ކ. މާލެ
|
23 ފެބްރުއަރީ 2024 | ހުކުރު 18:10
ވެލާނާގެ
ވެލާނާގެ
ރާއްޖެއެމްވީ
ޚަރަދު ކުޑަކުރުން
ފިނޭންސްގެ ހުއްދަ ނުހޯދާ އާ މަޤާމެއް ނު އުފައްދަން އަދި މަޤާމުގެ ކުރިއެރުން ނުދޭން އަންގައިފި
ރަސްމީ ގަޑީގެ ބޭރުން ކޮންމެހެންް ކުރަން ޖެހޭ މަސައްކަތެއް ކުރުމަށް މެނުވީ އިތުރު ގަޑީގައި މަސައްކަތް ނުކުރަން ވަނީ އަންގާފަ

ޚަރަދު ކުޑަކުރުމުގެ ގޮތުން ފިނޭންސް މިނިސްޓްރީގެ ހުއްދަ ނުހޯދާ އާ މަޤާމެއް ނު އުފައްދަން އަދި މަޤާމުގެ ކުރިއެރުން ނުދޭން އަންގައިފިއެވެ.

2024 ވަނަ އަހަރުގެ ބަޖެޓް ތަންފީޒްކުރުމުގެ އިރުޝާދުގެ ނަމުގައި ދައުލަތުގެ ހުރިހާ އޮފީހަކަށް ފިނޭންސް މިނިސްޓްރީން ފޮނުވާފައިވާ ސަރކިއުލާގައި މުވައްޒަފުންނަށް ހިނގާ ޚަރަދާއި މެދު ވަކި ގޮތަކަށް އަމަކުކުރަން އިރުޝާދު ދީފައިވެއެވެ.

އޭގެ ތެރޭގައި ހިމެނެނީ

- މިނިސްޓްރީގެ ހުއްދަ ނެތި އެއްވެސް އާ މަގާމެއް ނުއުފެއްދުން

- ނޭޝަނަލް ޕޭ ކޮމިޝަނުން ދިރާސާކޮށް މިނިސްޓްރީގެ ހުއްދަ ލިބިގެން މެނުވީ މުސާރައިގެ އޮނިގަނޑުތަކަށް އެއްވެސް ބަދަލެއް ނުގެނައުން

Advertisement

- ބަޖެޓުގައި ހިމެނިފައިވީ ނަމަވެސް މިހާރު ދޭން ފަށާފައި ނުވާ އާ އެލަވަންސެއް އަހަރުގެ ތެރޭގައި ދޭން ނުފެށުން

- މިނިސްޓްރީގެ ހުއްދަ ލ؛ިބިގެން މެނުވީ މުވައްޒަފަށް ޕްރޮމޯޝަން ދިނުމާއި މުވައްޒަފުންގެ މަގާމެއްގެ ނަމަށް, ރޭންކަށް, މުސާރަ އަދި އިނާޔަތަށް ބަދަލު ނުގެނައުން

- ރަސްމީ ގަޑީގެ ބޭރުން ކޮންމެހެންް ކުރަން ޖެހޭ މަސައްކަތެއް ކުރުމަށް މެނުވީ އިތުރު ގަޑީގައި މަސައްކަތް ނުކުރުން

މީގެ އިތުރުން ދަތުރު ޚަރަދާއި އޮފީސް ހިންގުމުގެ ބޭނުމަށް ހޯދާ ތަކެތި އަދި އޮފީސް ހިންގުމަށް ބޭނުންވާ ޚިދުމަތުގެ ޚަރަދު އަދި ތަމްރީންކުރުމަށް ހޭދަވާ ޚަރަދުތަކާއި ގުޅޭ އިރުޝާދުތަކެއް ވެސް ވަނީ ދީފައެވެ. ހަމައެހެންމެ ކެޕިޓަލް ޚަރަދާއި، ޕީއެސްއައިޕީ މަޝްރޫޢުތަކާއި ގުޅޭ ގޮތުން ވެސް ވަނީ އިރުޝާދުތަކެއް ދީފައެވެ. އެގޮތުން ހުއްދަނެތި މިހާރު ކުރިއަށްދާ މަރާމާތުގެ ކަންކަމާއި، ކޮންމެހެން ޚިދުމަތް ދޭން ކުރާ ކަންކަން ނޫން އެހެން ކަންކަން ނުކުރުމަށް ވަނީ އިރުޝާދު ދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް