ކ. މާލެ
|
22 ފެބްރުއަރީ 2024 | ބުރާސްފަތި 18:23
ފުލުހުން މާލެ މަގުމަތީގައި ހަރަކާތްތެރިވަނީ- ފައިލް ފޮޓޯ
ފުލުހުން މާލެ މަގުމަތީގައި ހަރަކާތްތެރިވަނީ- ފައިލް ފޮޓޯ
ޕޮލިސް
މީހަކު ހައްޔަރުކުރުން
ޕިކަޕެއްތެރޭ ހުތުރު ވައްތަރު ޖެއްސިކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި
 
ޕިކަޕެއްތެރޭ ހުތުރު ވައްތަރު ޖައްސާ ވީޑިއޯ ވަނީ ސޯޝަލް މީޑިއާގައި އާއްމުވެފައި
 
ހައްޔަރުކުރީ 28 އަހަރުގެ ދިވެހި ފިރިހެނެއް

މާލޭ މަގުމަތީގައި، ޕިކަޕެއްގެ ތެރޭގައި އިޖުތިމާއީ މިންގަނޑުތަކާ ޚިލާފުވިކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފިއެވެ.

ބުރާސްފަތި ދުވަހު ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ.

ބުދަދުވަހު މެންދުރު މީސްމީޑިއާގައި ދައުރުވަމުންދާންފެށި ވީޑިއޯއިން ފެންނަގޮތުގައި ސާރިއުވަރުދީ މަގުން މަޖީދީމަގަށް ނިކުންނަން ދިޔަ ޕިކަޕުގައި އިން މީހަކު އިޖުތިމާއީ މިންގަނޑުތަކާ ޚިލާފު ހުތުރު ވައްތަރުތަކެއް ޖައްސަންމުންދިޔަތަން ވަނީ ފެނިފައެވެ. އެޕިކަޕުގެ ރަޖިސްޓްރީ ނަންބަރާއި އަދި އެއީ ކުންފުންޏެއްގެ ރަޖިސްޓްރީ ގެ ދަށުގައިވާ ޕިކަޕެއްކަން ވީޑިއޯއިން ފެނެއެވެ.

އެމަގުން ހިނގާފައިދިޔަ އެތައް ކުޑަކުދިންނަކާއި އެކި އުމުރުފުރައިގެ މީހުން ހަލަބޮލިކޮށް އުޅުނު ވަގުތުގައި ހިނގި އެ އަމަލު ހުއްޓުވާނެ އާއްމު ރައްޔިތެއް އެތަނަކު ނެތެވެ.

މިކަމާގުޅިގެން އިތުރު ތަފްޞީލެއް ފުލުހުން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ޓެކްސީ ޑްރައިވަރަކު ދަތުރެއް ނެގުމަށް ފަހު، ދަތުރުވެރިން ބޭލި މައްސަލަ ބަލައި ފިޔަވަޅު އަޅަނީ
މޫސުން ގޯސް: ކޮންސްޓްރަކްޝަން ސައިޓްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން އިލްތިމާސްކޮށްފި
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި
ހުޅުމާލޭގައި ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް ނެތް
މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް 15 ދުވަސް ޖަހަައިފި
ބަނޑޭރިކޮށީގައި މަރުވެފައި އޮތް މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން: ފުލުހުން