ކ. މާލެ
|
22 ފެބްރުއަރީ 2024 | ބުރާސްފަތި 05:09
ބަސް
ބަސް
ރާއްޖެއެމްވީ
އެކްސިޑެންޓް
ބަހަކާއި ސައިކަލެއް ޖެހި ޒުވާނަކަށް އަނިޔާވެއްޖެ
 
ސައިކަލް ދުއްވަން އިން މީހާއަށް އައިޖީއެމްއެޗްގައި އަންނަނީ ފަރުވާދެމުން

ސައިކަލެއް، ބަހަކާއި ކާރެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި ސައިކަލް ދުއްވަން އިން މީހާއަށް ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.

ފުލުހުން ބުނީ ބޮޑުތަކުރުފާނު މަގުގެ ހުޅަނގުން އިރަށް ދުއްވާފައި ދިޔަ ސައިކަލެއް ސްޓެލްކޯ ބަސް ސްޓޮޕް ކައިރީގައި އޮތް އެމްޓީސީސީ ބަހެއްގެ ފަހަތުގައި ޖެހިފައި ގޮސް، އެ މަގުގެ އަނެއް ފަރާތުގައި އޮތް ކާރެއްގައި ޖެހި އެކްސިޑެންޓެއް ހިނގި ކަމުގެ ރިޕޯޓް ބުދަ ދުވަހުގެ ރޭ އަށެއް ޖަހާއިރު ލިބިފައިވާ ކަމަށެވެ.

މި އެކްސިޑެންޓުގައި ސައިކަލް ދުއްވި މީހާއަށް އަނިޔާވެގެން އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާގެ ވާތު ފައި ވަނީ ފްރެކްޗާވެފައެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓުގައި ސައިކަލާއި ބަހާއި ކާރަށް ވެސް އެކި ވަރުގެ ގެއްލުން ވެފައިވާ ކަމަށެވެ.

ސައިކަލު ދުއްވި މީހާގެ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނޯންނަ ކަމަށް ފުލުހުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ޓެކްސީ ޑްރައިވަރަކު ދަތުރެއް ނެގުމަށް ފަހު، ދަތުރުވެރިން ބޭލި މައްސަލަ ބަލައި ފިޔަވަޅު އަޅަނީ
މޫސުން ގޯސް: ކޮންސްޓްރަކްޝަން ސައިޓްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން އިލްތިމާސްކޮށްފި
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި
ހުޅުމާލޭގައި ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް ނެތް
މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް 15 ދުވަސް ޖަހަައިފި
ބަނޑޭރިކޮށީގައި މަރުވެފައި އޮތް މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން: ފުލުހުން