭދަވާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
100%
0%
ކޮމެންޓް
ގުޅުންހުރި
ޓެކްސީ ޑްރައިވަރަކު ދަތުރެއް ނެގުމަށް ފަހު، ދަތުރުވެރިން ބޭލި މައްސަލަ ބަލައި ފިޔަވަޅު އަޅަނީ
މޫސުން ގޯސް: ކޮންސްޓްރަކްޝަން ސައިޓްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން އިލްތިމާސްކޮށްފި
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި
ހުޅުމާލޭގައި ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް ނެތް
މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް 15 ދުވަސް ޖަހަައިފި
ބަނޑޭރިކޮށީގައި މަރުވެފައި އޮތް މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން: ފުލުހުން