ކ. މާލެ
|
22 ފެބްރުއަރީ 2024 | ބުރާސްފަތި 21:08
އައްޑޫން ކަރަންޓު ކެނޑިފައި
އައްޑޫން ކަރަންޓު ކެނޑިފައި
އައްޑޫން ކަރަންޓު ކެނޑުން
އައްޑޫގެ ގުޅިފައިވާ ހުރިހާ ރަށްތަކެއްގައި ކަރަންޓު ނެތްތާ ގަޑިއެއްހާއިރު ފަހުން ކަރަންޓު ދީފި
އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންދާކަން ނުވަތަ ނޫންކަން ކަމާގުޅޭ ފަރާތްތަކުން ހާމަކޮށްފައެއް ނެތް

އައްޑޫގެ ގުޅިފައިވާ ހުރިހާ ރަށްތަކެއްގައި ކަރަންޓު ނެތްތާ ގަޑިއެއްހާއިރު ފަހުން، ދިމާވި މައްސަލަ ހައްލުކޮށް ކަރަންޓު އަލުން ދީފިއެވެ.

މިރޭގެ ވަގުތެއްގައި އައްޑޫގެ ގުޅިފައިވާ ހުރިހާ ރަށަކުން ވަނީ ކަރަންޓު ކެނޑިފައެވެ. މިކަން ހިނގި ގޮތް ސާފުކުރުމަށް ރާއްޖެ އެމްވީން ގުޅާލުމުން އައްޑޫ މޭޔަރު އަލީ ނިޒާރު ވިދާޅުވީ، ކަރަންޓު ކެނޑެން މެދުވެރިވީ ކަރަންޓު ޝޯޓެއް ވެގެން ކަމަށެވެ. އަދި މިއީ މި ފަހުން ދިމާވާ މައްސަލައެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ގާތްގަޑަކަށް 45 މިނިޓާ 1 ގަޑިއިރާ ދެމެދުގެ ވަގުތަކަށް ކަރަންޓު ކެނޑިފައި އޮތް ކަމަށް އޭނާ ވިދާޅުވިއެވެ. އައްޑޫގެ ކަރަންޓުގެ މައްސަލައެއް އުޅޭކަމާއި އެކަން ހައްލުކުރުމަށް މަސައްކަތް ކުރަމުންދާކަން ނުވަތަ ނޫންކަން ވެސް، ކަމާގުޅޭ ފަރާތްތަކުން ހާމަކޮށްފައެއް ނެތެވެ. އާއްމުކޮށް މިފަދަ ކަންކަން މި ސަރުކާރުން ސިއްރުކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.

އައްޑުއަށް ކަރަންޓުގެ މައްސަލަ މިގޮތަށް ދިމާވާން ފަށާފައިވާއިރު، ފުވައްމުލައް ސިޓީއާއި ރާއްޖޭގެ އެހެން ބައެއް ހިސާބުތަކަށް ވެސް ކަރަންޓުގެ މައްސަލަ ދަނީ ދިމާވަމުންނެވެ. އަދި އެކަމުގެ ކަންބޮޑުވުން އާއްމުން ދަނީ ފާޅުކުރަމުންނެވެ. ކަރަންޓަކީ ޒަރޫރީ ޚިދުމަތަކަށް ވާާއިރު، އިތުރުވަމުން އަންނަ އާބާދީތަކަށް ކަރަންޓު ދެވޭ މިންވަރަށް ހަކަތަ އިތުރުނުކުރެވި، ސަރުކާރުން ކަރަންޓުގެ ޚިދުމަތް ދިނުމުގައި އިހުމާލުވަމުން އަންނަ ކަމަށް ވެސް ފާޑުކިޔާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

- ކޮމެންޓް