ކ. މާލެ
|
22 އޮކްޓޯބަރ 2024 | އަންގާރަ 12:39
ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު
ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު
ރާއްޖެއެމްވީ
މާލީ ސިޔާސަތު
"ސަރުކާރުގެ ފައިނޭންސް ސްޓްރެޓެޖީ ފެއިލްވެއްޖެ، ދުނިޔޭގަ ސިޓީ ހިފައިގެން ހިނގައިގެން ވެސް އެހީ އެއް ނުލިބުނު"
މާލީ ގޮތުން ސަރުކާރުން ދައްކާ ވާހަކަ ދިމާ ނުވާކަން ފާހަގަކޮށް އަމީރު ވަނީ އެކަމާއި މެދު ކަންބޮޑުވުން ފާޅުކުރައްވާފަ
2023 ވަނަ އަހަރުގެ ނޮވެމްބަރ މަހު ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓުގައި 200 މިލިއަން ޑޮލަރު، ފައިސާ ހޯދުމަށް ހިމަނާފައިވާނެ ކަމަށް އަމީރު ވިދާޅުވި

ޓެކްސް ބޮޑުކުރަން ޖެހުނީ ސަރުކާރުގެ ފައިނޭންސިން ސްޓްރެޓެޖީ ފެއިލްވެގެން ކަމަށާއި ދުނިޔޭގަ ސިޓީ ހިފައިގެން ހިނގައިގެން ވެސް އެހީ އެއް ނުލިބުނު ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވި އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މާލީ ގޮތުން ސަރުކާރުން ދައްކާ ވާހަކަ ދިމާ ނުވާކަން ފާހަގަކޮށް އަމީރު ވަނީ އެކަމާއި މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން ވެރިކަމަށް އައުމުގެ ކުރިން ދަރަނި ދައްކާނެ ގޮތް އެނގޭ ކަމަށާއި އެކަމާއި މެދު ގްރީން ސިގްނަލް ލިބިފައިވާ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ކަމަށާއި އޭގެ ފަހުން ކުރީގެ ފޮރިން މިނިސްޓަރ މޫސާ ޒަމީރު ވެސް އެކަމާއި މެދު ފެހި ސިގްނަލް ލިބުނުކަމަށް ވިދާޅުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް ފަހުން އެހެން ވަޒީރަކު މި ސަރުކާރަކީ ސިގްނަލްދޭ ސަރުކާރެއް ނޫން ކަމަށް ވިދާޅުވެފައިވާތީ އަމީރު ވަނީ އެކަމަށް ފާޑު ވިދާޅުވެފައެވެ.

2023 ވަނަ އަހަރުގެ ނޮވެމްބަރ މަހު ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓުގައި 200 މިލިއަން ޑޮލަރު، ފައިސާ ހޯދުމަށް ހިމަނާފައިވާނެ ކަމަށް އަމީރު ވިދާޅުވިއެވެ. އެ އަދަދު ހިމެނީ ސަރުކާރު ބަދަލުވުމުގެ މަރުހަލާގައި ކުރި މަޝްވަރާ އާއި އެކުގައި ކަމަށާއި ސަރުކާރުން މި އަހަރު 400 މިލިއަން ޑޮލަރު ބަޖެޓަށް ހޯދާނެކަމަށް ބުނެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އޭގެ އިތުރުން އައިއެމްއެފްގެ އެހީ ހޯދަން ނުޖެހޭނެ ކަމަށް ކުރިން ސަރުކާރުން ބުނެފައިވާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ދުނިޔޭގަ ސިޓީ ހިފައިގެން ހިނގައިގެން ވެސް އެހީ އެއް ނުލިބުނު. ގުލާނުކޮށްގެން އެކިއެކި ޕްރައިވެޓް ފަރާތްތަކުން ވެސް ފައިސާ އެއް ނުލިބުނު. 2025 ވަަނަ އަހަރު ބަޖެޓް ފައިނޭންސް ކުރާނެ ގޮތެއް މި ބޭފުޅުންނަކަށް ނުހޯދޭކަމަށް އަޅުގަނޑު ޤަބޫލުކުރަނީ. ޚަރަދު ކުޑަނުކޮށް ޓެކްސް ބޮޑުކުރުމާއި އަޅުގަނޑުމެން އެމްޑީޕީން ދެކޮޅު. ޚަރަދު ކުޑަނުކޮށް ޓެކްސް ބޮޑުކުރުމުން އޭގެ ފައިދާ އެއް ނުލިބޭނެ. ހުރިހާ ސިޔާސީ މީހުން މަދު ނުކޮށް އެކަން ކުރުމުން ފައިދާ އެއް ނުވާނެ.
ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު

ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ޓެކްސްތައް ބޮޑުކޮށްގެން ސަރުކާރުގެ އާމްދަނީ އިތުރުކުރަން ނިންމާ، ޓެކްސް އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނަން މަޖިލީހަށް ވަނީ ފޮނުވާފައެވެ.

ސަރުކާރުން ޓެކްސް ބޮޑު ކުރަން ރައްޔިތުންގެ މަޖިލިހަށް ފޮނުވިއިރު، ޑޜ. މުއިއްޒު ކުރިން ވަނީ ޓެކްސް ބޮޑު ކުރުމާ ދެކޮޅަށް ވާހަކަދައްކަވާފައެވެ.

ސަރުކާރުން ޓެކްސް އޮނިގަނޑަށް ގެންނަ ބަދަލުތަކަށް ބަލާއިރު، މިނިސްޓްރީ އޮފް ފިނޭންސްއިން ހާމަކޮށްފައިވާ ގޮތުގައި، އެއާޕޯޓް ޑިވެލޮޕްމަންޓް ފީ (އޭޑީއެފް) އާއި ޑިޕާޗާ ޓެކްސް އިތުރުކޮށް، އަހަރަކު 1.5 ބިލިއަން ރުފިޔާ އިތުރަށް ހޯދުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މި ބަދަލުތައް 1 ޑިސެމްބަރު 2024 އިން ފެށިގެން ތަންފީޒުކުރަން ވެސް ވަނީ ނިންމާފައެވެ.


Advertisement
- ކޮމެންޓް