ކ. މާލެ
|
22 ފެބްރުއަރީ 2024 | ބުރާސްފަތި 13:44
ފައިސަލް އެމްޑީޕީއަށް ސޮއިކުރެއްވުން
ފައިސަލް އެމްޑީޕީއަށް ސޮއިކުރެއްވުން
ރާއްޖެއެމްވީ
ފައިސަލް ނަސީމް
ފައިސަލް އެމްޑީޕީއާ ގުޅިވަޑައިގެންފި
ފައިސަލް ޖޭޕީން ވަކިވެވަޑައިގަންނަވާފައި ވަނީ 21 ޖެނުއަރީ 2024 އިން ފެށިގެން
މާލެސިޓީ މޭޔަރު ބައި އިލެކްޝަންގައި އެމްޑީޕީގެ ކެމްޕެއިންކުރެއްވުމުގައި ފައިސަލް އިސް ދައުރެއް އަދާކުރައްވާފައިވޭ
ފައިސަލްއަށް ރައީސް ޞާލިހު ވަނީ ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައި

ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމް އެމްޑީޕީއާ ގުޅިވަޑައިގެންފިއެވެ.

ފައިސަލް އެމްޑީޕީއަށް ސޮއިކުރެއްވީ ބުރާސްފަތި ދުވަހު އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސާލިޙާއި އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއީލް ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސް ސާލިޙުގެ ވެރިކަމުގެ 5 އަހަރުގެ ދައުރުގައި ނައިބް ރައީސްކަން ކުރެއްވި ފައިސަލް އޭރު ހުންނެވީ ޖުމްހޫރީ ޕާޓީގައެވެ. ފައިސަލް ވަނީ އެ ދައުރުގައި ރައީސް ޞާލިހާ އެކު ވަރަށް އިޚުލާސްތެރިކަމާ އެކު މަސައްކަތްކުރައްވާފައެވެ. އަދި ފައިސަލްއަށް ރައީސް ޞާލިހު ވަނީ ވަރަށް ބޮޑަށް ތައުރީފު ވެސް ކުރައްވާފައެވެ.

ފައިސަލް ވަނީ ވަފާތެރި ނައިބު ރައީސެއްގެ ގޮތުގައި ދައުރު ހަމަކުރައްވަމުން ގޮސް، ނަމޫނާ ދައްކަވާފައެވެ.

ފައިސަލް ޖޭޕީން ވަކިވެވަޑައިގަންނަވާފައި ވަނީ 21 ޖެނުއަރީ 2024 އިން ފެށިގެންނެވެ.

އޭގެ ފަހުން ނިމިދިޔަ މާލެސިޓީ މޭޔަރު ބައި އިލެކްޝަންގައި އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް އަށް ތާއީދުކުރައްވާ ކެމްޕެއިންކުރެއްވުމުގައި ވެސް ފައިސަލް އިސް ދައުރެއް އަދާކުރައްވާފައިވެއެވެ.

- ކޮމެންޓް