Advertisement
ކ. މާލެ
|
2 އޯގަސްޓް 2017 | ބުދަ 13:41
ޑރ. މަރިޔަމް ޖަބީން
ޑރ. މަރިޔަމް ޖަބީން
ރައީސް އޮފީސް
ސްޓޭޓް މިނިސްޓަރގެ މަގާމު
ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ޑރ. މަރިޔަމް ޖަބީން އައްޔަންކުރައްވައިފި
މަރިޔަމް ޖަބީން ކުރިން މަސައްކަތް ކުރީ ފޮރިން މިނިސްޓްރީގައި
މިދުވަސްވަރު ސަރުކާރުގެ މަގާމުތަކަށް ގިނަ ބަދަލުތަކެއް ދަނީ ގެންނަމުން
ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަންކުރީ އޮގަސްޓް 1 ވަނަ ދުވަހު

ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ޑރ. މަރިޔަމް ޖަބީން އައްޔަނުކުރައްވައިފި އެވެ.

ކުރިން ޖަބީނު ވަޒީފާ އަދާކުރައްވަމުން ގެންދެވީ، ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓެރީ މަގާމުގަ އެވެ.

މިނިސްޓްރީ އޮފް ސްޓޭޓްގެ މަގާމަށް ޑރ. މަރިޔަމް ޖަބީން ހައްޔަނުކޮށްފައިވަނީ އޮގަސްޓް 1 ވަނަ ދުވަހުން ފެށިގެންނެވެ.

މީގެ އިތުރުން ސަރުކާރުގެ ބައެއް އިސް މަޤާމުގައި ތިބި ބައެއް ފަރާތްތައް މަޤާމުން ވަކިކޮށް، މަގާމު ދަނީ ބަދަލު ކުރަމުންނެވެ.

އެގޮތުން މިދިޔަ ޖުލައި މަހުގެ 20 ވަނަ ދުވަހު ވަނީ އިކޮނޮމިކް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވގެ މަގާމުގައި ހުންނެވި، އަހްމަދު ޝާކިރު ވަކި ކުރައްވާފަ އެވެ. މީގެ އިތުރުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި، އަހްމަދު ހަބީބު ވަނީ ވަނި މިދިޔަ ޖުލައި މަހުގެ 19 ވަނަ ދުވަހު ވަކިކޮށްފަ އެވެ.

މީގެ އިތުރުން ޖުލައި 10 ވަނަ ދުވަހުވެސް ވަނީ އިކޮނޮމިކް މިނިސްޓްރީގެ ނައިބުގެ މަގާމުގައި ހުންނެވި މުޖްތަބާ ޖަލީލު އެ މަގާމުން ވަކިކޮށްފަ އެެވެ. ވަޒީފާއާބެހޭ ޓްރައިވިއުނަލުގެ މެންބަރުކަމުގައިވާ އާދަމް ޒާލިފް ވެސް އެ މަގާމުން ވަކިކޮށްފައިވަނީ މިދިޔަ މަހުގެ 9 ވަނަ ދުވަހު އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
3 އޯގަސްޓް 2017 | ބުރާސްފަތި 12:37
ކައުންސިލަރ
ބަލާލަން ހުތުރަސް އަންހެން ވަންތަކަން އެބަހުރި. އެކަމު ސިޔާސީ ނުވާތި. ތިއީ، ސިވިލްގެ މަގާމެއް. އެހެންކަމުން ސިވިލްގެ ގާނޫނާއި ގަވާޢިދާ އެއްގޮތަށް ޖެހޭނީ އަމަލްތައް ބަހައްޓަވަން