Advertisement
ކ. މާލެ
|
2 އޯގަސްޓް 2017 | ބުދަ 13:20
ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު
ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު
ވީނިއުސް
ޑިފެންސް މިނިސްޓަރ
އަޅުގަނޑު މަޖިލީހަށް ގެންގޮސްފައި ހުރި ނަމަ މެންބަރެއްގެ ދަތްދޮޅި ދުއްވާލީމުސް: ޑިފެންސް މިނިސްޓަރު
ސިފައިންގެ ވެރިންގެ ޓޮލަރެންސް މާބޮޑު
ސިފައިންނަށް ސެލިއުޓް ކުރަން

މިދިޔަ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ސެކިއުރިޓީގައި ހުންނެވި ނަމަ "ކޮންމެ ވެސް މީހެއްގެ ދަތްދޮޅި ދުއްވާލީމުސް" ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ސިފައިން ވަދެ، މެންބަރުންގެ ގަޔަށް އަތްލައި ހިންގި ކަންތައްތަކަށް ފަހު، މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓާ ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ)ގެ އޮފިސަރުންނާ އެ ރޭ ބައްދަލުކުރައްވައި އާދަމް ޝަރީފް އުމަރު ވިދާޅުވީ މަސައްކަތް ކުރަމުންދަނީ ގާނޫނީ އިމުގެ ތެރެއިން ކަމަށާއި އެ މަސައްކަތުގައި ގޯހެއް ނުހަދާ ކުރިއަށް ދެވޭނެ ކަމުގެ ސައްތައިންސައްތަ ޔަގީންކަން އެބައޮތް ކަމަށެވެ.

އެ ބައްދަލުވުމުގައި މިނިސްޓަރު ދެއްކެވި ވާހަކަފުޅު ލީކުވެފައިވާއިރު، މިނިސްޓަރު ވިދާޅުވެފައި ވަނީ ސިފައިންގެ ލީޑަޝިޕުން މަސްލަހަތު ގެއްލޭ އެއްވެސް ކަމެއް ނުކުރާނެ ކަމަށާއި ސިފައިންގެ ވެރިންގެ ޓޮލަރެންސް މާބޮޑުވާނެ ކަމަށެވެ.

"އަޅޫގަނޑަށް ޔަގީން އަޅުގަނޑަށް ވުރެ މިތަނުގައި ތިއްބެވި ވެރިންގެ ޓޮލަރެންސް މާބޮޑުވާނެ، އެހެންނޫންނަމަ މިއަދަކީ އަޅުގަނޑު އެތަނަށް ގެންގޮއްސަ ހުރި ނަމަ މިއަދު އަޅުގަނޑު ކޮންމެވެސް މީހެއްގެ ދަތްދޮޅި ދުއްވާލީމުސް. އެކަމަކު އަޅުގަނޑަށް އެނގޭ އެއަށް ވުރެ މާރަނގަޅަށް މާ ރީތި އަދި ހަގީގަތުގައި އަޅުގަނޑުމެން އަބަދުވެސް އަޑުއަހާ ގޮތަށް ކެތްތެރިކަމާއެކީގައި ވަރަށް އިޚްލާސްތެރިކަމާއެކީގައި މަސައްކަތް ކުރައްވަމުން ތި ގެންދެވީ،" މިނިސްޓަރު ވިދާޅުވެފައިވެ އެވެ. 

ކޮންމެވެސް މީހެއްގެ ދަތްދޮޅު ދުއްވާލީމުސް ކަމަށް މިނިސްޓަރު ވިދާޅުވެފައިވާއިރު، ބެލެވޭ ގޮތުގައި އެ އިޝަރާތް ކުރައްވަނީ އެ ދުވަހުގެ ޖަލްސާގައި އިހުތިޖާޖް ކުރި އިދިކޮޅު ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެންބަރުންނަށެވެ.

މިނިސްޓަރު ވިދާޅުވީ "އެހާވަރު" ކުރަމުންދާއިރު ކެތްތެރިކަމާއެކު ތިއްބެވީތީ ސިފައިންގެ އޮފިސަރުންނަށް ސެލިއުޓް ކުރައްވާ ކަމަށެވެ. އަދި ސިފައިން ކަމެއް ކުރި ނަމަ ގައުމަށް ލިބޭ ހުތުރު ނަން މާބޮޑުވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

"އަޅުގަނޑު ހަމަ ހަގީގަތުގައި ވެސް ސެލިއުޓް ކުރަން ތިބޭފުޅުންނަށް، އެއީ އެހާވަރު ކުރަމުންދާއިރު ވެސް ތިބޭފުޅުން ހަމަ ކެތްތެރިކަމާއެކީގައި އެއީ ތިބޭފުޅުން ކަމެއް ކުރައްވައިފިއްޔާ އޭގެ ސަބަބުން ގައުމަށް ލިބޭ ހުތުރު ނަން މާބޮޑުވާނެ. އެހެންވީމަ އެމީހުން އެކުރަމުންދާ ކަމެއް ތެެރެއިން އެ ހުރިހާ ކަމެއް ހަޖަމު ކުރައްވައިގެން ޑައިޖެސްޓް ކުރައްވައިގެން އެ ތިއްބަވާ ތިއްބެވުން އެއީ ހަމަ ހަގީގަތުގައި ވެސް އެއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ފާހަގަކުރާ ކަމެއް،" މިނިސްޓަރު ވިދާޅުވެފައި ވެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
2 އޯގަސްޓް 2017 | ބުދަ 20:17
އާދޭސް
މިސަރުކާރުގައި ހުރި އެންމެ ޚުލްޤު ހެޔޮމިނިސްޓަރު އާދަމް ސަރީފަކީ އެބޭފުޅާގެ އަބުރު ކިލަބު ނުކުަރަން އާދޭހާ އެކުބުނަން
2 އޯގަސްޓް 2017 | ބުދަ 18:27
ހުުޫ
.ްބަލަ އެއީ ސިފިައިންގެ ކެތްތެރިކަން ހާމަކުރައް ވަން ވިދާޅުވި ބަހެއ
2 އޯގަސްޓް 2017 | ބުދަ 17:29
ފެންވަރު
މިހާރު ފާޅުގަވެސް ޓޯޗަރ އިއުލާން ކުރެއްވީތޯ
2 އޯގަސްޓް 2017 | ބުދަ 16:51
Sad
Raajje in emmen baalaafa alun aruvan feney. Dhuvahun dhuvahah meehunge aklaagee fenvaru dany dashah.Sirraky ves onna ehcheh noon mihaaru. Abureh izzatheh eiy nei ehcheh. Amilla edhumun fovefa
2 އޯގަސްޓް 2017 | ބުދަ 16:37
Sifain kudhinnan
Sifainnah hama saabus haqqu. Varah kehtheri hihvarugadha kudhin kolheh edhuvahu fenuny khaadsakoh
2 އޯގަސްޓް 2017 | ބުދަ 16:35
Concern
Leek kurun eiybodhu kusheh.Salaamathy kankamugai dhakkavaa vaahaka khaassa kih.Emeehaku hodhaa fiya valhu alhan jehey. I salute minister and mndf
2 އޯގަސްޓް 2017 | ބުދަ 14:11
ހުސެން
ލަގޮނޑި ނުނެގިކަން ނަސީބެއް. އާދަމް ޝަރީފަކީ އެފަދަ ބޭފުޅެއް.
2 އޯގަސްޓް 2017 | ބުދަ 13:46
ހުސޭނު
ސާބަހޭ ސިފައިންނަށް މާރާމާރީއަށް ވަޒީރު ހިތްވަރު ދެއްވާތީ