ކ. މާލެ
|
23 ފެބްރުއަރީ 2024 | ހުކުރު 21:25
ލިވަޕޫލަށް ކުޅެމުން އަންނަ ޞަލާޙު
ލިވަޕޫލަށް ކުޅެމުން އަންނަ ޞަލާޙު
ރޮއިޓާސް
ޔޫރޮޕާ ލީގް
ގަދަ 16ގައި ލިވަޕޫލާ ދެކޮޅަށް ސްޕާޓާ ޕްރާގް
އޭސީ މިލާނާ ވާދަކުރާނީ ސްލާވިއާ ޕްރާގް

ޔޫރޮޕާ ލީގުގެ ގަދަ 16 ޓީމުގެ ބުރުގައި އިނގިރޭސިވިލާތުގެ ލިވަޕޫލާ ދެކޮޅަށް ނުކުންނާނީ ބެލްޖިއަމްގެ ސްޕާޓާ ޕްރާގް ކަމުގައިވެއްޖެ އެވެ.

މިރޭ ބޭއްވި ގުރުނެގުމުގެ ރަސްމިއްޔާތުގައި އިނގިރޭސވިލާތުގެ ބްރައިޓަނަށް ވާދަކުރަން ޖެހުނީ އިޓަލީގެ ރޯމާއާއެވެ. ރޯމާ އަކީ މި މުބާރާތުގެ ފައިނަލުގައި މިދިޔަ އަހަރު ކުޅެ ސެވިއްޔާ އަތުން ބަލިވި ޓީމެވެ.

ވެސްޓްހޭމް ކުޅެން ޖެހެނީ ޖަރުމަނުގެ ފްރެއިބާގް އާ އެވެ. ސްކޮޓްލޭންޑް ލީގުގެ ކުރީގައި އޮތް ރޭންޖާސް ވާދަކުރަން ޖެހެނީ ޕޯޗުގަލްގެ ބެންފީކާއާ އެވެ.

ފްރާންސްގެ މާސޭ ވާދަކުރާނީ ސްޕޭނުގެ ވިޔަރެއާލްއާ އެވެ. ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަން ވާދަކުރާނީ އެޓްލާންޓާއާ ދެކޮޅަށެވެ. އިޓަލީގެ މަޝްހޫރު އޭސީ މިލާނާ ވާދަކުރާނީ ސްލާވިއާ ޕްރާގެވެ. އަދި ގަރަބާގްއާ ދެކޮޅަށް ނުކުންނާނީ ޖަރުމަނު ލީގުގެ ކުރީގައި އޮތް ބަޔާން ލެވަކޫސަން އެވެ.

- ކޮމެންޓް