Advertisement
ކ. މާލެ
|
26 އޮކްޓޯބަރ 2025 | އާދީއްތަ 15:26
އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް
އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް
އެމްޑީޕީ
އައްްޑޫ ސިޓީ
އައްޑޫ ސިޓީ ކައުންސިލްގައި ދެމިތިބުމަށް ފޭދޫ ރައްޔިތުން ނިންމި ނިންމުމަކީ ހިކުމަތްތެރި ނިންމުމެއް
ފޭދޫ ރައްޔިތުން ވަނީ ބޮޑު އަޣުލަބިއްޔަތަކުން އައްޑޫ ސިޓީ ކައުންސިލުން ވަކިވާން ނުފެންނަ ކަމަށް ނިންމާފަ
ހުޅުދޫ އަދި މީދޫ ރައްޔިތުން ނިންމީ އައްޑޫ ސިޓީ ކައުންސިލުން ވަކިވާން

އައްޑޫ ސިޓީ ކައުންސިލުން ވަކިވާން ނުފެންނަ ކަމަށް ފޭދޫ ރައްޔިތުން ނިންމި ނިންމުމަކީ ވަރަށް ހިކުމަތްތެރި ނިންމުމެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ގާނޫނަށް ގެނެވުނު ބަދަލާއި އެކު ރައީސް މުޙައްމަދު މުއިއްޒުގެ ހާއްސަ ގަރާރެއްގެ ދަށުން، ހޮނިހިރު ދުވަހު ނެގުނު ވޯޓުގައި ފޭދޫ ރައްޔިތުން ވަނީ ބޮޑު އަޣުލަބިއްޔަތަކުން އައްޑޫ ސިޓީ ކައުންސިލުން ވަކިވާން ނުފެންނަ ކަމަށް ނިންމާފައެވެ.

އެކްސް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވަނީ ފޭދޫ ރައްޔިތުން ނިންމި މި ތާރީޚީ މުހިންމު ނިންމުމަށް މަރުހަބާ ދަންނަވާފައެވެ. އަދި އައްޑޫ ސިޓީގައި ދެމިއޮތުމަކީ ފޭދޫ ރައްޔިތުންގެ މުސްތަގުބަލަށް އެންމެ އެކަށީގެންވާ އުއްމީދީ ނިންމުން ކަމަށް ފޭދޫ ރައްޔިތުން ގަބޫލުކޮށްފައިވާކަން ފައްޔާޒް ފާހަގަ ކުރައްވާފައިވެއެވެ.

ހުޅުދޫ އަދި މީދޫ ރައްޔިތުން އައްޑޫ ސިޓީ ކައުންސިލުން ވަކިވާން ނިންމި ނިންމުމަށް ވެސް ފައްޔާޒް ވަނީ މަރުހަބާ ދަންނަވާފައެވެ. އަދި މި ދެ ރަށުގެ ރައްޔިތުން އެދޭ ގޮތަށް، އަމިއްލަ މިނިވަންކަމުގައި ތަރައްގީގެ ކަންކަން އިތުރު ހަރުފަތަކަށް ގެންދެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.

އިލެކްޝަން ކޮމިޝަންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ފޭދޫގައި ނެގުނު ވޯޓުގައި ވަކި ކައުންސިލެއް އުފައްދަން ނުފެންނަ ކަމަށް 1،782 މީހުން ވޯޓުދީފައި ވާއިރު، ވަކި ކައުންސިލެއް އުފައްދަން ފެންނަ ކަމަށް ވޯޓުދިނީ 615 މީހުންނެވެ. މި ވޯޓުގައި ފޭދޫގެ 55.43 ޕަސެންޓު މީހުން ބައިވެރިވެފައިވެއެވެ.

މީދޫގައި ވޯޓުލުމަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން 1،002 މީހުން ވޯޓުލާފައިވެއެވެ. މީގެ ތެރެއިން ސިޓީ ކައުންސިލުން ވަކިވާން ފެންނަ ކަމަށް 841 މީހުން ވޯޓުލާފައިވާއިރު، 144 މީހުން ވޯޓުލީ ސިޓީ ކައުންސިލުން ވަކިނުވުމަށެވެ.

ހުޅުދޫގައި ވޯޓުލުމަށް ޝަރުތުހަމަވާ މީހުންގެ ތެރެއިން 1،070 މީހުން ވޯޓުލާފައިވެއެވެ. މީގެ ތެރެއިން ސިޓީ ކައުންސިލުން ވަކިވާން ފެންނަ ކަމަށް 720 މީހުން ވޯޓުލާފައިވާއިރު، 325 މީހުން ވޯޓުލީ ސިޓީ ކައުންސިލުން ވަކިނުވުމަށެވެ.

- ކޮމެންޓް