Advertisement
ކ. މާލެ
|
2 އޯގަސްޓް 2017 | ބުދަ 16:59
ހުޅުލޭގެ ހުޅަނގު ނެރު ބަންދުކުުރުން
ހުޅުލޭގެ ހުޅަނގު ނެރު ބަންދުކުުރުން
ރާއްޖެއެމްވީ
ހުޅުލޭ ނެރު ބަންދުކުރުން
ހުޅުލޭގެ ހުޅަނގު ނެރު ބަންދުކުރަން ނިންމައިފި
16 އޮގަސްޓްގެ ނިޔަލަށް ބަންދުކުރަން ނިންމާފައިވޭ

ހުޅުލޭގެ ހުޅަނގު ނެރު ބަންދުކުރަން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީން ނިންމައިފިއެވެ.

 

އެކުންފުނިން އާންމު ކުރި ބަޔާނުގައި ބުނެފައި ވަނީ ހުޅުލޭގެ ހުޅަނގު ދެކުނު ނެރަކީ ކަނޑުގައި ދުއްވާ އުޅަނދުތައް އާއްމުކޮށް ބޭނުން ކުރާ ނެރަކަށް ވާތީ އެފަދަ އުޅަނދުތަކުގައި ދަތުރުކުރާ ފަސިންޖަރުންގެ ސަލާމަތާ ރައްކާތެރި ކަމަށް އިސްކަންދިނުމުގެ ގޮތުން ނެރު ބަންދުކުރަން ނިންމީ ކަމަށެވެ.

 

މިގޮތަށް ނިންމީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓް ތަރައްގީ ކުރުމުގެ ގޮތުން އިތުރު ބިން ހިއްކުމާއި ޝީޓްޕައިލިންގެ  މަސައްކަތް  ފެށިފައި ވާތީ ކަމަށާއި އެގޮތުން ހުޅުލޭ ހުޅަނގުން ހިއްކާފައިވާ ބިމުގެ ޝީޓް ޕައިލިންގ ގެ މަސައްކަތް މިހާރުދަނީ ކުރަމުން ކަމަށްވެސް އެކުންފުނިން ބުންޏެވެ.

 

އެމްއޭސީއެލްއިން ބުނީ އޯގަސްޓް 6 އިން 16 އޯގަސްޓްއާއި ހަމައަށް ހުޅުލޭ ހުޅަނގު ދެކުނު ނެރު ބަންދުކުރާނެ ކަމަށެވެ.

 

މި މުއްދަތުގައި މިފަދަ އުޅަނދުތައް ހުޅުލޭ ފަޅަށް ވަނުމަށްޓަކައި ބޭނުންކުރާނީ ހުޅަނގު އުތުރު ނެރުކަމަށާއި އަދި ހުރިހާ އުޅަނދުތައް ހުޅުލޭ ފަޅުން ނުކުތުމަށް ބޭނުން ކުރާނީ މެދުގައި އޮންނަ ނެރުކަމަށް އެކުންފުނިން ބުންޏެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް