ކ. މާލެ
|
21 ފެބްރުއަރީ 2024 | ބުދަ 18:37
ބާޒާރުގައި ފިޔާތަކެއް، ފިޔާ ލިބުމުގައި ދަތިކަމެއް ނެތް ކަމަށް ސަރުކާރުން ބުނޭ
ބާޒާރުގައި ފިޔާތަކެއް، ފިޔާ ލިބުމުގައި ދަތިކަމެއް ނެތް ކަމަށް ސަރުކާރުން ބުނޭ
މުހައްމަދު ޝަރުހާން
އިންޑިޔާ-ރާއްޖެ
އިންޑިޔާއިން ފިޔާ ބޭރުނުކުރާނެ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުނު ނަމަވެސް ސަރުކާރުން ބުނަނީ އިންޑިޔާއިން ފިޔާ ލިބޭނެ ކަމަށް
 
ބައެއް ގައުމުތަކަށް ފިޔާ ބޭރުކުރުމުގެ ހުއްދަ އިންޑިޔާ ސަރުކާރުން ދީފައިވާއިރު، އެ ގައުމުތަކުގެ ތެރޭގައި ރާއްޖެ ނުހިމެނޭ
 
އެ ލިސްޓުގައި ހިމެނެނީ ބަންގްލަދޭޝް، މޮރިޝަސް، ބޫޓާން، ނޭޕާލް، ބަހްރައިން އަދި ސްރީލަންކާ

އިންޑިޔާއިން ފިޔާ ބޭރުނުކުރާނެ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުނު ނަމަވެސް، އިންޑިޔާއިން ފިޔާ ރާއްޖެއަށް އެތެރެކުރެވޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީފިއެވެ.

އިންޑިޔާގެ ބައެއް ނޫސްތަކުން ރިޕޯޓުކުރި ގޮތުގައި، ފިޔާ ބޭރުކުރުން ހުއްޓުވުމަށް އެ ގައުމުން އެޅި ފިޔަވަޅަށް އަމަލު ކުރުމަށް ވަގުތީ ގޮތުން ނިންމައި، ބައެއް ގައުމުތަކަށް ފިޔާ ބޭރުކުރުމުގެ ހުއްދަ އިންޑިޔާގެ ސަރުކާރުން ވަނީ ދީފައެވެ. އެ ގައުމުތަކުގެ ތެރޭގައި ރާއްޖެ ނުހިމެނެއެވެ. އެހެން ނަމަވެސް މި ސަރަހައްދުގެ ބައެއް ގައުމުތަކާއެކު އެ ލިސްޓުގައި ހިމެނޭ ގައުމުތަކުގެ ތެރޭގައި، ބަންގްލަދޭޝް، މޮރިޝަސް، ބޫޓާން، ނޭޕާލް، ބަހްރައިން އަދި ސްރީލަންކާ ހިމެނެއެވެ.

މީގެ ކުރިން، ރާއްޖެއާ އިންޑިޔާއާ ދެމެދުގައި ހަދާފައިވާ ޓްރޭޑް އެއްބަސްވުމުގެ ދަށުން، ރާއްޖެއަށް ފިޔާ ބޭރުކުރާއިރު އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މި އަހަރުއެވެ.

އެގޮތުން އެ ލިސްޓުގައި ރާއްޖޭގެ ނަން ނުހިމެނުމާ ގުޅޭގޮތުން ކަންބޮޑުވެފައި ވާއިރު، އެކަމާ ގުޅިގެން ސަރުކާރުގެ ވިޔަފާރި ކުންފުނިން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން ދިން ޔަގީން ކަމަކީ، ރާއްޖެއަށް އިންޑިޔާއިން ފިޔާ ލިބޭނެ ކަމުގެ ޔަގީންކަމެވެ.

އެގޮތުން ކުރިއަށް އޮތް ރަމަޟާން މަހު ވެސް، އިންޑިޔާ ފިޔާ ރާއްޖެއަށް ލިބޭނެ ކަމަށާއި، ފިޔާގެ އަގު ކޮންޓްރޯލް ކުރުމަށް ވެސް މަސައްކަތް ކުރެވޭނެ ކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ.

މީގެ އިތުރުން އިންޑިޔާ ހައިކޮމިޝަނުން ވެސް އެ ޔަގީންކަން ދީފައިވެއެވެ. އެގޮތުން ރާއްޖެއަށް ފިޔާ އެތެރެކުރަނީ ވަކި ޚާއްސަ އެއްބަސްވުމެއް ދަށުން ކަމުން، ރާއްޖެއަށް ފިޔާ އެތެރެކުރުމުގައި ދަތިކަމެއް ނެތް ކަމަށް ހައިކޮމިޝަނުން ބުނެފައިވެއެވެ.

އެހެން ނަމަވެސް، އިންޑިޔާއިން ފިޔާ ބޭރުކުރާ ގައުމުތަކުގައި ރާއްޖޭގެ ނަން ނުހިމެނުނު ސަބަބެއް ސާފުވެފައެއް ނުވެއެވެ. އެކަމާ ގުޅޭގޮތުން ސަރުކާރުން ރަސްމީ ބަހެއް އަދި ނެރެފައި ނުވާއިރު، އިންޑިޔާއިން ފިޔާ ބޭރުކުރުމާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނިފައި ނުވަނީ، އިންޑިޔާއާ ރާއްޖެއާ ދެމެދު ސިޔާސީ ނުތަނަސްކަމެއް އުފެދިފައިވާ ދުވަސްވަރެއްގައެވެ. އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޚާރިޖީ ސިޔާސަތުގެ ސަބަބުން ޗައިނާއާ ރާއްޖެ ގާތްވުމާއި، އިންޑިޔާ ސިފައިން ރާއްޖެއިން ބޭލުން ފަދަ ގިނަ ކަންކަމުގެ ސަބަބުން ދެ ގައުމުގެ ގުޅުން ވަނީ ހީނަރުވެފައެވެ.

އެ ހީނަރުކަމުގެ ތެރެއިން ރައީސް މުއިއްޒު ވަނީ އިންޑިޔާއަށް އަމާޒުކޮށް ބަހުގެ ހަމަލާތަކެއް ވެސް ރައްދުކުރައްވާފައެވެ. ރައީސް އެފަދައިން އަމަލުކުރައްވާފައި ވަނީ ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމެވުމަށްފަހު ރާއްޖެ ވަޑައިގެން ބޭއްވެވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް